ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މެކޭނިކަލް އެސިސްޓެންޓް
ވަޒީފާގެ ފުރުޞަތު
60-ADM/2019/52
ނަންބަރ އިއުލާނަށް އެކަށީގެންވާވަރަށް އެޕްލިކޭޝަން ފޯރމް ލިބިފައިނުވާތީ އަލުން އެމަޤާމަށް އެޕްލިކޭޝަން ފޯރމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
މަޤާމް: |
މެކޭނިކަލް އެސިސްޓެންޓް |
ބޭނުންވާ ޢަދަދު: |
1 |
އަސާސީ މުސާރަ: |
4940.00 ރުފިޔާ |
މަސައްކަތް ކުރަންޖެހޭތަން: |
އެޑްމިން އެންޑް އެޗް އާރް ޑިޕާޓްމެންޓް |
އެހެނިހެން އިނާޔަތްތައް
- އިތުރު އެލަވަންސްގެ ގޮތުގައި 2500.00ރ އާއި 3000.00ރ އާއި ދެމެދުގެ ޢަދަދެއް ލިބޭނެއެވެ.
- ހަމަޖެހިފައިވާ އުސޫލުން މަސައްކަތަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ލިބޭނެއެވެ.
- މަތީތަޢުލީމު ހާސިލް ކޮށްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.
- އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާއި ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
- ޕްރޮބޭޝަން ފުރިހަމަކުރުމުން ސްޓާފް ހެލްތު އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެއެވެ.
މަޤާމްގެ މަސްއޫލިއްޔަތު
- ވެހިކަލްތައް ބަލައި ތަހްލީލުކޮށް މަރާމާތުކުރުން އަދި ވެހިކަލްތަކުގެ މެއިންޓަނެންސް މަސައްކަތްކުރުން
- އެސްޓީއޯގެ މެޝިނަރީ އާއި އެކަމާ ގުޅުންހުރި ވަސީލަތްތައް މަރާމާތުކޮށް މެއިންޓަނެންސް މަސައްކަތްކުރުން
- އެސްޓީއޯގެ ޕްރޮޖެކްޓް ތަކުގެ އަމަލީ މަސައްކަތްތައް ކުރުން
ފެންވަރު ނުވަތަ ޝަރުތު
- މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ސެޓިފިކެޓް ލެވަލް 3 ފުރިހަމަ ކޮށްފައިވުން އަދި މަސައްކަތުގެ ދާއިރާއިން 1 އަހަރު ދުވަހުގެ ތަޖުރިބާ ހުރި މީހެއް ކަމުގައިވުން
ސުންގަޑި
މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2019 ޖުލައި 08 ވާ ހޯމަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯއަށް ވަޒީފާއަށް އެދި ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމް މިކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުންނާއި ވެބްސައިޓުން (http://sto.mv/Downloads.aspx) ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.
ނޯޓް
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާއި އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާއިއެކުގައެވެ)
- މިމަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުތަޖުރިބާ އަދި އިންޓަވިއުއަށްބަލައި އެންމެމަތިން މާކްސްލިބޭ ފަރާތްތަކެވެ.
- އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
- ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯރޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
- ގުޅޭނެ ނަންބަރު: 3344272 / އީމެއިލް އެޑްރެސް:[email protected]
03 ޖުލައި 2019
03 ޖުލައި 2019
ހޯދާ