ދާންދޫ ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މި އިޢުލާންވަނީ 24 ޖޫން 2019 10:25 ގައި ބާތިލް ކުރެވިފައެވެ.


`

 

ގއ.ދާންދޫ ސްކޫލް

މާލެ، ދިވެހިރާއްޖެ

ތާރީޚް:19 ޖޫން 2019                                 ނަންބަރު:GS-199/IUL-2019/006

 

ވަޒީފާގެ ފުރުޞަތު

 

 

މަޤާމް:                            އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:                  J-114911

ބޭނުންވާ އަދަދު:                   01

ރޭންކް:                        ޖީ. އެސް 3

ކްލެސިފިކޭޝަން :                 އޮފިސަރ ގްރޭޑް 1

މުސާރަ :                       -/4465ރުފިޔާ

ސަރވިސް އެލަވަންސް:              -/1500 ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް:            -/700 ރުފިޔާ

ވަޒީފާއޮތް އޮފީސް:                 ގއ.ދާންދޫ ސްކޫލް

ގިންތި                        :ދާއިމީ

ވަޒީފާއަދާކުރާ ސެކްޝަނާއި ތަން :       ދާންދޫ ސްކޫލުގެ އެޑްމިން ސެކްޝަން

 

އިތުރު އިނާޔަތްތައް

-          ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

-           ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސް ފަރުވާގެ ޚިދުމަތް.

-          ދިވެހިރާއްޖޭގެ ޕެންޝަން ޤާނޫނުގެ ދަށުންލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް:

 

  1. ސްކޫލުގެ ސްޓޮކް ބާކީ ބަލައްހައްޓާ، ތަކެތި ދޫކުރުން.

*  ސްކޫލުގެ ކިޔަވައިދިނުމާއި އިދާރީ ހިންގުމަށް ބޭނުންވާ ތަކެތީގެ ލިސްޓް ކޮންމެ ހަފްތާއަކު އެއްފަހަރު އ.ޑެޕިޔުޓީ ޕްރިންސިޕަލަށް ހުށައެޅުން.

*   އިދާރީ ހިންގުމާއި ކިޔަވައިދިނުމަށް ގަނެވޭ ތަކެތި ހަމަ އެދުވަހު ސްޓޮކްބާކީގައި ލިޔުން.

*   ދުވަހުން ދުވަހަށް މުވައްޒަފުންނަށް ދޫކުރެވޭ ތަކެތި ސްޓޮކްބާކީއިން އުނިކޮށް އެމުވައްޒަފަކު ލައްވާ ސޮއިކުރުވުން.

*   ސްޓޮކްބާކީ އަބަދުވެސް ސީދާކޮށް ބެލެހެއްޓުން.

  1. ސްކޫލުގެ  ޔައުމިއްޔާ ބެލެހެއްޓުމާއި އިދާރީ ކަންކަމުގައި އިދާރީ އެހެން މުވައްޒަފުންނަށް އެހީތެރިވެދިނުން.

*  ފާއިތިވި ދުވަހުގެ ސްކޫލު ހިގި ގޮތުގެ ޔައުމިއްޔާ ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 4:00 ގެ ކުރިން ސްކޫލުގެ އިސްވެރިޔާއަށް ހުށަހެޅުން.

*   ސްކޫލުގެ އިތުރުގަޑީގެ ހާޟިރީގެ ބެލެހެއްޓުން.

އިދާރީ މަސައްކަތުގައި ސްކޫލުގެ ވެރިންނަށާއި އެހެން މުވައްޒަފުންނަށް އެހީތެރިވެދިނުން.

*   ސްކޫލަށް ވަންނަ ދަރިވަރުން ދުވަހުން ދުވަހަށް ރެޖިސްޓްރީކޮށް އުނިވާ ދަރިވަރުން ރަޖިސްޓްރީއިން އުނިކުރުން.

*   އެންޓްރީ ކުރުން

*   މެސެޖް، ސިޓީ އިއުލާން ފަދަ ތަކެތި ލިޔުން 

 

  1. ސެޝަން ސްޕަވައިޒަރަށް އެހީތެރިވެދިނުން.

 *   ސެޝަން ބަލަހައްޓަވާ ސްޕަވައިޒަރަށް އެހީތެރިކަން ދިނުމުގައި ޚާއްސަ ސަމާލުކަމެއް ދިނުން. 

