ދިވެހިރާއްޖެ
އިޢުލާން
މެޖިސްޓްރޭޓް ކޯޓުތަކުގެ ކޯޓުރޫމަށް ބޭނުންވާ އޯޑިއޯ ކޮންފަރެންސް ސިސްޓަމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ
މެޖިސްޓްރޭޓް ކޯޓުތަކުގެ ކޯޓުރޫމަށް ބޭނުންވާ އޯޑިއޯ ކޮންފަރެންސް ސިސްޓަމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: 198F/2019/59 އިޢުލާނުގެ މަޢުލޫމާތު ޝީޓަށް ގެނެވުނު ބަދަލާ ގުޅިގެން އެ އިޢުލާން ބާޠިލުކޮށް އަލުން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މަސައްކަތުގެ މަޢުލޫމާތު ޝީޓާއި އެހެނިހެން މަޢުލޫމާތު މި ޑިޕާޓްމަންޓްގެ ވެބްސައިޓު http://www.judiciary.gov.mv ގެ ނޯޓިސް ބޯޑު ބައިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 2019 ޖޫން 26 ވަނަ ދުވަހުގެ 14:00 ގެ ކުރިން 3340991 އާ ގުޅުއްވައިގެން މަޢުލޫމާތު ހޯއްދެވުން އެދެމެވެ.
- އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް: 01 ޖުލައި 2019 ގެ 09:30
- އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
15 ޝައްވާލް 1440