ދިވެހިރާއްޖެ
ނަންބަރު:FNK-I/IUL/2019/108
އިޢުލާން
ހއ. ކެލާ ބްރާންޗުގައި ކޯރުކޮނެ އެލް.ވީ ކޭބަލް ވަޅުލުމާއި ގުޅޭ:
މި ކުންފުނީގެ ހއ.ކެލާ ބްރާންޗުގައި އަލަށް އާބާދުވާ ސަރަހައްދަށް ކަރަންޓުލުމަށްޓަކައި ޑިސްޓްރިބިއުޝަން ފޮށިތަކުން ނެޓްވޯރކް އެކްސްޓެންޑް ކުރުމަށްޓަކައި ކޯރު ކޮނެ ކޭބަލް ވަޅުލުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ FNK-I/IUL/2019/94 އިޢުލާންއަށް އެކަށީގެންވާ ތަރުޙީބު ލިބިފައި ނުވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 30 ޖޫން 2019 ވާ އާދިއްތަ ދުވަހުގެ 13:00 އަށް މި ކުންފުނީގެ ހއ. ކެލާ ބްރާންޗަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 03 ޖުލައި 2019 ވާ އަންގާރަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅާނީ މި ކުންފުނީގެ ހއ.ކެލާ ބްރާންޗަށެވެ. ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.
21 ޝައްވާލު 1440
24 ޖޫން 2019