ދިވެހިރާއްޖެ
އިޢުލާން
މަގާމް |
ޢާމިލު (ޒަކާތު މަސައްކަތްކުރުމަށް) |
||
މަޤާމުގެ ގިންތި |
ކޮންޓްރެކްޓް |
މުއްދަތު: 06 މަސް |
|
ބޭނުންވާ އަދަދު |
15 (ފަނަރަ) |
މަޤާމުގެ ރޭންކު: |
ޖީ.އެސް 5 |
ސެކްޝަން/ޔުނިޓު: |
ޒަކާތު ސެކްޝަން |
މަޤާމު އޮތް އޮފީސް: |
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް / މާލެސިޓީ |
މުސާރަ މަހަކު |
މަހަކު -/5500ރ (ފަސްހާސް ފަސްސަތޭކަ ރުފިޔާ) |
އެހެނިހެން އެލަވަންސް އަދި ޢިނާޔަތްތައް: މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް -/100ރ (ސަތޭކަ ރުފިޔާ) އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
|
|
ވަޒީފާ އަދާކުރަންޖެހޭ ތަން: |
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް / މާލެސިޓީ، އަދި މިނިސްޓްރީން އަންގާ ގޮތެއްގެ މަތީން އަތޮޅުތެރޭގައި
|
||
މަގާމުގެ ޝަރުތު |
1. ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 02 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ' ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. 2. އަތޮޅުތެރޭގެ ރަށްރަށަށް ދަތުރުކުރަންޖެހިއްޖެނަމަ، ދަތުރުކުރެވޭނެ ފަރާތެއް ކަމުގައިވުން.
|
||
މަގާމުގެ މައިގަނޑު މަސްޢޫލިއްޔަތު |
1. 1440 ވަނަ އަހަރުގެ ފަޤީރުންގެ ލިސްޓާއި ގުޅިގެން ލިބިފައިވާ ޝަކުވާތައް ބަލައި ލިސްޓް އެކުލަވާލުމުގެ އެންމެހައި މަސައްކަތް ކުރުން. 2. 1439ވަނަ އަހަރުގެ މުދަލު ޒަކާތް ބެހުމަށް ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް ކުރުން. 3. މީގެ އިތުރުން ޒަކާތާބެހޭ އެންމެހައި އިދާރީ މަސައްކަތްތައްކުރުން. |
||
ވަޒީފާއަށް އެދޭ ފޯމާއެކު ހުށައަޅަންޖެހޭ ލިޔުންތައް |
1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެން ހުންނާނެއެވެ.) 2. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް 3. އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް) 4. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (ރާއްޖެއިން ބޭރުން ހަދާފައިވާ ކޯސްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) 5. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
|
||
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
1. ޢާމިލެއްގެ ގޮތުގައި ވޭތުވެދިޔަ އަހަރުތަކުގައި ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. 2. ތާނަ ޓައިޕުކުރުމަށް ފަރިތަ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. 3. އެޑްމިނިސްޓްރޭޝަން / އެކައުންޓިންގ / ބިޒްނަސް މެނޭޖްމަންޓް / އައިޓީ / އިސްލާމިކް ޕްރެޓިސް، މިދެންނެވި ދާއިރާތަކުގެ ތެރެއިން ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
|
||
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 ޖުލައި 10 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއަށެވެ. (ނޯޓް: އީމެއިލް މެދުވެރިކޮށް ހުށަހަޅާ ފޯމު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.) އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
||
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 ޖުލައި 11 އާއި 21 އާ ދެމެދު، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
|
||
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3020200, ނަންބަރު ފޯނާއެވެ. |