ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
މާލެ، ދިވެހިރާއްޖެ.
ނަމްބަރ (IUL)10-F/10/2019/72
އިޢުލާން
މިނިވަންދުވަސް 2019 ގެ ރަސްމިއްޔާތާއި ގުޅިގެން 24 ޖުލައި އަދި 26 ޖުލައި 2019 ދުވަހުގެ ރޭ ގަލޮޅު ދަނޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކުޅިވަރު އައިޓަމްތަކަށް ބޭނުންވާ ސައުންޑާއި ލައިޓިންގެ ކަންތައް ކޮށްދެއްވާނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 08 ޖުލައި 2019 ވާ ހޯމަ ދުވަހުގެ 11:30 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 14 ޖުލައި 2019 ވާ އާދިއްތަ ދުވަހުގެ 13:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި،ގަޑިއަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާޒީ ހިސާބު ބަލައި ނުގަނެވޭނެކަމުގައި ދެންނެވީމެވެ.
30 ޝައްވާލް 1440
03 ޖުލައި 2019