ދިވެހިރާއްޖެ
ޖަމާލުއްދީން ސްކޫލް
މާލެ،ދިވެހިރާއްޖެ
ނަމްބަރު: JS-A/2019/46
[ވަޒީފާގެ ފުރުޞަތު
މަޤާމު |
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ) |
މަޤާމުގެ ނަންބަރ |
- |
ބޭނުންވާ އަދަދު |
01 |
މަޤާމުގެ ގިންތި |
ވަގުތީ (ކޮންޓްރެކްޓް) |
މަޤާމުގެ ރޭންކް |
ޖީއެސް 3 |
މަޤާމުގެ ކުލެސިފިކޭޝަން |
އޮފިސަރ ގްރޭޑް 1 |
ސެކްޝަން |
އެޑްމިނިސްޓްރޭޓިވް ސެކްޝަން |
މަޤާމު އޮތް އޮފީސް |
ޖަމާލުއްދީން ސްކޫލް |
ވަޒީފާ އަދާ ކުރަންޖެހޭ ތަން |
ޖަމާލުއްދީން ސްކޫލް / ކ. މާލެ |
މުސާރަ |
-/4465 ރުފިޔާ |
ސަރވިސް އެލަވަންސް |
-/1500 ރުފިޔާ |
އިތުރު އިނާޔަތް ތައް |
|
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބްތައް |
- ސްކޫލްގެ މަސައްކަތު މީހުންގެ ޑީއުޓީތައް ތައްޔާރުކުރުމާއި، ދެވިފައިވާ ޑިއުޓީއާއި އެއްގޮތަށް މަސައްކަތް ކުރޭތޯ ބެލުމާއި، މަސައްކަތުގެ މީހުންގެ ސަލާން ބުނުމާއި އިތުރު ގަޑީގެ ކަންތައް ބެލެހެއްޓުން. - ސްކޫލްގައި ބާއްވާ މީޓިންތަކާއި ޖަލްސާތައް ބޭއްވުމަށްޓަކައި ސްކޫލްގެ އެކި ތަންތަން ސާފުކޮށް ގޮނޑި/މޭޒު އެތުރުމުގެ މަސައްކަތްތައް ލީޑީން ޓީޗަރުން/ވެރިން އަންގަވާ ގޮތެއްގެ މަތީން މަސައްކަތު މީހުން ލައްވާ ކުރުވުން. - ސްކޫލުން ހިންގާ ޙަރަކާތްތަކާއި، ޙަފްލާ އަދި ޖަލްސާތަކަށް އެހީތެރިވުމަށާއި ޙާޟިރުވުމަށް އަންގައިފިނަމަ ޙާޟިރުވުން. އަދި މީގެ އިތުރުން މަތީގައި ދެންނެވިފައިވާ މަސައްކަތްތަކާއި ގުޅިގެން ވެރިން އަންގަވާ އެންމެހައި މަސައްކަތްތައް ކުރުން. - ސްކޫލް ރިސެޕްޝަންގެ ޑިއުޓީ އަދާ ކުރަންޖެހޭ ވަގުތުތަކުގައި ޑިއުޓީ އަދާކުރުން. އަދި ރިސެޕްޝަނަށް އެކިއެކި ފަރާތްތަކުން ހަވާލުކުރާ ތަކެތި ބަލައިގަތުމާއިއެކު، ދަރިވަރުންނާއި ގުޅުންހުރި ތަކެތި ކިލާސްތަކަށް ފޮނުވުމުގެ މަސައްކަތް ލަސްނުކޮށް ކުރުން. - އެކިއެކި ކަންކަމުގައި ސްކޫލަށް ވަޑައިގަންނަވާ ބެލެނިވެރިންނަށާއި ޢާއްމުންނަށް މައުލޫމާތު ފޯރުކޮށްދިނުމާއި ދޭންޖެހޭ ޚިދުމަތް ވީ އެންމެ އަވަހަށް ދިނުމަށް މަސައްކަތް ކުރުން. - ހަވާލުކުރެވިފައިވާ މަސައްކަތްތަކުގެ އިތުރުން ސްކޫލްގެ ރަސްމީ މަސައްކަތާގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހާ ކަންތައްތައްކުރުން. |
- މަޤާމުގެ ޝަރުތުތައް
- ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ ' ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
ހުށަހަޅަންޖެހޭތަކެތި: 1- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި މިސްކޫލްގެ ކައުންޓަރުން ލިބެންހުންނާނެއެވެ. 2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް) 3 - ވަޒީފާ އަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. 4- ސިވިލް ސަރވިސް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއްނެތް ކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން. 5- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު /ލެވެލް ކަޑައަޅާފައިވާ ރާއްޖޭން ބޭރުގެ މަތީ ތަޢުލީމްދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލް ކުރެވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. 6- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ. 7- ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ ސެޓްފިކެޓްގެ ކޮޕީ. 8- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް. |
ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް
- ޙާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން - މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން -ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން. |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: ވމަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 10 ޖުލައި 2019 ވާ ބުދަ ދުވަހު ގެ 14:00ގެ ކުރިން، ޖަމާލުއްދީން ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ. އިންޓަރވިއު އަދި އިމްތިޙާނު އޮންނާނެތަނާއި، މުއްދަތު: މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 2019 ޖުލައި 11 ން 18 އާއި ދެމެދު ގެ ތާރީޚެއްގައި ޖަމާލުއްދީން ސްކޫލްގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އެތާރީޚުތަކުގައި އިންޓަރވިއުއަށް ހާޞިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. ޝޯޓްލިސްޓް ކުރުން: މިވަޒީފާއަށް އެދި ހުށަހަޅާފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ: 3011773 ނަމްބަރު ފޯނާއެވެ. އީމޭއިލް ކުރާނީ [email protected] އަށެވެ. |
01 ޖުލައި 2019