ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ހިއުމަން ކެޕިޓަލް މެނޭޖްމަންޓް އެގްޒެކެޓިވް، ސިވިލް ސަރވިސް ކޮމިޝަން

މަޤާމު:

ހިއުމަން ކެޕިޓަލް މެނޭޖްމަންޓް އެގްޒެކެޓިވް

ރޭންކު:

CSC4-1

ކްލެސިފިކޭޝަން:

ސީ.އެސް.ސީ ޕްރޮފެޝަނަލްސް

ޑިވިޜަން/ސެކްޝަން:

އޮޑިޓް އެންޑް ޕަރފޯމަންސް މެނޭޖްމަންޓް/ޕަރފޯމަންސް މެނޭޖްމަންޓް

ޑިވިޜަނުގެ މައިގަނޑު މަސައްކަތް:

ދިވެހި ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމާ، ސިވިލް ސަރވިސް އިދާރާތައް އޮޑިޓުކުރުމާ ގުޅޭ އެންމެހައި މަސައްކަތްތައް ރާވާ ހިންގުން

މުސާރަ:

މަހަކު -/8740 ރުފިޔާ

ސަރވިސް އެލަވަންސް:

ހާޟިރުވާ ދުވަހަކަށް -/188 ރުފިޔާ

ކޮމިޝަން އެލަވަންސް:

މަހަކު 3059.00 ރުފިޔާ (އަސާސީ މުސާރައިގެ %35)

އޯވަރޓައިމް އެލަވަންސް:

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ބޭނުންވާ އަދަދު:

1 (އެކެއް)

ގިންތި:

ދާއިމީ

އަސާސީ ޝަރުތު:

ހިއުމަން ރިސޯސް މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމަށް އެކުލަވާލެވިފައިވާ ނިޒާމުގެ ތެރެއިން މަސައްކަތުގެ ފެންވަރު ބެލުމާ ގުޅޭ އެންމެހައި މަސައްކަތްތައް ކުރުން. މިގޮތުން ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމާގުޅޭ ގޮތުން އިދާރާތަކުން  ހުށަހަޅާ މައްސަލަތައް ދިރާސާކޮށް، ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް ޖަވާބު ދިނުން. އަދި އިދާރާތަކުން މަސައްކަތު ފެންވަރު ބެލުމާގުޅޭ ގޮތުން ސަޕޯޓަށް ހުށަހަޅާ މައްސަލަތައް ދިރާސާކޮށް ކަނޑައަޅާފައިވާ އުސޫލުތަކާއި  އެއްގޮތަށް ހައްލުކޮށް ޖަވާބު ދިނުން.
  2. ސިވިލް ސަރވިސް މުވައްޒަފުން މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމަށް އަހުލުވެރިކޮށް ހޭލުންތެރިކަން އިތުރުކުރުން.
  3. ސިވިލް ސަރވިސްގައި ގާއިމް ކުރެވިފައިވާ މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމާގުޅޭ ދިރާސާތައް ކުރުމާއި، މި ނިޒާމު ހަރުދަނާކޮށް ކުރިއެރުވުމަށް ގެންނަންވާ ބަދަލުތައް ދެނެގަތުމާއި، އެފަދަ ބަދަލުތައް ގެންނައުން.
  4. ސިވިލް ސަރވިސްގައި އީ-ޕަރފޯމަންސް މެނޭޖްމަންޓް ސިސްޓަމެއް ގާއިމްކުރުމުގެ މަސައްކަތް ވިލަރެސްކުރުން.
  5. ސިވިލް ސަރވިސްގައި ހިމެނޭ ޕަރމަނަންޓް ސެކްރެޓަރީންނާއި ޒިންމާދާރުވެރިންގެ މަސައްކަތުގެ ފެންވަރު ބެލުމަށް އެކުލަވާލެވިފައިވާ ނިޒާމުގެ ތެރެއިން މަސައްކަތުގެ ފެންވަރު ބެލުމާގުޅޭ އެންމެހައި މަސައްކަތްތައް ކުރުން.
  6. ޕަރމަނަންޓް ސެކްރެޓަރީންނާއި ޒިންމާދާރުވެރިންގެ މިހާރު އެކުލަވާލެވިފައިވާ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމާގުޅޭ ދިރާސާތައް ކުރުމާއި، ކަމާ ގުޅޭ އުސޫލުތަކަށް ގެންނަންވާ ބަދަލުތައް ދެނެގަތުމާއި، އެފަދަ ބަދަލުތައް ގެންނައުން.
  7. ސިވިލް ސަރވިސްގެ އިދާރާތަކުގައި ގާއިމް ކުރެވިފައިވާ ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީތަކުގެ މަސައްކަތް ބެލެހެއްޓުން.
  8. ސިވިލް ސަރވިސްގެ އިދާރާތަކުގެ 'އޮގަނައިޒޭޝަން ޕަރފޯމަންސް' ސިސޓްމެއް ތައާރަފުކުރުމާގުޅޭ މަސައްކަތް ކުރުން.
  9. 'ސިވިލް ސަރވިސް ރިފޯމް މެނުއަލް' ތަންފީޒުކުރުމާގުޅޭ މަސައްކަތް ކުރުން.
  10. ސެކްޝަނުން ކުރަންޖެހޭ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވެދިނުމާއި، ކޮމިޝަނުގެ އިދާރާގެ ޚާއްސަ ޙާލަތްތަކުގައި ޙަވާލުކުރެވޭ މަސައްކަތްތައް ކުރުން.
  11. މަތީގައިވާ ކަންތައްތަކުގެ އިތުރުންވެސް ވަޒީފާގެ މަސްއޫލިއްޔާތާއި ގުޅިގެން ސުޕަވައިޒަރާއި ކޮމިޝަނަރުންނާއި ކޮމިޝަނަރުންގެ ވެރިން ހަވާލުކުރާ މަސައްކަތްތައް ކުރުން.
  12. ކޮމިޝަނުގެ އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ސެކްރެޓަރީ ޖެނެރަލް ހަވާލުކުރާ މަސައްކަތްތައް ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