  1. ސްކޫލުގެ  އިމާރާތްތަކުގެ ސާފުތާހިރުކަމާއި ފިކްސްޗަރސްގެ ހާލަތް ބަލާ ރިޕޯޓް ހުށަހެޅުން

އިމާރާތްތަކުގެ ހާލަތް ހަފްތާއަކު އެއްފަހަރު ސްކޫލުގެ އިސްވެރިޔާއަށް ހުށައަޅަމުން ގެންދިޔުން. މިމައުލޫމާތު ޝީޓްގައި ތިރީގައިމިވާ މަޢުލޫމާތު ހިމެނެންވާނެއެވެ.

*   ސާފުތާހިރުކަން.

*   ފަރުނީޗަރުގެ ހާލަތު

*   ފަންކާތަކުގެ ހާލަތު.

*   ހޮޅިބުރިތަކުގެ ހާލަތު.

*   ދޮރާއި ދޮރުފަތްތަކުގެ ހާލަތު.

*  ބްލެކްބޯޑްގެ ހާލަތު.

*  ޕާޓްޝަންގެ ހާލަތު.

*  ތަޅުމުގެ ހާލަތު.

*  ސީލިންގްގެ ހާލަތު.

*   ކުލައާއި ދަވާދުގެ ހާލަތު.

*  ދޮރުފޮތީގެ ހާލަތު.

*  ފާޚާނާ ތައްޓާއި މޫނުދޮންނަ ތަށިފަދަ ތަކެތީގެ ހާލަތު.

*  ސްކޫލުގެ ގޯތިތެރޭގެ ސާފުތާހިރުކަމުގެ ހާލަތު.

  1. ސްކޫލުގެ އިންވެންޓްރީ ބެލެހެއްޓުން.

*   މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ފޮނުވާ ތަކެއްޗާއި، ސްކޫލުގެ ބަޖެޓުން ގަންނަ ތަކެއްޗާއި، އެހެނިހެންވެސް ފަރާތްތަކުން ދެއްވާ ތަކެތި ޤަވާއިދުން އިންވެންޓްރީ ފޮތަށް އެރުވުން.

*    ހަލާކުވުމާއި ބާވުމުގެ ސަބަބުން ނައްތާލެވޭ ތަކެތި، ޕްރިންސިޕްލް މަޝްވަރާގެ މަތިން އިންވެންޓްރީން އުނިކުރުން.

*    ސްކޫލުގެ އިންވެންޓްރީގައި ހިމެނޭ ތަކެތި ބޭނުންވެގެން އެދޭ ފަރާތްތަކަށް ކަޑައެޅިފައި އޮންނަ އުސޫލުން ޕްރިންސިޕަލްގެ މަޝްވަރާގެ މަތިން ދޫކޮށް ބަލައިގަތުން.

*    އަހަރަކު އެއްފަހަރު ނީލަންކިޔަންޖެހޭ ތަކެތީގެ ލިސްޓްނަގާ ޕްރިންސިޕަލްގެ މަޝްވަރާގެ މަތިން ނީލަން ކިޔުމުގެ ހުއްދަޔަށް ލިޔުން.

*   ނީލަން ކިޔުމުގެ ހުއްދަލިބުމުން ނީލަން ކިޔުމުގެ އިންތިޒާމް ހަމަޖެއްސުން.

ނީލަންކިޔާ މުދާނެގި ފަރާތްތަކުގެ މަޢުލޫމާތާއި ފައިސާގެ އަދަދު ސެކްރެޓަރީއަށް ހުށަހެޅުން.

*   ނީލަމުގައި ވިއްކިތަކެތި މަދަރަސާގެ އިންވެންޓްރީން އުނިކުރުން.

*   ކޮންމެ އެކަޑަމިކް އަހަރެއް ނިމޭތާ އެއްމަސް ދުވަހުގެ ތެރޭ އިންވެންޓްރީ ލިސްޓް އެވަގުތަކު ހުންނެވި އިސްވެރިއާއަށް ހުށަހެޅުން.

 

 

 

  1. ބައެއް އާއްމު ކަންތައްތައް.

*  ޕްރިންސިޕަލް އަންގަވާ އިދާރީ މަސައްކަތް ކުރުން.

*   އެކިއެކި މުނާސަބަތުތަކާއި ގުޅިގެން ތަހުނިޔާ ފޮނުވަންޖެހޭ ފަރާތްތަކަށް ތަހުނިޔާ ފޮނުވުން.

*   ގޯތިތެރޭގައާއި އިމާރާތްތަކުގައި އަދާފައި ހުންނަ ހޮޅިބުރިތަކާއި ބޮކިތައް އަދި މައްސަލަޖެހިފައި ހުންނަ ފަންކާ ސްވިޗް އަދި ސޮކެޓް ބަދަލުކުރުން.

