މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޑިރެކްޓަރ

އިޢުލާން

މަޤާމު

ޑިރެކްޓަރ

މަޤާމުގެ ނަންބަރު

J-251728

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް           

އީ. އެކްސް. 1

މަޤާމުގެ ކްލެސިފިކޭޝަން

ޓެކްނިކަލް ޑިރެކްޓަރ

ޑިވިޝަން / ސެކްޝަން

ހެލްތް ފެސިލިޓީސް ކޯޑިނޭޝަން އެންޑް މޮނިޓަރިންގ ސައުތު ޒޯން ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ހެލްތް

މުސާރަ

-/ 8835 ރުފިޔާ

ސަރވިސް އެލަވަންސް

-/2000 ރުފިޔާ

ޓެކްނިކަލް ކޯ އެލަވަންސް

މުސާރައިގެ %28

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. މިނިސްޓްރީ އޮފް ހެލްތުގެ ޕޮލިސީތަކާ ސިޔާސަތު އެއްގޮތަށް އަތޮޅުތެރޭގެ ސިއްހީ ހިދުމަތްދޭ ރައްޔިތުންނާ ގާތުން ދިނުމަށް ފަންނީ ގޮތުން ޙިދުމަތް ވިލަރެސްކޮށް ފޯރުކޯށްދިނުމަށްޓަކައި ހަރަކާތަށް ހިންގުން
  2. މިނިސްޓްރީގެ ދަށުން ހިންގާ ހޮސްޕިޓަލްތަކާއި ޞިއްހީ މަރުކަޒުތަކުގެ ޚިދުމަތްތަށް މެދުނުކެނޑި ފޯރުކޮށްދިނުމާއި،އަދި ޙިދުމަތް ރަނގަޅު ކުރުމަށް ދޭންޖެހޭ ފަންނީ މަސްވަރާ އާއި އިރުޝާދު މަރުކަޒުތަށް ހިންގުމާ ހަވާލުވެގެން ތިއްބަވާ ބޭފުޅުންނަށް ދިނުމާއި،ދަތިވާ ކަންކަން ވެރިންގެ މަސްވަރާއާއެކު ހައްލުކޮށްދިނުން.

  3. މިނިސްޓްރީގެ ދަށުން ހިންގާ ހޮސްޕިޓަލްތަކާއި ޞިއްހީ މަރުކަޒުތަކުގެ ދެވޭ   ޚިދުމަތްތަކާއި ގުޅިގެން ލިބޭ ޝަކުވާތަކާއި މައްސަލަތައް އަދި ފުރިހަމަ ކުރަންޖެހޭ   ކަންތައްތަކާއި ގުޅޭގޮތުން ޑެޕިއުޓީ ޑިރެކްޓަރ ޖެނަރަލަށް މަޢުލޫމާތު ހިއްޞާ ކުރުމާއި   އެފަރާތުގެ ލަފާގެ މަތިން ހުރިހާ ކަމެއްވެސް ކުރިއަށް ގެންދިއުމާއި އަޕްޑޭޓްސް ޙިއްޞާ   ކުރަމުން ގެންދިއުން

 4. މިނިސްޓްރީގެ ދަށުން ހިންގާ ހޮސްޕިޓަލްތަކާއި ޞިއްހީ މަރުކަޒުތަކުގެ ޚިދުމަތް   މެދުނުކެޑި ދިނުމަށް ބޭނުންވާ ވަސީލަތްތަކާ އާލާތްތަށް ފޯރުކޮށްދިނުމާ،ފޯރުކޮށްދޭ ތަކެތީގެ   ތެރެއިން މަދުން ބޭނުންކުރެވޭ އަދި އެއްގޮތަކަށްވެސް ބޭނުންނުކުރެވޭ ތަކެތި ދެނެގަނެ މުޅި   ރާއްޖޭގެ ސްޓޮކް އިސްރާފު ކުޑަކޮށް މެނޭޖްކުރުމާ،ޒަމާނާއެއްގޮތަށް ޙިދުމަތް ބައްޓަންކޮށް   ވިއުގަ އަދާހަމަކޮށް ބެލެހެއްޓުމަށް ހޮސްޕިޓަލްތަކާ މަރުކަޒުތަކުގެ ވެރިންލައްވާ ކުރުވާ،   އެމަސައްކަތްތަށް ހިނގާ ނުހިގާގޮތްބަލާ ޑެޕިއުޓީ ޑިރެކްޓަރ ޖެނަރަލަށް މައލޫމާތު ދިނުން

  5. ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުން މިނިސްޓްރީ އޮފް ހެލްތަށް ފޮނުވަންޖެހޭ   ރިޕޯރޓްތަކާއި ،ޤަވާޢިދުން ހިންގަން ކަނޑައަޅާފައިވާ ޢާންމު ޞިއްޙަތު ކުރިއެރުވުމަށް   ހިންގަންޖެހޭ ޕްރޮގްރާމްތައް ޤަވާޢިދުން ހިންގާ ރިޕޯރޓް ކުރަމުންދޭތޯ ބަލާ މޮނިޓަރކޮށް     އެކަންކަން ނުހިގާ ނަމަ ފިޔަވަޅު އެޅުން.

