ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
1. ދިވެހި ސަރުކާރަށް ވޯލްޑް ބޭންކް ލޯން އެހީގެ ގޮތުގައި ލިބިފައިވާ ފައިސާއިން މޯލްޑިވްސް ކްލީން އެންވަޔަރަމަންޓް ޕްރޮޖެކްޓްގެ ދަށުން ފިއުލް ސްޓޯރޭޖް ޓޭންކާއި، ވޯޓަރ ސްޓޯރޭޖް ޓޭންކް ޑިޒައިން، ސަޕްލައި އަދި އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށްވަނީ ހަމަޖެހިފައެވެ.
2. މިނިސްޓްރީ އޮފް އެންވަޔަރަމަންޓްގެ އެދިލެއްވުމުގެ މަތިން ފިއުލް ސްޓޯރޭޖް ޓޭންކާއި، ވޯޓަރ ސްޓޯރޭޖް ޓޭންކް ޑިޒައިން، ސަޕްލައި އަދި އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)13-K/13/2019/28 (30 ޖަނަވަރީ 2019) ނަންބަރު އިޢުލާނާއި ގުޅިގެން ހުށަހެޅި ބީލަންތަށް ބާޠިލުކޮށް، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.
3. ބީލަމުގައި ބައިވެރިވުމަށް -/500 (ފައްސަތޭކަ) ރުފިޔާގެ ނޮންރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 26 ޖޫން 2019 އިން 17 ޖުލައި 2019 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 12:00އަށް މިމިނިސްޓްރީ އިންނެވެ. މި މަސައްކަތްތަކާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
4. މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުގެ މަތިން، ވޯލްޑް ބޭންކްގެ "ޕްރޮކިޔުމަންޓް ރެގިޔުލޭޝަންސް ފޮރ އައި.ޕީ.އެފް ބޮރޮވަރސް" (ޖުލައި 2016) {ޕްރޮކިޔުމަންޓް ރެގިޔުލޭޝަންސް} އުޞޫލުންނެވެ. ވީމާ،މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ޕްރޮކިޔުމަންޓް ރެގިއުލޭޝަންގައިވާ ޝަރުޠުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.
5. މިޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 3,000.00 ޑޮލަރު (ތިންހާސް ނުވަތަ އެ އަދަދާ އެއްވަރެއްގެ މޯލްޑިވިއަން ރުފިޔާ) ހުށަހަޅުއްވަންވާނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.
6. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 2019 ޖުލައި 11 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.
7. މި ބީލަމުގެ މުއްދަތަކީ ބީލަން ހުޅުވާ ދުވަހުން ފެށިގެން 120 ދުވަހެވެ. ބީލަން ހުޅުވުން އޮންނާނީ 2019 ޖުލައި 18 ވާ ބުރާސްފަތި ދުވަހުގެ 10:00ގައި މިމިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
8. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ނެޝަނަލް ޓެންޑަރ
މިނިސްޓްރީ އޮފް ފިނޭންސް،
އަމީނީމަގު، މާލެ، ދިވެހިރާއްޖެ،
ފޯން: 1617، އެކްސްޓެންޝަން: 102
އީ-މެއިލް : [email protected]
ކޮޕީ: [email protected]
9. މި އިޢުލާން މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި އަޕްލޯޑް ކުރެވިފައިވާނެއެވެ.
26 ޖޫން 2019