ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އިންޖިނިއަރ (ސިވިލް)، މެނޭޖަރ، އެސިސްޓެންޓް މެނޭޖަރ

ނަންބަރު:  FNK/A/IUL/2019/447

ވަޒީފާގެ ފުރުޞަތު

މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް މީހުން ހޯދުމަށް ބޭނުންވެއެވެ.

އިންޖިނިއަރ (ސިވިލް)

މަޤާމް:

01 (އެކެއް)

ބޭނުންވާ އަދަދު:

ޕްރޮޖެކްޓްސް ޑިޕާޓްމަންޓް / އިމްޕްލިމެންޓޭޝަން ޔުނިޓް

ޑިޕާޓްމަންޓް:

ހެޑް އޮފީސް / މާލެ

މަސައްކަތް ކުރަންޖެހޭތަން:

10100ރ.

މަޤާމުގެ މުސާރަ:

މުސާރައިގެ %40

ސަރވިސް އެލަވަންސް:

މުސާރައިގެ %20

ހާޟިރީ އެލަވަންސް:

މުސާރައިގެ %40

އިތުރުގަޑީގެ އެލަވަންސް:

(ހ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށް ދިނުމާއިއެކު، ސިވިލް އިންޖިނިއަރިންގ ދާއިރާއިން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 (ހަތަރެއް) ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަޤާމްގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 12 (ބާރަ) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ އިތުބާރުހުރި ކުންފުންޏެއްގައި މިފެންވަރުގެ ވަޒީފާއެއްގައި ބަޔާންވެދިޔަ މުއްދަތުގެ ތަޖުރިބާ ލިބިފައިވުން.

(ށ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، ސިވިލް އިންޖިނިއަރިންގ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ފަހެއް) ގެ ސަނަދެއް ޙާސިލް ކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 8 (އަށެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން،  ނުވަތަ

(ނ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، ސިވިލް އިންޖިނިއަރިންގ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 (ހައެއް) ގެ ސަނަދެއް ހާސިލް ކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގެ 4 (ހަތަރެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން،  ނުވަތަ

(ރ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، ސިވިލް އިންޖިނިއަރިންގ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 (ހަތެއް) ގެ ސަނަދެއް ހާސިލް ކޮށްފައިވުން ނުވަތަ މަޤާމުގެ މަސްޢޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުމާއެކު 02 އަހަރު ދުވަހުގެ ކޮންސްޓްރަކްޝަން ދާއިރާގެ އިންޖިނިއަރިންގ މަސައްކަތްކުރުމުގެ ތަޖުރިބާލިބިފައިވުން.

(ބ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، ސިވިލް އިންޖިނިއަރިންގ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 8 (އަށެއް) ގެ ސަނަދެއް ހާސިލް ކޮށްފައިވުން،  ނުވަތަ

(ޅ) 02 އަހަރު ދުވަހުގެ ކޮންސްޓްރަކްޝަން ދާއިރާގެ އިންޖިނިއަރިންގ މަސައްކަތްކުރުމުގެ ތަޖުރިބާލިބިފައިވުން.

(ކ) އުމުރާއި ސިއްހަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުރާލި މީހަކު ކަމުގައިވުން.

ފެންވަރު ނުވަތަ ޝަރުތު:

(ހ) ޑިޕާރޓްމަންޓު ހިންގުމާއި ޙަވާލުވެ ހުންނަވާ ފަރާތާއި އިމީޑިއެޓް ސްޕަވައިޒަރގެ ޚިޔާލާއި އެކު ޑިޕާރޓްމަންޓުގައި ކުރެވޭ މަސައްކަތްތަކަށް ފަންނީ އެހީތެރިކަން ދިނުން.

(ށ) ސްޓްރަކްޗަރަލް ޑިޒައިންތައް އަދި ކުރެހުންތައް ތައްޔާރުކުރުން.

