ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
މާލެ، ދިވެހިރާއްޖެ.
ނަމްބަރ: IUL 10-F/10/2019/63
އިޢުލާން
މި މިނިސްޓްރީއަށް ބޭނުންވާ ފަރުނީޗަރ ހޯދުމަށް ކުރި މި މިނިސްޓްރީގެ ނަމްބަރ (IUL)10-F/10/2019/61 (10 ޖޫން 2019) އިޢުލާނާއި ގުޅިގެން މައުލޫމާތަށް އެއްވެސް ފަރާތަކުން ވަޑައިގެންފައި ނުވާތީ އެ އިޢުލާން ބާތިލްކޮށް އެ ތަކެތި ހޯދުމަށް ތިންވަނަ ފަހަރަށް އިޢުލާން ކުރަމެވެ.
- 02 ވޯކް ސްޓޭޝަން
- 05 މޭޒު
- 12 ބުކްސެލްފް
ވީމާ، މިތަކެތި ވިއްކުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 23 ޖޫން 2019 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 27 ޖޫން 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި،ގަޑިއަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާޒީ ހިސާބު ބަލައި ނުގަނެވޭނެކަމުގައި ދެންނެވީމެވެ.
15 ޝައްވާލް 1440
18 ޖޫން 2019