އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް
ދިވެހިރާއްޖެ
އައްޑުއަތޮޅޫ މީދޫ މެޖިސްޓްރޭޓް ކޯޓްގެ އަގުކޮމިޓީ އެކުލުމާއި ބެހޭ

މި ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން، އުޅަނދު ފަހަރާއި ގޯތިގެދޮރާއި ރުއްގަސް ފަދަ ތަންތަނާއި ތަކެތި އަގު ކުރުމަށް މި ކޯޓުގައި އަގުކޮމިޓީގެ ދަފްތަރެއް އެކުލަވާލުމަށް ބޭނުންވެއެވެ. މިދަފްތަރު އެކުލަވާލެވޭނީ 3 އަހަރު ދުވަހުގެ މުއްދަތަށެވެ. މިކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން އަގުކުރަންޖެހޭ ކޮންމެ މައްސަލައަކަށް 03 މެންބަރުންގެ މައްޗަށް އެކުލެވޭ އަގު ކޮމިޓީއެއް ނެގޭނެއެވެ. މި އަގު ކޮމިޓީއަށް މެންބަރުން ނަގާނީ ކޯޓުގައި ޤާއިމުކުރެވޭ އަގު ކޮމިޓީގެ ދަފްތަރުގައި ހިމެނިފައިވާ ފަރާތްތަކުގެ ތެރެއިން އެމަސައްކަތަކަށް އެންމެ ޤާބިލް ފަރާތްތައް ހިމަނައިގެންނެވެ. މަސައްކަތް ކުރުމުގެ އުޖޫރައެއްގެ ގޮތުގައި މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް 300/- ރ ( ތިންސަތޭކަ ރުފިޔާ ) ދެވޭނެއެވެ.

ވީމާ އުޅަނދު ފަހަރާއި ގޯތިގެދޮރާއިރުއްގަސް، ފަދަ ތަންތަނާއި ތަކެތި އަގު ކުރުމުގެ ފަންނީ އަދި ޢަމަލީ މަޢުލޫމާތާއި ތަޖުރިބާ ލިބިލައްވާފައިވާ ފަރާތްތަކުން ޝައުގުވެރިވާ ދާއިރާ (މިސާލަކަށް: ގެދޮރު ޢިމާރާތްކުރުން، ވަޑާމުގެ މަސައްކަތް، ފެންވައިރު ކުރުމުގެ މަސައްކަތް، އޮޑިދޯނި ފަހަރާއި އިންޖީނުގެ މަސައްކަތް، މިފަދަ އެހެނިހެން މަސައްކަތް ) އެނގޭގޮތަށް 14 ޖުލައި 2019 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން މި ކޯޓަށް ލިޔުމަކުން ހުށަހެޅުއްވުން އެދެމެވެ. 

03 ޖުލައި 2019
ހޯދާ