(ނ) ކުންފުނީގެ ބްރާންޗްތަކަށް ދަތުރުކޮށް ރޭވިފައިވާ މަޝްރޫޢުތަކުގެ ސައިޓް ސަރވޭކޮށް އެނެލައިޒް ކުރުން.  

(ރ) ހިންގޭ މަޝްރޫޢުތަކުގެ އެސެސްމަންޓް ހެދުމަށާއިި މޮނިޓަރކޮށް ބެލުމަށް ރަށްތަކަށް ދަތުރު ކުރުން.

(ބ) ކުރިއަށްދާ މަޝްރޫޢުތަކުގެ ސައިޓު މަސައްކަތް ހިނގަނީ ރަނގަޅަށްތޯ ބަލާ ޔަޤީންކުރުން.

(ޅ) މަޝްރޫޢުތައް ހިންގުމުގައި ދިމާވާ މައްސަލަތައް ހައްލުކުރުމުގައި ފަންނީ ލަފާ އަދި އެހީތެރިކަން އެކަމާއި ގުޅުންހުރި ފަރާތްތަކަށް ދިނުން.

(ކ) މަޝްރޫޢުތަކާއި ގުޅުންހުރި އެންމެހާ ފަރާތްތަކާއި ކޯޑިނޭޓްކޮށް ތަފްސީލް ޤަވާއިދުން ޑިޕާޓްމަންޓުގެ އެންމެ އިސްފަރާތާއި ހިއްސާކުރުން.

(އ) ރަނގަޅު މަސައްކަތުގެ މާހައުލެއް ބިނާ ކުރުމުގައި އެހީތެރިވެދިނުން. މިގޮތުން، ސެކްޝަންގެ މުވައްޒަފުންނާއި ދެމެދު އޮންނަ ގުޅުން ހަރުދަނާކޮށް، މުވައްޒަފުން މެދުގައި ރަނގަޅު ޓީމްވޯކް އަކާއި މަސައްކަތްކުރުމުގެ ރޫހު އާލާކުރުން.

(ވ) މަޝްރޫޢުތައް އެކުލަވާލުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް ދަތުރު ކުރަން ޖެހިއްޖެ ހާލަތެއްގައި ބްރާންޗްތަކަށް ދަތުރުކުރުން. އަދި ޑިޕާޓްމަންޓުގެ ވެރިން އެދިލައްވައިފި ހިނދެއްގައި ހިންގަމުންދާ މަޝްރޫޢޫތަކުގެ ހާލަތު ބެލުމަށް އެ ސައިޓްތަކަށް ދަތުރުކުރުން.

(މ) ޔުނިޓްގައި މަސައްކަތްކުރާ ޖޫނިއަރ ޓެކްނިކަލް މުވައްޒަފުންނަށް މަސައްކަތް ޑެލިގޭޓްކޮށް، އެ މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒްކުރުން.

(ފ) ޑިޕާރޓްމަންޓުގެ އެންމެ އިސްފަރާތަށް ފަންނީ ރިޕޯޓްތައް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.

މަސްޢޫލިއްޔަތުތައް:

 

މެނޭޖަރ

މަޤާމް:

04 (ހަތަރެއް)

ބޭނުންވާ އަދަދު:

 ޕްރޮޖެކްޓްސް ޑިޕާޓްމަންޓް / އިމްޕްލިމެންޓޭޝަން ޔުނިޓް

ޑިޕާޓްމަންޓް / ޔުނިޓް:

ހެޑް އޮފީސް / މާލެ

މަސައްކަތް ކުރަންޖެހޭތަން:

8000ރ.

