އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
"އުރީދޫ ކަލަރ ރަން- 2019" ބޭއްވުމަށް ހިތަދޫގެ ބައެއްމަގުތައް ވަގުތީގޮތުން ބަންދު ކުރުން
އިޢުލާން
2019 ޖޫން 28 ވަނަދުވަހު ހިތަދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ "އުރީދޫ ކަލަރ ރަން- 2019" ދުވުމަށް ހަމަޖެހިފައިވާ ތިރީގައި މިދަންނަވާ ހިތަދޫގެ މަގުތައް، އެދުވަހުގެ 15:00 އިން 18:00 އަށް ވަގުތީގޮތުން ބަންދު ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.
- ޝަމުސުއްދީން ބޮޑުފަނޑިޔާރުމަގު ގެ ހުޅަނގުފަޅި (މަގުގެ އެއްފަޅި)
- އެޅެދީދީމަގު އިރުމަތީ ފަޅި (މަގުގެ އެއްފަޅި)
- ޑޭޒީމަގު (ޝަމުސުއްދީންބޮޑުފަނޑިޔާރުމަގުން އެޅެދީދީމަގާ ހިސާބަށް)
- އަމީނީމަގު (އެޅެދީދީމަގުން ފެށިގެން ޝަމުސުއްދީންބޮޑުފަނޑިޔާރުމަގާ ހިސާބަށް)
- ރަށްދެބައިމަގު (ފިޔާތޮށިމަގުން ފެށިގެން ޝަމުސުއްދީންބޮޑުފަނޑިޔާރުމަގާ ހިސާބަށް)
- ފިޔާތޮށިމަގު (ރަށްދެބައިމަގުން ފެށިގެން ކަނީރުމަގާ ހިސާބަށް)
- ކަނީރުމަގު (ފިޔާތޮށިމަގުން ފެށިގެން ޝަމުސުއްދީންބޮޑުފަނޑިޔާރުމަގާ ހިސާބަށް)
މިހެންވެ މިކަން އެންމެހައި ބޭފުޅުންގެ ސަމާލުކަމަށްޓަކައި އިޢުލާން ކުރީމެވެ.
24 ޝައްވާލު 1440ހ
27 ޖޫން 2019
ހޯދާ