މަޤާމު
|
ޕްރޮޖެކްޓް ޑިރެކްޓަރ
|
ބޭނުންވާ އަދަދު
|
02 (ދެއެއް)
|
މަޤާމުގެ ގިންތި
|
ވަގުތީ
|
މުއްދަތު
|
3 މަސް ދުވަސް
|
ވަޒީފާ އަދާކުރަންޖެހޭ ތަން
|
މިނިސްޓްރީ އޮފް ހެލްތު
|
މުސާރަ
|
-/20,000 ރުފިޔާ
|
އެހެނިހެން އެލަވަންސް
|
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
|
- އަލަށް ތަރައްގީކޮށް ހިދުމަތްފުޅާކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލްތަކުގެ މަސައްކަތް ކަނޑައެޅިފައިވާ ޓައިމްލައިނާ އެއްގޮތަށް ހިންގުން.
- މަސައްކަތްތައް ހިގާގޮތްބަލާ އަޅަންޖެހޭ ފިޔަވަޅުތަށް އެޅުމަށްފަހު ގުޅުންހުރި ފަރާތްތަކަށް ރިޕޯޓްކުރުން.
- މަސައްކަތާ ގުޅުންހުރި ޕްލޭންތަށް އެކުލަވާލާ ކަމާގުޅުންހުރި ފަރާތްތަކުގެ މަޝްވަރާއާއެކު ތަންފީޒްކުރުން.
- ހޮސްޕިޓަލްތަކުގެ ހިންގެވުމާ ހަވާލުވެ ތިއްބެވި ފަރާތްތަކަށް ޕްރޮޖެކްޓް ކުރިޔަށް ގެންދިއުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
- މަސައްކަތް ކުރިޔަށްދާގޮތްތައް މޮނީޓަރ ކުރަން.
- ޕްރޮޖެކްޓްގެ ދަށުން ތަކެތި ހޯދުމުގެ އިންތިޒާމު ހަމަޖެއްސުން.
- ޕްރޮޖެކްޓްގެ ދަށުން ކުރަންޖެހޭ އިންފްރާސްޓަކްޗަރ މަސައްކަތްތައް ކުރިޔަށްދާގޮތްބަލާ މޮނީޓަރކުރުން.
- ޕްރޮޖެކްޓްގެ ދަށުން ހޯދަންޖެހޭ އިކުއިޕްމެންޓްތައް ހޯދުމަށް ހަމަޖެހިފައިވާ އުސޫލުގެ ދަށުން ގުޅުންހުރި ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުން
- ޕްރޮޖެކްޓްގެ ދަށުން ހޯދަންޖެހޭ މުވައްޒަފުންގެ މަސައްކަތް ކުރުމަށް ގުޅުންހުރިފަރާތްތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތަށް ކުރުން.
- އަލަށް ތަރައްގީ ކުރާ ހޮސްޕިޓަލްތަކުގެ އެންމެހާ އިދާރީ ކަންތައްތައް ކުރުވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
- ހޮސްޕިޓަލްތަކުގެ މަސައްކަތް ކުރިޔަށްދާގޮތް ބެލުމަށް ކުރާދަތުރުތަށް ރާވާ ޤަވާއިދާއިއެއްގޮތަށް އިންތިޒާމްތައް ހަމަޖައްސާ ދަތުރުކުރުން.
- ޕްރޮޖެކްޓްގައި މަސައްކަތަކުރާ މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒްކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
- މިނޫންވެސް ޕްރޮޖެކްޓާ ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތަށްކުރުން.
|
މަޤާމުގެ ޝަރުތުތައް
|
- ޕްރޮޖެކްޓް މެނޭޖްމަންޓް ގެ ދާއިރާ އަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ޕްރޮޖެކްޓް މެނޭޖްމަންޓް ގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ،
2.ޕްރޮޖެކްޓް މެނޭޖްމަންޓް ގެ ދާއިރާ އަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ޕްރޮޖެކްޓް މެނޭޖްމަންޓް ގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމު
|
ސީނިއަރ ޕްރޮޖެކްޓް އޮފިސަރ
|
ބޭނުންވާ އަދަދު
|
06 (ހައެއް)
|
މަޤާމުގެ ގިންތި
|
ވަގުތީ
|
މުއްދަތު
|
3 މަސް ދުވަސް
|
ވަޒީފާ އަދާކުރަންޖެހޭ ތަން
|
މިނިސްޓްރީ އޮފް ހެލްތު
|
މުސާރަ
|
-/15,000 ރުފިޔާ
|
އެހެނިހެން އެލަވަންސް
|
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
|
- މަސައްކަތްތައް ހިގާގޮތްބަލާ އަޅަންޖެހޭ ފިޔަވަޅުތަށް އެޅުމަށްފަހު ގުޅުންހުރި ފަރާތްތަކާއެކު ރިޕޯޓްތަށް ތައްޔާރުކުން.
- މަސައްކަތާ ގުޅުންހުރި ޕްލޭންތަށް އެކުލަވާލާ ކަމާގުޅުންހުރި ފަރާތަކުގެ މަޝްވަރާއާއެކު ތަންފީޒްކުރުމަށް އިދާރީގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
- މަސައްކަތްތައް ކުރިޔަށްދާގޮތާއި އެއްގޮތަށް ޕްރޮޖެކްޓް މެނޭޖަރުގެ ލާފާގެ ދަށުން ކުރުން.
- ޕްރޮޖެކްޓްގެ ދަށުން ތަކެތި ހޯދުމުގެ އިންތިޒާމްތައް ޕްރޮޖެކްޓް މެނޭޖަރުގެ ލާފާގެ ދަށުން ކުރުން.