އަސާސީ މުސާރަ:

މުސާރައިގެ %40

ސަރވިސް އެލަވަންސް:

މުސާރައިގެ %20

ހާޟިރީ އެލަވަންސް:

މުސާރައިގެ %40

އިތުރުގަޑީގެ އެލަވަންސް:

(ހ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ގާބިލްކަން ސާބިތުކޮށް ދިނުމާއިއެކު، ޕްރޮޖެކްޓްސް މެނޭޖްމަންޓް ދާއިރާއިން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5  (ފަހެއް) ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަޤާމްގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގެ 12 (ބާރަ) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ އިތުބާރުހުރި ކުންފުންޏެއްގައި މިފެންވަރުގެ ވަޒީފާއެއްގައި ބަޔާންވެދިޔަ މުއްދަތުގެ ތަޖުރިބާ ލިބިފައިވުން

(ށ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، ޕްރޮޖެކްޓްސް މެނޭޖްމަންޓް ދާއިރާއިންދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 (ހައެއް) ގެ ސަނަދެއް ހާސިލް ކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގެ 9 (ނުވައެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން،  ނުވަތަ

(ނ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، ޕްރޮޖެކްޓްސް މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 (ހަތެއް) ގެ ސަނަދެއް ހާސިލް ކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގެ 6 (ހައެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން،  ނުވަތަ

(ރ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، ޕްރޮޖެކްޓްސް މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 8 (އަށެއް) ގެ ސަނަދެއް ހާސިލް ކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގެ 4 (ހަތަރެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ

(ބ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، ޕްރޮޖެކްޓްސް މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 (ނުވައެއް) ގެ ސަނަދެއް ހާސިލް ކޮށްފައިވުން،

(ޅ) އުމުރާއި ސިއްހަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުރާލި މީހަކު ކަމުގައިވުން

ފެންވަރު ނުވަތަ ޝަރުތު:

(ހ) ޑިޕާޓްމަންޓުން ކުރިއަށް ގެންދާ މަޝްރޫޢުތައް ކުރިއަށްދާގޮތް ރެކޯޑްކޮށް ގުޅުންހުރި ލިޔެކިޔުންތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.

(ށ) ޙަވާލުކުރެވޭ މަޝްރޫޢުތައް ބަލަހައްޓާ، އެ މަޝްރޫޢުތަކުގެ ކޮންޓްރެކްޓަރުންނާއި އަދި ސުޕަވައިޒަރުންގެ މަސައްކަތްތައް ކުރިއަށް ދަނީ ހެދިފައިވާ ކުރެހުންތަކާއި ބީ.އޯ.ކިޔު އަދި އެގްރިމެންޓާއި އެއްގޮތައްތޯ ގަވައިދުން ބަލާ ކަށަވަރުކުރުން.

(ނ) މަޝްރޫޢުތަކާއި ގުޅުންހުރި އެންމެހާ ފަރާތްތަކާއި ކޯޑިނޭޓްކޮށް ތަފްސީލު ޤަވާއިދުން ހިއްސާކުރަން ޖެހޭ ފަރާތްތަކާއި ހިއްސާކުރުން.

(ރ) ހަވާލުކުރެވިފައިވާ މަޝްރޫޢުތަކުގެ މަސައްކަތް ހިނގަނީ ހެދިފައިވާ ޝެޑިއުލާ އެއްގޮތައްތޯބަލާ، އެކަށީގެންވާ ގޮތަށް ނުހިނގާނަމަ އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

(ބ) ހިންގޭ މަޝްރޫޢުތަކުގެ އެސެސްމަންޓް ހެދުމާއި އިންސްޕެކްޓް ކުރުމަށް މަޝްރޫޢު ހިންގާ ރަށްތަކަށް ދަތުރު ކުރުން.

(ޅ) ޙަވާލުކުރެވިފައިވާ މަޝްރޫޢުތަކުގެ އަޕްޑޭޓްތައް ކަނޑައެޅިފައިވާ ގޮތަކަށް ޑިޕާޓްމަންޓްގެ އެންމެ އިސްފަރާތާއި ހިއްސާކުރުން.

