މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޤާނޫނަށް ޢަމަލު ކުރާ މިންވަރު ބެލުމަށް މާލެ ސަރަޙައްދުގައި ހިންގާ ޚާއްޞަ އޮޕަރޭޝަން

އެނައުންސްމަންޓް

ދުންފަތުގެ ބާވަތްތައް ޕެކެޓް ކޮށް ލޭބަލް ޖެހުމާބެހޭ ޤަވާޢިދަށް ޢަމަލު ކުރާ މިންވަރު ދެނެގަތުމުގެ ގޮތުން ވިޔަފާރި ކުރާ ތަންތަން ބަލާ ފާސް ކުރުމަށް ޚާއްޞަ އޮޕަރޭޝަން ތަކެއް މި އެޖެންސީއާއި އަދި ކަމާބެހޭ އެހެން މުއައްސަސާތައް ގުޅިގެން ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މި އޮފަރޭޝަނުގައި ދުންފަތުގެ ވިޔަފާރި ކުރާ ތަންތަނުން ދުންފަތުގެ ބާވަތްތަކުގެ ވިޔަފާރި ކުރާ ގޮތުގެ މަޢުލޫމާތު އޮޅުން ފިލުވުމަށްވަނީ ހަމަޖެހިފައެވެ. އަދި މި މަސައްކަތް ކުރިޔަށްދާ އިރު، ބޭނުންވާ ޙާލަތްތަކުގައި މި ކަމުގައި ޝާމިލު ވާ ޓީމުގެ މަސައްކަތް ނިމެންދެން ވަޤުތީ ގޮތުން ތަންތަން ބަންދު ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ވީމާ، މިކަން ޢާންމުކޮށް ހުރިހާ ފަރާތްތަކުގެ އަދި ވަކިން ޚާއްޞަކޮށް ދުންފަތުގެ ވިޔަފާރި ކުރާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މި އޮޕަރޭޝަންތައް ކުރިޔަށްދާއިރު ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ދެއްވުމަކީ މި އެޖެންސީގެ ވަރަށް ބޮޑު އެދުމެކެވެ.

 

 

01 ޖުލައި 2019
ހޯދާ