ދިވެހިރާއްޖެ
ނަންބަރު:453/FNK/A/IUL/2019
ވަޒީފާގެ ފުރުޞަތު
ކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމަށް މީހުން ހޯދުމަށް ބޭނުންވެއެވެ.
އޮފިސަރ |
މަޤާމް: |
03 (ތިނެއް) |
ބޭނުންވާ އަދަދު: |
ހެޑް އޮފީސް / މާލެ |
މަސައްކަތް ކުރަންޖެހޭ ތަން: |
ފައިނޭންސް ޑިޕާރޓްމަންޓް / އެކައުންޓްސް ޕޭޔަބަލް ޔުނިޓް |
ޑިޕާރޓްމަންޓް: |
4650ރ. |
މުސާރަ: |
މުސާރައިގެ %30 |
ސަރވިސް އެލަވަންސް: |
މުސާރައިގެ %20 |
ޙާޟިރީ އެލަވަންސް: |
މުސާރައިގެ %50 |
އިތުރުގަޑީގެ އެލަވަންސް: |
(ހ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، ސާނަވީ އިމްތިހާން ފުރިހަމަ ކޮށްފައިވުން، ނުވަތަ (ށ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ (ނ) ވަކިވަކި، ދާއިރާތަކުގެ އޮނިގަނޑުތަކުގައި އެދާއިރާއަކުން ޖީ.އެސް 1 ގެ ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލްކޮށްފައިވުން، ނުވަތަ (ރ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާރކްސްއެއް ލިބެމުން ދިއުމާއިއެކު، އެސް.އެސް 5 ރޭންކުގެ ޝަރުތު ފުރިހަމަވެ، އެ ރޭންކުގައި މަޤާމެއްގައި މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ (ބ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، ޖީ.އެސް 1 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއް ފެންވަރުގެ ރޭންކެއްގައި، މަޤާމުގެ މަސައްކަތާއިގުޅޭ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައިވުން. (ޅ) އުމުރާއި ސިއްހަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުރާލި މީހަކު ކަމުގައިވުން. |
ފެންވަރު ނުވަތަ ޝަރުތު: |
(ހ) އީއާރުޕީގެ ޕޭއަބަލް ކޮމްޕޮނެންޓްގެ މަސައްކަތް ސުޕަވައިޒްކުރާ މުއައްޒަފުގެ އިރުޝާދުގެ ދަށުން ކުރުން. (ށ) ޔުނިޓުގެ މަސައްކަތްތައް ހަރުދަނާކުރުމަށް ދޭންޖެހޭ އެންމެހައި ލަފަޔާއި އެއްބާރުލުން ދިނުން. (ނ) ހަމަޖެހިފައިވާ އުސޫލުން ޕޭމަންޓް ވައުޗަރ އަދި ޗެކް ތައްޔާރުކުރުން. (ރ) ހެދިފައިވާ އެގްރީމަންޓްސްތަކަށް ދައްކަންޖެހޭ ފައިސާ އެގްރިމަންޓްގައިވާގޮތުގެ މަތިން ދެއްކުން. (ބ) ޔުނިޓަށްވަންނަ އެންމެހާ ލިޔެކިޔުންތައް ފަސޭހައިން ހޯދޭނޭހެން ރައްކާތެރިކަމާއިއެކު ގެންގުޅުން، އަދި އިންވޮއިސްތައް ސިސްޓަމަށް އެންޓާކޮށް އޭގެ ރެކޯޑްސްތައް ބެލެހެއްޓުން. (ޅ) ސަޕްލަޔަރުންނަށް ޖަވާބުދާރީވުމުގައި ކުންފުނީގެ މިންގަނޑުތަކާއި އަޙްލާޤީ މިންގަނޑުތަކާއި އެއްގޮތަށް އަމަލުކުރުން. (ކ) ޔުނިޓުން ތައްޔާރު ކުރަންޖެހޭ އެންމެހާ ރިޕޯޓްތައް ތައްޔާރު ކުރަންޖެހޭ މުއްދަތުގައި ތައްޔާރުކުރުން. (އ) ކުންފުނިން ފައިސާ ދައްކާ އިންވޮއިސް ނުވަތަ އެހެނިހެން ޑޮކިއުމަންޓް ތަކަކީ ބަޖެޓް ކުރެވިގެން ހޯދޭތަކެތިތޯއާއި އެތަކެއްޗަކީ ކުންފުނީގެ ކަމާއި ބެހޭ ޤަވާއިދުތަކާއި އެއްގޮތަށް ހޯދިފައިވާ ތަކެތިކަން ފައިސާ ދޫކުރުމުގެ ކުރީން ކަށަވަރުކުރުން. (ވ) ކުންފުނީގެ އެކްސްޓަރނަލް އޮޑިޓަރުންނާއި އިންޓަރނަލް އޮޑިޓަރުންނާއި ކުރަންޖެހޭ މުޢާމަލާތްތައް ކޮށް އެފަރާތްތަކަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުން. |
މަސްޢޫލިއްޔަތު ތައް:
|
ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މި ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ރަސްމީ ދުވަސްތަކުގެ 9:00 – 13:30 އަށް ލިބެންހުންނާނެއެވެ. އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ޝަރުތު ހަމަވާ ފަރާތެއް ނެތްނަމަ އިންޓަރވިއުއާއި، ތައުލީމީ ފެންވަރަށާއި މަސައްކަތު ތަޖުރިބާއަށް ބަލައި، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާ ހަމަޖައްސާ ދެވޭނެއެވެ.
ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 03 ޖުލައި 2019 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން ތިރީގައި މިވާ އެޑްރެހަށް އެޕްލިކޭޝަން ފޯމާއިއެކު ސީ.ވީ، އައިޑެންޓިޓީ ކާޑުގެ ކޮޕީ، އެޓެސްޓް ކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް އަދި 3 މަސް ދުވަސްހަމަވެފައި ނުވާ ޕޮލިސް ރިޕޯރޓް ހުށަހެޅުއްވުން އެދެމެވެ.
ނޯޓް:
- އިންޓަރވިއުކުރުމަށް ކިޔޭނީ ހަމައެކަނި ޝޯޓް ލިސްޓް ކުރެވޭފަރާތްތަކަށެވެ.
- މިމަޤާމްތަކަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކަށާއި، މަސައްކަތުގެ ތަޖުރިބާ އަދި އިންޓަރވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް،
ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ،
ހިލާލީމަގު/ މާލެ، 20307، ދިވެހިރާއްޖެ
ގުޅޭނެ ނަންބަރު: 3007555
ފެކްސް ނަންބަރު: 3327555
އީމެއިލް އެޑްރެސް: [email protected]
22 ޝައްވާލް 1440
27 ޖޫން 2019