ދިވެހިރާއްޖެ
`
ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު މާލެ، ދިވެހިރާއްޖެ |
ނަންބަރު: 198MJA-B/2019/08
އިޢުލާން
ޤާނޫނީ ވަކީލުންގެ އޮރިއެންޓޭޝަން ޕްރޮގްރާމާ ބެހޭ
މި އެކަޑަމީގެ ފަރާތުން، ދިވެހިރާއްޖޭގެ ޤާނޫނީ ވަކީލުންގެ ދަފްތަރުގެ ޖަދުވަލު 2 (ޓްރޭނީ ވަކީލުންގެ ޖަދުވަލު) ގައި ހިމެނޭ ޤާނޫނީ ވަކީލުން ދިވެހިރާއްޖޭގެ ޝަރުޢީ އަދި ޤާނޫނީ ނިޒާމަށް އަހުލުވެރިކުރުމަށްޓަކައި ހިންގާ އޮރިއެންޓޭޝަން ޕްރޮގްރާމުގެ ތިންވަނަ ބުރު މި ހިނގާ 2019 ވަނަ އަހަރުގެ ޖޫން މަހުގެ 29 އިން 30 ވަނަ ދުވަހުގެ ނިޔަލަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، މި ޕްރޮގްރާމުގައި ބައިވެރިވެވަޑައިގަންނަވަން އެދިވަޑައިގަންނަވާ ޤާނޫނީ ވަކީލުން، އޮރިއެންޓޭޝަން ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމު ފުރިހަމަކުރައްވައި، ފޯމާ އެކުގައި ހުށަހަޅަން ޖެހޭ ތަކެއްޗާއެކު، 24 ޖޫން 2019 ގެ 12:00 ގެ ކުރިން މި އެކަޑަމީއަށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް އީ-މެއިލްކުރެއްވުން އެދެމެވެ.
އޮރިއެންޓޭޝަން ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމު ރަސްމީ ގަޑީގައި ވިލިމާލޭގައި ހުންނަ މި އެކަޑަމީގެ އޮފީހުން ލިބިވަޑައިގަންނަވާނެއެވެ. އަދި މި އެކަޑަމީގެ ވެބްސައިޓް www.judicialacademy.gov.mv އިން ޑައުންލޯޑު ވެސް ކުރެއްވޭނެއެވެ. އީ-މެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅުއްވާ ބޭފުޅުން، އެޕްލިކޭޝަން މި އެކަޑަމީއަށް ލިބުނުކަން ކަށަވަރުކުރައްވަންވާނެއެވެ. އެޕްލިކޭޝަން ލިބުނުކަން ކަށަވަރުކުރުމަށް ގުޅުއްވާނީ 3340058 މި ނަންބަރަށެވެ.
______________________
15 ޝައްވާލް 1440
18 ޖޫން 2019