ދިވެހިރާއްޖެ
ނަމްބަރު:IUL)297/INDIV/2019/36)
އިޢުލާން
މަސައްކަތްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ
ނ.ވެލިދޫގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ އައުޓްޑޯ ޖިމްގެ ވަށާސަރަޙައްދު ފާރު ރާނާ، އެތެރޭގައި އަޅަންޖެހޭ ކޮންކްރިޓްޝީޓް އަޅައިދޭނެ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.
މިމަސައްކަތަށް އެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އިމާރާތްކުރުމުގެ މަސައްކަތްކުރާ ކުންފުނި ތަކަށެވެ.
ވީމާ މިމަސައްކަތްކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މިއިދާރާއަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުން |
2019 ޖުލައި 1 ވާ ހޯމަ ދުވަހުގެ 10:30 ގައިި |
އަންދާސީ ހިސާބު ހުށަހެޅުއްވުމާއި، ކެނޑުން |
2019 ޖުލައި 8 ވާ ހޯމަ ދުވަހުގެ 10:30 ގައި |
އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް މިއިދާރާއަށް ސިޓީ ހުށަހަޅަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައެއްނުގަނެވޭނެއެވެ.
މާކްސްދެވޭ ކްރައިޓީރިއާ |
މާކްސް ދެވޭ ގޮތް |
ތަފުސީލު |
ފޯމިއުލާ |
އަގު |
80% |
|
(Benchmark Price / Submitted Price) x Allocated Percentage |
ތަޖުރިބާ |
10% |
|
( Submitted years of experience / Benchmark years ) x Allocated Percentage |
މުއްދަތު |
10% |
|
(Benchmark Delivery Period / Submitted Delivery Period) x Allocated Percentage |