އަރިއަތޮޅު އުތުރުބުރީ ރަސްދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އއ. ބޮޑުފޮޅުދޫ މެޖިސްޓްރޭޓް ކޯޓު ހިންގުމަށް ލިބިފައިވާ ޢިމާރާތުގައި ކުރަންހުރި މަރާމާތުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުން

 

 

 

 

 

އަރިއަތޮޅު އުތުރުބުރީ ރަސްދޫ މެޖިސްޓްރޭޓް ކޯޓު

           އއ.ރަސްދޫ،

            ދިވެހިރާއްޖެ.

 

 

ނަންބަރު:U2MC-A/2019/06 

އިޢުލާން

 

އއ. ބޮޑުފޮޅުދޫ މެޖިސްޓްރޭޓް ކޯޓު ހިންގުމަށް ލިބިފައިވާ ޢިމާރާތުގައި ކުރަންހުރި މަރާމާތުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ: 11 ޖުލައި 2019 ވަނަ ދުވަހު 13:30 ގައި، އަދި، އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ: 18 ޖުލައި 2019 ވަނަދުވަހުގެ 13:30 ގައި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، އއ. ރަސްދޫ މެޖިސްޓްރޭޓް ކޯޓު އަދި އއ. ބޮޑުފޮޅުދޫ މެޖިސްޓްރޭޓް ކޯޓުގައެވެ. އަދި، މަޢުލޫމާތު ދިނުމުގެ ސެޝަނަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތެއް ނޯންނާނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށްޓަކައި ބޭނުންވާ ލިޔުންތައް، މަޢުލޫމާތުދޭ ޝެޝަންގައި ބައިވެރިވެވަޑައިގަންނަވާ ފަރާތްތަކަށް ލިބިވަޑައިގަންނަވާނެއެވެ.

މިކަމަށް މި ކޯޓުންކުރި ނަމްބަރ: U2MC-A/2019/04 (20 މެއި 2019) އިޢުލާނާ ގުޅިގެން ހުށައަޅުއްވާފައިވާ، އަންދާސީ ހިސާބުތަކާއެކު، ހުށަހަޅުއްވަންޖެހޭ ބައެއް މަޢުލޫމާތު ހުށަހަޅުއްވާފައި ނުވާތީ، އެ އަންދާސީ ހިސާބުތައް ބާޠިލްކޮށް އަލުން އިޢުލާން ކުރީމެވެ.

 

30 ސައްވާލް 1440

03  ޖުލައި  2019

 

 

 

 

                                                ޢަބްދުއްނާޞިރު ޢަބްދުއްރަޙީމް

                                                އއ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް

03 ޖުލައި 2019
ހޯދާ