(ކ) މަޝްރޫޢުތައް އެކުލަވާލުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް ދަތުރު ކުރަން ޖެހިއްޖެ ހާލަތެއްގައި ބްރާންޗްތަކަށް ދަތުރުކުރުން. އަދި ޑިޕާޓްމަންޓުގެ ވެރިން އެދިލައްވައިފި ހިނދެއްގައި ހިންގަމުންދާ މަޝްރޫޢޫތަކުގެ ހާލަތު ބެލުމަށް އެ ސައިޓްތަކަށް ދަތުރުކުރުން.

(އ) ޔުނިޓްގައި މަސައްކަތްކުރާ ޖޫނިއަރ ޓެކްނިކަލް މުވައްޒަފުންނަށް މަސައްކަތް ޑެލިގޭޓްކޮށް، އެ މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒްކުރުން.

(ވ) ޑިޕާރޓްމަންޓުގެ އެންމެ އިސްފަރާތަށް ފަންނީ ރިޕޯޓްތައް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.

މަސްޢޫލިއްޔަތުތައް:

އެސިސްޓެންޓް މެނޭޖަރ

މަޤާމް:

01 (އެކެއް)

ބޭނުންވާ އަދަދު:

ޕްރޮޖެކްޓްސް ޑިޕާޓްމަންޓް / މޮނިޓަރިންގ ޔުނިޓް

ޑިޕާޓްމަންޓް:

ހެޑް އޮފީސް / މާލެ

މަސައްކަތް ކުރަންޖެހޭތަން:

6120ރ.

މަޤާމުގެ މުސާރަ:

މުސާރައިގެ %30

ސަރވިސް އެލަވަންސް:

މުސާރައިގެ %20

ހާޟިރީ އެލަވަންސް:

މުސާރައިގެ %50

އިތުރުގަޑީގެ އެލަވަންސް:

(ހ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށް ދިނުމާއިއެކު، މެނޭޖްމަންޓް ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 (ހައެއް) ގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ

(ށ) ވަކިވަކި ދާއިރާތަކުގެ އޮނިގަނޑުތަކުގައި އެދާއިރާއަކުން އެމް.އެސް 2 (ދޭއް) ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލްކޮށްފައިވުން، ނުވަތަ

(ނ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާރކްސްއެއް ލިބެމުން ދިއުމާއިއެކު އެމް.އެސް 1 (އެކެއް) ރޭންކުގެ ޝަރުތު ފުރިހަމަވެ، އެ ރޭންކްގައި މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 (ތިނެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ

(ރ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، އެމް.އެސް 2 (ދޭއް) ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއް ފެންވަރުގެ ރޭންކެއްގައި، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައިވުން

(ބ) އުމުރާއި ސިއްހަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުރާލި މީހަކު ކަމުގައިވުން

ފެންވަރު ނުވަތަ ޝަރުތު:

(ހ) ޑިޕާޓްމަންޓުގެ އިދާރީ މަސައްކަތްތައް ކުރުމާއި އެ މަސައްކަތްތައް ކުރުމަށް އެންމެ ރަނގަޅުގޮތައް ރާވާ ޑިޕާޓްމަންޓްގެ އެންމެ އިސްފަރާތާއި އިމީޑިއޭޓް ސުޕަވައިޒަރގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދިޔުން.

(ށ) މަޝްރޫޢުތަކުގެ މަސައްކަތް ކުރިއަށްދާގޮތް މަޝްރޫޢުތައް ހިންގުން ޙަވާލުކުރެވިފައިވާ ފަރާތްތަކާއި ގުޅިގެން މޮނީޓަރކުރުމަށް ބޭނުންވާ މަޢުލޫމާތު ޤަވާޢީދުން ހޯދާ، އެ މައުލޫމާތު ޑިޕާޓްމަންޓު ހިންގުމާއި ޙަވާލުވެ ހުންނަވާ ފަރާތާ ހިއްސާކުރުން.

