މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު - ކެނދިކުޅުދޫ

ވަޒީފާގެ ފުރުޞަތު

 ތިރީގައި މިދަންނަވާ މަޤާމަށް މި އިދާރާއަށް މުވައްޒަފަކު ބޭނުންވެއްޖެ އެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ދަޢްވަތު އަރުވަމެވެ.

މުނިސިޕަލް ސަރވިސް އޮފިސަރ

މަޤާމް:

1 (އެކެއް)

ބޭނުންވާ ޢަދަދު:

ވަގުތީ (ފަސްމަސްދުވަސް)

މަޤާމުގެ ގިންތި:

އެމް. އެސް. 1

މަޤާމުގެ ރޭންކް:

 ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ކްލަސިފިކޭޝަން:

އިކޮނޮމިކް ސޯޝިއަލް އެންޑް މުނިސިޕަލް ސަރވިސް ޔްނިޓް.

ސެކްޝަން:

މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލް އިދާރާ

މަޤާމް އޮތް އޮފީސް:

މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލް އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

5610.00 ރުފިޔާ

މުސާރަ:

2000.00 ރުފިޔާ

ސަރވިސް އެލަވަންސް

  1. ސަޕޯޓިންގ ކޯރ އެލަވަންސްގެ ގޮތުގައި މަހަކު 700.00 ރުފިޔާ.
  2. ސިވިލްސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
  3. ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދޭ ޕެންޝަން ކޮންޓްރިބިޔުޝަން.
  4. ސިވިލަސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާ.
  5. ސިވިލްސަރވިސްގެ ގަވައިދުގައި ބަޔާންކުރާ އެހެނިހެން އެލަވަންސްތައް.

އެހެނިހެން އެލަވަންސް:

 

 

  1. ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި، ކައުންސިލުން ކަނޑައަޅައި އެއްމެހާ އުސޫލުތަކާއި، އެއްގޮތްވާ ގޮތުގެ މަތީން ކައުންސިލްގެ 1 ނަމްބަރ އެކައުންޓްގެ ހިސާބުތައް ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  2. ކައުންސިލުން ކަނޑައަޅާ އުސޫލަކުން، ކައުންސިލަށް ބޭނުންވާ މުދަލާއި ޚިދުމަތް މާލިއްޔަތު ޤާނޫނާއި އެއްގޮތްވާގޮތުގެ މަތީން ހޯދާ ހިސާބުތައް ބެލެހެއްޓުން.
  3. ސްޓޮކުން ތަކެތި ދޫކުރުމާއި، ސްޓޮކް ހިސާބުތައް ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުމުގެ އިތުރުން ސްޓޮކަށް ބޭނުންވާ ތަކެތި ހޯދާ ހިސާބުތައް ބެލެހެއްޓުން.
  4. ކައުންސިލްގެ މުދަލުގެ އިންވެންޓްރީ ބެލެހެއްޓުން.
  5. ކައުންސިލްގެ ރަސްމީ ދަތުރުތައް ކުރެވޭނެ އިންތިޒާމް ހަމަޖައްސާ ލިޔެކިޔުން ބެލެހެއްޓުން.
  6. ވަޒީފާގެ ދާއިރާއިން ޔްނިޓްގެ ވެރިން ޙަވާލުކުރާ މަސައްކަތް ކުރުން.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައ؛ް

  1. ބިޒިނަސް އެޑްމިނިސްޓްރޭޝަން، ބިޒިނަސް މެނޭޖްމަންޓް، ޕްރޮޖެކްޓް މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލުކޮށްފައިވުން.

 

މަޤާމުގެ ޝަރުތުތައް:

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް. (މި ފޯމް މި ކައުންސިލުންނާއި، ސިވިލްސަރވިސް ކޮމިޝަނުގެ ވެެބްސައިޓުން ލިބެން ހުންނާނެއެވެ.)
  2.  ވަޒީފާޔަށްއެދޭ ފަރާތުގެވަނަވަރު(ގުޅޭނެ ފޯނުނަމްބަރާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް).
  3. ވަޒީފާޔަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފާވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާ ކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިޢްތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

 

 

  1. ލިބިފައިވާ ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ދިވެހިރާއްޖެއިން ބޭރުގެ މަތީ ތަޢްލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢްލީމީ ސެޓްފިކެޓްތަކާއި، ޓްރާންސްސްކްރިޕްޓްތަކުގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ؛

(ށ) މަތީ ތަޢްލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢްލީމީ ސެޓްފިކެޓްތަކާއި، ޓްރާންސްސްކްރިޕްޓްތަކުގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.

 

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި، ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
  2. ސިވިލްސަރވިސްގެ ވަޒީފާޔަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖްރިބާގެ ލިޔުންތަކުގެ ކޮޕީ؛

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ޙިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފެރަންސް ޗެކްފޯމް.

 

 

  • ލިބިފައިވާ ތަޢްލީމާއި ތަމްރީނަށް ބަލައިގެން.
  • ވަޒީފާޔާ ގުޅުންހުރި ތަޖްރިބާޔަށް ބަލައިގެން.
  • ވަޒީފާޔަށް ޤާބިލް ފަރާތެއްހޮވުމަށް ބާއްވާ އިންޓަރވިޔުގެ މާކްސްއަށް ބަލައިގެން.

 

 ވަޒީފާޔަށް އެއްމެ ޤާބިލު

ފަރާތެއް ހުވުމަށް ބެލޭނެ

ކަންތައްތައް

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 26 ޖޫން 2019 ވަނަ ދުވަހުގެ 13:00 ގެ ކުރިން

މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލް އިދާރާޔަށް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާޔަށް އެދޭ ފޯމާއި، ލިޔުންތައް އީމެއިލް [email protected] އަދި ފެކްސް 6560013 މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވ. އަދި އިޢްލާނުގެ ސުންގަޑި ހަމަވުމުގެ ކުރީން ސަރުކާރުން އަލަށް ބަންދުދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.  

މަޤާމަށް އެދެންވީގޮތާއި

ސުން ގަޑި:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިޔު އޮންނާނީ، 2019 ޖޫން 27 އާއި 2019 ޖުލައި 04 އާއިދެމެދު ތާރީޚެއްގައި މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލް އިދާރާގައެވެ.

 

އިންޓަރވިޔު އޮންނާނެ ތަނާއި މުއްދަތު.

ވަޒީފާޔަށް އެދި ހުށަހަޅާ ޝަރުތު ހަމަވާ، ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢްލީމީ ފެންވަރާއި، މަސައްކަތުގެ ތަޖުރިބާ އަދި މަސައްކަތުގެ ހުނަރާއި، ވަޒީފާ އަދާކުރުމުގެ ގާބިލުކަމަށް ބަލައި، ވަޒީފާޔަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެއްމެ މަތިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި އިޢްލާނާއި ގުޅިގެން މަޢްލޫމާތު ސާފުކުރުމަށް: ފޯން: 6560013 / ފެކްސް: 6560013 އީމެއިލް: [email protected] .

ޝޯޓްލިސްޓް ކުރުން.

 

14 ސައްވާލު 1440                       

 

17 ޖޫން    2019                               

17 ޖޫން 2019
ހޯދާ