 6. ހޮސްޕިޓަލްތަކުން ހިންގާ އައުޓްރީޗް ޕްރޮގްރާމްތަށް ކުރިއަށް ޕްލޭން އެކުލަވާލާ ކުރިއަށް   ގެންދިއުމަށް އެހީތެރިވުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން.

 7. މިނިސްޓްރީގެ ފަރާތުން ރާވާ އެކިއެކި ދަތުރުތަކުގައި ބައިވެރިވެ ޞިއްޙީ ޚިދުމަތްދޭ   ތަންތަނުގެ ހާލަތުބަލާ ކަންކަން ރަނގަޅު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަށް އެޅުން.

 8. ސިއްޙީ ޚިދުމަތާއި ގުޅޭ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރެވޭ މިންވަރު ބަލާ،   ރެކޯރޑް ބެލަހައްޓާ އަޅަންޖެހޭ ފިޔަވަޅުތަށް އެޅުން.

 9. ކަންޑައެޅިފައިވާ ހޮސްޕިޓަލްތަކާ މަރުކަޒުތަކަށް އައްޔަންކުރައްވާ ސިވިލް ސަރވިސްގެ   ޒިންމާދާރު ވެރިންނާއި އަދި ހޮސްޕިޓަލްތަކަށް ހަމަޖައްސާ ހޮސްޕިޓަލް އިންޗާރޖުންގެ   ވަޒީފާ  ބަޔާންތައް ވެރިންގެ ލަފަޔާއި އެކު ތައްޔާރުކޮށް އަޅަންޖެހޭ ފިޔަވަޅުތަށް އެޅުން.

 10. ހިދުމަތުގައި ބޭނުންކުރާ އިކުއިޕްމަންޓާއި، މެޝިނަރީޒް އަދި ކޮންސިއުމަބަލްސް   ގިންތިކުރެވިފައިވާ މިންގަނޑަށް ފޯރުކޮށްދެވޭތޯ ބެލާ އަޅަންޖެހޭ ފިޔަވަޅުތަށް އެޅުން

 11. ސިއްޙީ ޙިދުމަތްދޭ ތަންތަނުގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތަށް ދެނެގަނެ   މުވައްޒަފުންގެ ފަންނު އިތުރުކުރުމަށް ޓްރޭނިންގ ސެކްޝަނާއި ގުޅިގެން ކުރިއަށް ގެންދިޔުން.

 12. ހޮސްޕިޓަލް އަދި ޞިއްޙީމަރުކަޒުތަކުގެ އެކިއެކި މުވައްޒަފުންނަށްދެވޭ ޓްރޭނިންގ   ފާހަގަކޮށް އެފަރާތްތަކަށް ޓްރޭނިންގ ދިނުމުގައި ކުރަންޖެހޭ މަސައްކަތްތައް

 13. މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން ޤާއިމްކުރުމަށްޓަކައި ވެރިންގެ   ލަފައާއިއެއްގޮތަށް ޕްރޮގްރާމްތައް ހިންގުން

މަޤާމުގެ ޝަރުތުތައް

  1. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 ނުވަތަ،

  2. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ   އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ   މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ތަޢުލީމީ ރޮނގުތައް

ހެލްތު މެނޭޖުމަންޓް، ހެލްތު ސައިންސް

ގުޅޭ ވަޒީފާގެ ދާއިރާތައް

ހެލްތު މެނޭޖްމަންޓް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ www.health.gov.mv  ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

 6.ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު   ސެޓުފިކެޓުތަކުގެ ކޮޕީ.

  7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް    ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

 8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 11 ޖުލައި 2019 ވަނަ ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ހެލްތު ކައުންޓަރ އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު، އިމްތިހާނާއި ޕުރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު، އިމްތިހާނާއި ޕުރެޒެންޓޭޝަން އޮންނާނީ، 2019 ވަނަ އަހަރުގެ ޖުލައި މަހު މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ  ބިލްޑިންގ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތްތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ 3014423 ނަންބަރު ފޯނަށެވެ.

30 ޖޫން 2019
ހޯދާ