(ނ) ޑިޕާޓްމަންޓުން ކުރިއަށް ގެންދާ މަޝްރޫޢުތަކުގެ މައުލޫމާތާއި ބެލެހެއްޓުމާ އަދި ޕްރޮޖެކްޓްތަކުގެ އަޕްޑޭޓްތައް ޑިޕާޓްމަންޓުގެ އިސްވެރިޔާގެ އިރުޝާދުގެ ދަށުން ގުޅުންހުރި އެހެން ފަރާތްތަކާއި ހިއްސާކުރުން.

(ރ) މަޝްރޫޢުތައް އެކުލަވާލުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް ދަތުރު ކުރަން ޖެހިއްޖެ ހާލަތެއްގައި ބްރާންޗްތަކަށް ދަތުރުކުރުން. އަދި ޑިޕާޓްމަންޓުގެ ވެރިން އެދިލައްވައިފި ހިނދެއްގައި ހިނގަމުންދާ މަޝްރޫޢޫތަކުގެ ހާލަތު ބެލުމަށް އެ ސައިޓްތަކަށް ދަތުރުކުރުން.

(ބ) ރަނގަޅު މަސައްކަތުގެ މާހައުލެއް ބިނާ ކުރުމުގައި އެހީތެރިވެދިނުން. މިގޮތުން، ސެކްޝަންގެ މުވައްޒަފުންނާއި ދެމެދު އޮންނަ ގުޅުން ހަރުދަނާކޮށް، މުވައްޒަފުން މެދުގައި ރަނގަޅު ޓީމްވޯކް އަކާއި މަސައްކަތްކުރުމުގެ ރޫހު އާލާކުރުން.

(ޅ) ޔުނިޓްގައި މަސައްކަތްކުރާ ޖޫނިއަރ ޓެކްނިކަލް މުވައްޒަފުންނަށް މަސައްކަތް ޑެލިގޭޓްކޮށް، އެ މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒްކުރުން.

(ކ) ޑިޕާރޓްމަންޓުގެ އެންމެ އިސްފަރާތަށް ފަންނީ ރިޕޯޓްތައް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.

މަސްޢޫލިއްޔަތުތައް:

 

 

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ރަސްމީ ދުވަސްތަކުގެ 09:00 - 13:30 އަށް ލިބެންހުންނާނެއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ޝަރުތު ހަމަވާ ފަރާތެއް ނެތް ނަމަ މި ކުންފުނިން ބަލާ މިންގަނޑުގެ ތެރެއިން ތައުލީމީ ފެންވަރަށާއި މަސައްކަތު ތަޖުރިބާއަށް ބަލައި، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާ ހަމަޖައްސާ ދެވޭނެއެވެ.  އަދި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 27 ޖޫން 2019 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ތިރީގައި މިވާ އެޑްރެހަށް އެޕްލިކޭޝަން ފޯމާއިއެކު ސީ.ވީ، އައިޑެންޓިޓީ ކާޑުގެ ކޮޕީ، އެޓެސްޓް ކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް އަދި 3 މަސް ދުވަސްހަމަވެފައި ނުވާ ޕޮލިސް ރިޕޯރޓް ހުށަހެޅުއްވުން އެދެމެވެ.

 

ނޯޓް:

  • އިންޓަރވިއުކުރުމަށް ކިޔޭނީ ހަމައެކަނި ޝޯޓް ލިސްޓް ކުރެވޭފަރާތްތަކަށެވެ.
  • މިމަޤާމްތަކަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކަށާއި، މަސައްކަތުގެ ތަޖުރިބާ އަދި އިންޓަރވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.

 

 ފެނަކަ ކޯޕަރޭޝަން ލިމިޓެޑް،

ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ،

ހިލާލީމަގު/ މާލެ، 20307، ދިވެހިރާއްޖެ

އީމެއިލް އެޑްރެސް: [email protected]

ގުޅޭނެ ނަންބަރު: 3007555

ފެކްސް ނަންބަރު: 3327555

 20 ޝައްވާލް 1440

 23 ޖޫން 2019

 

23 ޖޫން 2019
ހޯދާ