އދ. ދިއްދޫ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
އިޢުލާން ނަންބަރ: GS159/IUL/2019/14
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- އދ. ދިއްދޫ ސްކޫލުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ މި ސްކޫލުގެ ނަންބަރު GS159/IUL/2019/12 އިޢުލާނާއި ގުޅިގެން އެއްވެސްފަރާތަކުން ބީލަން ހުށަހަޅާފައިނުވާތީ އެ އިޢުލާނު ބާޠިލުކޮށް މިމަސައްކަތައް ޝަރުޠުހަމަވާ ފަރާތްތަކަށް ބީލަންހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ. މިމަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.
- މިބީލމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 19 ޖޫން 2019 އިން 23 ޖޫން 2019 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.
- މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 24 ޖޫން 2019 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިމަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 25 ޖޫން 2019 ވާ އަންގާރަ ދުވަހުގެ 11:00 ގައި އދ. ދިއްދޫ ސްކޫލު އޮފީހުގައެވެ.
- ބިޑް ހުޅުވުން އޮންނާނީ 27 ޖޫން 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި އދ. ދިއްދޫ ސްކޫލު އޮފީހުގައެވެ.
- މި ޕްރޮޖެކްޓްގެ ބިޑު ސެކިއުރިޓީގެ ގޮތުގައި 5,000/- (ފަސްހާސް) ދިވެހި ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 30 ދުވަހެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- އދ. ދިއްދޫ ސްކޫލް
- ފޯން: 6680060/9880985
- އީ-މެއިލް: [email protected]
19 ޖޫން 2019
19 ޖޫން 2019
ހޯދާ