2019 ޖޫން 25 ވާ އަންގާރަ ދުވަހުގެ މެންދުރު ފަހު 14:30 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށް (މަޖީދީ މަގު، މާލެ، 20040) އަދި އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް (ސިވިލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (ރާއްޖެއިން ބޭރުގެ ތަޢުލީމީ އިންސްޓިޓިއުޓަކުން ނުވަތަ ރާއްޖޭގެ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ އިންސްޓިޓިއުޝަނެއްގެ ކޯހެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ސެޓްފިކެޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ) 
  4. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަގާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)
  5. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
  7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިންސައްތަ: 30)
  • މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިންސައްތަ: 15)
  • ލިބިފައިވާ ހުނަރު،ފެންވަރު،ގާބިލުކަން އަދި ސިފަ (ކަނޑައެޅިފައިވާ އިންސައްތަ: 55)
    • އެޕްޓިޓުއުޑް ޓެސްޓް - 10 އިންސައްތަ
    • ޕްރެކްޓިކަލްސް - 10 އިންސައްތަ
    • އިންޓަވިއު އަދި ޕްރެޒެންޓޭޝަން - 35 އިންސައްތަ

ޝޯޓް ލިސްޓު ކުރެވޭނެ ކްރައިޓީރިއާ:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާ، އަދި މަސައްކަތުގެ ހުނަރާއި ވަޒީފާ އަދާކުރުމުގެ ގާބިލުކަމަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް/އިމްތިހާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު، ޕްރެސެންޓޭޝަން އަދި ޕްރެކްޓިކަލްސް/އިމްތިހާނު 2019 ޖޫން 26 ން 2019 ޖުލައި 25 އާ ދެމެދު ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާ (މަޖީދީމަގު، މާލެ 20040) ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3307358 ނުވަތަ 3307307 ނަންބަރު ފޯނާއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަނުގެ ވެބްސައިޓް http://www.csc.gov.mv ގައި ވާނެއެވެ.

 

14 ޝައްވާލު 1440ހ

17 ޖޫން 2019މ                                   

17 ޖޫން 2019
ހޯދާ