މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީ މަސައްކަތްތެރީން ގަވާއިދަށް ފެއްތުމަށްޓަކައި ރެގުލަރައިޒް ކުރުމަށް މި މިނިސްޓްރީއިން ކުރިއަށް ގެންދާ ޕްރޮގްރާމަށް ޢާއްމުން ހޭލުންތެރިކުރުމަށް މާރކެޓިންގ ސްޓްރެޓަޖީ ހަދައިދީ ތަންފީޒްކޮށްދޭނެ ފަރާތެއް ހޯދުން

ޢިއުލާން

އެމްޕްލޮއިމަންޓް އެޕްރޫވަލް ނެތި ނުވަތަ އެމްޕްލޮއިމަންޓް އެޕްރޫވަލްގެ މުއްދަތު ހަމަވެގެން ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރީން ގަވާއިދަށް ފެއްތުމަށްޓަކައި މި މިނިސްޓްރީއިން  ކުރިއަށް ގެންދާ ރެގިއުލަރައިޒްކުރުމުގެ ޕްރޮގްރާމަށް ބިދޭސީ މަސައްކަތްތެރީންނާއި، ވިޔަފާރިވެރިންނާއި، ޢާއްމުން ހޭލުންތެރިކުރުމަށް ބޭނުންވާ މާކެޓިންގ ސްޓްރެޓަޖީ އެކުލަވާލާ އެ ސްޓްރެޓަޖީގައި ހިމެނޭ ބައިތަކުގެ ޢަމަލީ މަސައްކަތްތައް ކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 23 ޖޫން 2019 ގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ބޮޑުތަކުރުފާނު މަގު، 1 ވަނަ ފަންގިފިލާއަށް 11:00 އަށް ވަޑައިގެންދެއްވާ މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. އަދި މި މަސައްކަތްކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ބޮޑުތަކުރުފާނު މަގު، އަންދާސީ ހިސާބު 26 ޖޫން 2019 ގެ 11:00ގައި  ހުށަހެޅުއްވުން އެދެމެވެ.

‏15‏ ޝައްވާލް‏ 1440

18 ޖޫން 2019
ހޯދާ