ބޮޑުފޮޅުދޫ މަދަރުސާ
ދިވެހިރާއްޖެ
މިސްކޫލްގައި ހުރި ބާވެ ހަލާކުވެފައިވާ ބައެއް ތަކެތި ނީލަންކިއުން

އިޢުލާން ނަންބަރ: Gs149/IUL-2019/14

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

މިސްކޫލްގައި ހުރި ބާވެ ހަލާކުވެފައިވާ ބައެއް ތަކެތި ނީލަންކިއުން 2019 ޖުލައި 12 ވާ ( ހުކުރު ) ދުވަހުގެ 14:15 ގައި ސްކޫލްގެ އިދާރާގެ ގޯތިތެރޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ނީލަމުގައި ބައިވެރިވެވޭނީ 2019 ޖުލައި 11 ވަނަ ދުވަހުގެ މެންދުރު 14:00 އަށް ނީލަމުގައި ބައިވެރިވުމަށް އެދި މިއިދާރާއަށް ޙާޟިރުވެ، ނީލަމުގެ ޙާޟިރީގައި ސޮއިކުރާ ފަރާތްތަކަށް އެކަންޏެވެ. ގަޑި ޖެހިގެން އަންނަ ފަރާތްތަކަށް މިނީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.

 ނީލަން ފެށޭއަގު

ނީލަން ނަންބަރ

ތަފްޞީލް

ތަކެތީގެ ނަން

ޢަދަދު

20

001/2019

ހަރުމުދާ  

ގަނޑު ޓިނު (19.5*2.5 ފޫޓް)

40

5

002/2019

"

ކިނބި (8 ފޫޓް)

9

5

003/2019

"

ސައިޑް ކަވަރ(8 ފޫޓް)

9

5

004/2019

"

އަތްގަނޑު ގޮނޑި

4

15

005/2019

"

އާދައިގެ ގޮނޑި (5 ގޮނޑިން)

125

100

006/2019

"

ޓީވީ (ބޮށިގަނޑު)

2

ނީލަމުން ނަގާ ތަކެއްޗަށް ރަސްމީ 02 ދުވަހުގެ ތެރޭގައި ފައިސާ ދައްކަންވާނެއެވެ. މި މުއްދަތުގައި ނީލަމުން ތަކެތި ނެގިފަރާތުން ތަކެއްޗަށް ފައިސާ ނުދައްކައިފިނަމަ، ދެވަނައަށް އެންމެ މަތިން ހުށަހެޅިފަރާތަށް ނީލަން ކާމިޔާބުވިކަމަށް ބަލައި ތަކެތި ދޫކުރެވޭނެއެވެ. އަދި ފައިސާ ދައްކާ ތާރީޚުން ފެށިގެން ގިނަވެގެން 05 ދުވަހުގެ ތެރޭގައި ތަކެތި ގެންދަންވާނެއެވެ.

ނީލަން ކާމިޔާބު ކުރުމަށްފަހު ފައިސާ ނުދައްކާ ފަރާތްތަކަށް މީގެ ފަހުން މިއިދާރާއިން ބާއްވާ ނީލަން ތަކުގައި ބައިވެރިވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދެންނެވީމެވެ. އަދި ފައިސާ ދެއްކެވުމަށްފަހު ކަނޑައެޅިފައިވާ މުއްދަތުގައި ނުގެންގޮސް ހުންނަ ތަކެތި ސްކޫލުން ކަނޑައަޅާ ގޮތެއްގެ މަތިން ނައްތާލެވޭނެއެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ބޮޑުފޮޅުދޫ ސްކޫލް

އއ.ބޮޑުފޮޅުދޫ

ފޯން: 6660841

އީ-މެއިލް: [email protected]

ކޮޕީ އީ-މެއިލް: -

 

28 ޝައްވާލު 1440

01 ޖުލައި  2019

01 ޖުލައި 2019
ހޯދާ