*   ސްކޫލަށް ދިމާވާ ބޮޑެތި ކަންތައްތަކާއި ޚާއްސަ ކަންތައްތަކުގައި އެއިރަކު ހުންނަވާ ވެރިއަކު އަންގަވާ ގޮތެއްގެ މަތިން އަމަލުކުރުން.

*   މަސައްކަތަށް ބޭނުންވާ ފޮތްތައް ތައްޔާރުކޮށް ނަންއަޅާ ސެލޯފިންލާ ފުރިހަމަކުރުން.

*   ސްކޫލުގެ މުވައްޒަފަކަށްވީތީ ދަރިވަރުންނަށް ފެންނަހިސާބެއްގައި ދުންފަތުގެ އިސްތިއުމާލު ނުކުރުން.

*   ސްކޫލުގެ ގޯތިތެރޭގައި އެއްވެސް ވަރަކަށް ދުންފަތުގެ އިސްތިއުމާލު ނުކުރުން.

*   އަބަދުވެސް ދަރިވަރުންނަށް ރިވެތި ނަމޫނާއަކަށް ވުމަށް މަސައްކަތް ކުރުން.

*  މަސައްކަތުގައި ފަރުވާތެރިވެ ހީވާގިވުން.

*   ސްކޫލުގެ ސިއްރުތައް ސިއްރުގޮތުގައި ދެމެހެޓުން.

*  ދިވެހި ސަރުކާރުގެ ޤަވާއިދުތަކާއި، ދިވެހި ސިވިލް ސާވިސްގެ ޤަވާއިދުތަކާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޤަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިއްތެވުން.

 

ޝަރުތު:

                                                    

                                                    

  1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

 

  1. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިންތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

 

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު
  • ބަލަހައްޓަންޖެހޭ ގްރޭޑާއި ގުޅޭގޮތުން ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ
  • މަސައްކަތުގެ ހުނަރާއި ޤާބިލުކަމާއި ފެންވަރާއި ބޭނުންވާ ސިފަތައް
  • ސިވިލްސާރވިސްގައި ވަޒީފާ އަދާކުރައްވަމުންގެންދަވާ ބޭފުޅުން އެމުވައްޒަފް މިހާރު ވަޒީފާ އަދާކުރައްވާ މުއައްސަސާއަކުން އެމުވައްޒަފެއްގެ ފެންވަރު ބެލުމުގެ ނަތީޖާ އާއި ހާޒިރީ އަދި މަސައްކަތުގެ އަޚްލާގް ހުރިގޮތް ބަޔާންކޮށް ވަޒީފާއަދާކުރާ އޮފީހުން ދޫކުރާ " މުވައްޒަފުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީ އަދި މަސައްކަތުގެ އުޅުމާއި އަޚްލާޤް ހުރި ގޮތް ބަޔާންކުރާ ފޯމް" ހުށަހަޅުއްވާ މުވައްޒަފުންނަށް ވަޒީފާޔަށް މުވައްޒަފަކު ހޮވުމުގައި ޕޮއިންޓް ދެވޭނެއެވެ.  

އިންޓަރވިއު ކުރުން

 

ހ. އިންޓަރވިއު އޮންނާނީ 01 ޖުލައި 2019 އާއި 03 ޖުލައި 2019 އާއި ދެމެދުގެ ދުވަހެއްގައި ދާންދޫ ސްކޫލުގެ އިދާރާގައެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް

 

ހ- ސިވިލްސާރވިސްގެ ވަޒީފާއަށް އެދޭފޯރމްމިސްކޫލުގެ އިދާރާއިން ނުވަތަ (މިފޯރމް ސިވިލްސާވިސްގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

ރ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

 

މިމަޤާމަށް ޝަރުތު ހަމަވާ ބޭފުޅުން މަޤާމަށްއެދޭސިޓީއާއިއެކު 30 ޖޫން 2019 ވާ އާދީއްތަ ދުވަހުގެ 12:00 ގެކުރިންމަތީގައިބަޔާންކުރެވިފައިވާލިޔުންތައް ދާންދޫސްކޫލަށްހުށަހެޅުއްވުންއެދެމެވެ. އީ މެއިލުން ނަމަ [email protected] އަށް ފޮނުއްވުން އެދެމެވެ. ފެކްސް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަންތައް ބަލައެއް ނުގަނެވޭނެއެވެ.

 

 

ނޯޓް:

މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ދާންދޫ ސްކޫލުގެ ނަންބަރު 7983075ފޯނަށް ގުޅުއްވުން އެދެމެވެ. 

19 ޖޫން 2019
ހޯދާ