މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮެމެޓީއަށް މެންބަރުން ހޯދުން

އިޢުލާން

އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާކޮމެޓީއަށް ވަނުމުގެ ފުރުޞަތު ހުޅުވާލުން

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ޤަވާއިދު ގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ،  މިދަންނަވާ ޝަރުތުތައް ފުރިހަމަވާ ފަރާތަކުންކުރެ ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ 05 މަޤާމަށް  ކުރިމަތިލުމަށް އެދޭ މީހުނަށް، 2019 ޖޫން 17 ވާ ހޯމަ ދުވަހުން ފެށިގެން 2019 ޖޫން 25 ވާ އަންގާރަ ދުވަހުގެ ދުވަހުގެ މެންދުރުފަހު 14.00 އާ ހަމައަށް  އެފުރުޞަތު ހުޅުވާލަމެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ގަވާއިދުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް،  އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ  މެންބަރުކަމަށް  ކުރިމަތިލާ  މީހެއްގައި  އަންނަނިވި ޝަރުތުތައް ފުރިހަމަ ވާންވާނެއެވެ.                                            

(ހ) އެރަށެއް ނުވަތަ އެސިޓީއެއްގެ އަންހެނުންގެ  ތެރެއިން  މީލާދީ ގޮތުން  އުމުރުން 18 (އަށާރަ)  އަހަރުވެފައިވާ

ބުއްދި ސަލާމަތުންހުރި ދިވެހި ރައްޔިތެއް ކަމުގައިވުން .                                    

(ށ) އެރަށެއް ނުވަތަ އެސިޓީއެއްގެ އިންތިޚާބީ ދާއިރާއެއްގައި  ރަށްވެހިވެ  ދިރިއުޅޭ މީހަކު ކަމުގައިވުން.         

(ނ) ދިވެހި ރާއްޖޭގެ  އަސާސީ ތަޢުލީމުގެ ފެންވަރުހުރި މީހަކު ކަމުގައިވުން.                          

(ރ) ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޛު ކުރަމުންދާ މީހެއްކަމުގައި ނުވުން.                             

(ބ) ކުށެއްގެ ތުހުމަތުގައި  ބަންދުކުރެވިފައި ހުރި މީހަކު ކަމުގައި ނުވުން.                          

(ޅ) އެއްވެސް މީހަކަށް އަދި ކުޑަ ކުޑަކުއްޖަކަށް ޖިންސީ، ޖިސްމާނީ ހާނިކައެއް ކުރިކަން އެއްވެސް އިރެއްގައި    

ޝަރީއަތަށް ސާބިތުވެފައި ނުވުން.                                               

(ކ) މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައި ވުން.                         

(އ) ފުލްޓައިމް ދަރިވަރަކު ކަމުގައި ނުވުން.                                             

(ވ) ވޭތިވެދިޔަ 5 އަހަރު ތެރޭގައި އިސްލާމީ ޝަރީއަތުގައި  ހައްދު ކަނޑައެޅިފައިވާ ކުށެއް ސާބިތުވެ އެހުކުމް   

ތަންފީޛުކޮށްފައިވާ މީހަކަށް ނުވުން.                                               

(މ) ރައްޔިތުން އިންތިޚާބުކޮށްފައިވާ މަޤާމެއްގައި ހުރި މީހަކު ކަމުގައި ނުވުން.                        

ވީމާ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށް ވަނުމަށް ޝައުގުވެރިވާ ފަރާތްތަކުން

އެކަމަށް އެދޭ ސިޓީއާއި އައިޑީ ކާރޑް ކޮޕީއަކާއެކު މިއިދާރާއަށް  ހުށަހެޅުއްވުން އެދެމެވެ.

17 ޖޫން 2019
ހޯދާ