ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ވޮޗަރ

ވަޒީފާގެ ފުރުސަތު

ނަންބަރު:R1C-2019/02

ތާރީޚް:  17 ޖޫން 2019

މަޤާމް:

ވޮޗަރ

ރޭންކް: SS1

ޢާއްމުކޮށް ވަޒީފާ އަދާކުރަންޖެހޭ ކޯޓު

ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓް

ބޭނުންވާ ޢަދަދު:

1 ( އެކެއް )

އަސާސީ މުސާރަ:

3100.00  ރުފިޔާ ( ތިންހާސް އެއްސަތޭކަ ރުފިޔާ )

މިމަޤާމަށްލިބޭ އެލަވަންސް

  • ސަރވިސް އެލަވަންސް 1,000.00 ރ. (އެއްހާސް ރުފިޔާ )
  • ލިވިންގ އެލަވަންސް 2550.00ރ. (ދެހާސް ފަސްސަތޭކަ ފަންސާސްރުފިޔާ)
  • ޖުޑީޝަލް އެލަވަންސް: މުސާރައިގެ 35% (ތިރީސްފަސް އިންސައްތަ)
  • އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޝަރުޠު

1-      އަސާސީ ތަޢުލީމުގެ ފެންވަރަށް ލިޔަންލިޔަން އެނގުމާއި މަޤާމުގައި ކުރަންޖެހޭ މަސައްކަތްތައް ކުރަން އެނގުމާއި، އެމަސައްކަތްތައް ކުރެވޭ ފަދަ ސިއްޙަތެއްގައި ހުރި މީހަކު ކަމުގައި ވުމާއި / ޤާބިލްކަން އިންޓަވިއުގައި  ސާބިތުކޮށްދިނުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު

  • ކޯޓުގެ ޢިމާރާތާއި ގޯތީގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުން
  • ބަގީޗާއަށް ފެންދީ ބެލެހެއްޓުން

ހުށަހަޅަންޖެހޭ ލިއުންތައް

1-      ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމު

2-      ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ ވީ)

3-      ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އެޓެސްޓް ކޮށްފައި)

4-      ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (އެޓެސްޓް ކޮށްފައި)

5-      ލިބިފައިވާ ތަޖްރިބާ  ދަލީލުކޮށްދޭ ލިއުންތަކުގެ ކޮޕީ (އެޓެސްޓް ކޮށްފައި)

ސުންގަޑި

27 ޖޫން 2019  ވަނަ ދުވަހުގެ 13:30 ގެކުރިން ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު

  • މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމް މިކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެ އެވެ.
17 ޖޫން 2019
ހޯދާ