- ޕްރޮޖެކްޓްގެ ދަށުން ކުރަންޖެހޭ އިންފުރާސްޓަކްޗަރ މަސައްކަތްތައް ކުރިޔަށްދާގޮތްބަލާ ޕްރޮޖެކްޓް މެނޭޖަރުގެ ލާފާގެ ދަށުން ކުރުން.
- ޕްރޮޖެކްޓްގެ ދަށުން ހޯދަންޖެހޭ އިކްއިޕްމެންޓް ހޯދުމަށް ހަމަޖެހިފައިވާ އުސޫލުގެ ދަށުން ޕްރޮޖެކްޓް މެނޭޖަރުގެ ލާފާގެ ދަށުން ހޯދުން.
- ޕްރޮޖެކްޓްގެ ދަށުން ހޯދަންޖެހޭ މުވައްޒަފުންގެ މަސައްކަތް ކުރުމަށް ގުޅުންހުރިފަރާތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތަށް ކުރުން.
- އަލަށް ތަރައްގީ ކުރާ ހޮސްޕިޓަލްތަކުގެ އެންމެހާ އިދާރީ ކަންތައްތައް ކުރުވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
- ހޮސްޕިޓަލްތަކުގެ މަސަކަތް ކުރިޔަށްދާގޮތް ބެލުމަށް ކުރާދަތުރުތައް ރާވާ އިންތިޒާމްތަށް ހަމަޖައްސާ ދަތުރުކުރުން.
- ޕްރޮޖެކްޓްގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒްކޮށް އަޅަންޖެހޭ ފިޔަވަޅުތަށް އެޅުން.
- މިނޫންވެސް ޕްރޮޖެކްޓާ ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައްކުރުން.
|
މަޤާމުގެ ޝަރުތުތައް
|
- ޕްރޮޖެކްޓް މެނޭޖްމަންޓް ނުވަތަ މެނޭޖްމަންޓް ގެ ދާއިރާ އަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު ބިޒްނަސް މެނޭޖްމަންޓް ގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- ޕްރޮޖެކްޓް މެނޭޖްމަންޓް ނުވަތަ މެނޭޖްމަންޓް ގެ ދާއިރާ އަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ސަނަދެއް ހާސިލްކޮށްފައިވުން.
|
މަޤާމު
|
ޕްރޮޖެކްޓް އޮފިސަރ
|
ބޭނުންވާ އަދަދު
|
04 (ހަތަރެއް)
|
މަޤާމުގެ ގިންތި
|
ވަގުތީ
|
މުއްދަތު
|
3 މަސް ދުވަސް
|
ވަޒީފާ އަދާކުރަންޖެހޭ ތަން
|
މިނިސްޓްރީ އޮފް ހެލްތު
|
މުސާރަ
|
-/10,000 ރުފިޔާ
|
އެހެނިހެން އެލަވަންސް
|
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
|
- މަސައްކަތާ ގުޅުންހުރި ޕްލޭންތަށް އެކުލަވާލާ ކަމާގުޅުންހުރި ފަރާތްތަކުގެ މަޝްވަރާއާއެކު ތަންފީޒްކުރުމަށް އިދާރީގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
- ޕްރޮޖެކްޓްގެ މަސައްކަތް ކުރިޔަށްދާގޮތާ އެއްގޮތަށް އިދާރީ މަސައްކަތްތައް ކުރުން.
- ޕްރޮޖެކްޓްގެ ދަށުން ތަކެތި ހޯދުމުގެ އިދާރީ މަސައްކަތްތަށް ކުރުން.
- ޕްރޮޖެކްޓްގެ ދަށުން ކުރަންޖެހޭ އިންފުރާސްޓަކްޗަރ މަސައްކަތްތަކުގެ ތެރެއިން ކުރަންޖެހޭ އިދާރީ މަސައްކަތަށް ކުރުން.
- ޕްރޮޖެކްޓްގެ ދަށުން ހޯދަންޖެހޭ އިކުއިޕްމެންޓްތައް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން އިދާރީ މަސައްކަތްތައް ކުރުން.
- ޕްރޮޖެކްޓްގެ ދަށުން ހޯދަންޖެހޭ މުވައްޒަފުންގެ މަސައްކަތްތަކުގެ ތެރެއިން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.
- އަލައް ތަރައްގީ ކުރާ ހޮސްޕިޓަލްތަކުގެ އެންމެހާ އިދާރީ މަސައްކަތްތަކާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސަކައްކަތްތައް ކުރުން.
- ހޮސްޕިޓަލްތަކުގެ މަސަކަތް ކުރިޔަށްދާގޮތް ބެލުމަށް ކުރާދަތުރުތަށް ރާވާ އިންތިޒާމްތަށް ހަމަޖައްސާ ދަތުރުކުރުން.
- މިނޫންވެސް ޕްރޮޖެކްޓާ ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައްކުރުން.
|
މަޤާމުގެ ޝަރުތުތައް
|
- ޕްރޮޖެކްޓް މެނޭޖްމަންޓް ނުވަތަ މެނޭޖްމަންޓް ގެ ދާއިރާ އަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ވަޒީފާ އަށް އެދި ސިޓީ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
5.ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
6.މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 04 ޖުލައި 2019 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ހެލްތު ކައުންޓަރ އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު
|
މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 2019 ވަނަ އަހަރުގެ ޖުލައި މަހު މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
|
ޝޯޓް ލިސްޓް ކުރުން
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތްތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިތުރު މަޢުލޫމާތު
|
މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ 3014437 ނަންބަރު ފޯނަށެވެ.
|