ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަނިމާދޫ ކައުންސިލް އިދާރާއަށް މުނިސިޕަލް ސަރވިސް އޮފިސަރެއް ބޭނުންވެއްޖެ

މިކައުންސިލްގެ ނަންބަރު:   (IUL)258/2019/15 (07 މާރޗް 2019) އިޢުލާން ބާޠިލު ކުރުމަށްފަހު އެމަޤާމުތަކަށް އިޢުލާން ކުރަމެވެ.

               

މަޤާމް:                  މުނިސިޕަލް ސަރވިސް އޮފިސަރ

މަޤާމުގެ ނަންބަރު:            J-284318

ބޭނުންވާ ޢަދަދު:              01 (އެކެއް)

މަޤާމުގެ ގިންތި:              ދާއިމީ

މަޤާމުގެ ރޭންކް:              އެމް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:       ސީނިއަރ އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭތަން:        ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ

މުސާރަ:                   5610.00 ރުފިޔާ

ސަރވިސް އެލަވަންސް:         2000.00 ރުފިޔާ

އެހެނިހެން އެލަވަންސް:          1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެޚިދުމަތް.

                         2. ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

                         3. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

4. މަޤާމަށް ކަނޑައަޅާފައިވާ ތައުލީމީ ރޮނގުތަކުގެ ތެރެއިން ކޯ ޑިސިޕްލިންގެ ތަޢުލީމީ  ރޮނގުގެ ސެޓްފިކެޓް ހުށަހަޅާފައިވާނަމަ ޓެކުނިކަލް ކޯގެ ގޮތުގައި މުސާރައިގެ 28%

5. ޓެކްނިކަލް ކޯއަށް ޝަރުތު ހަމަނުވާ ފަރާތެއްނަމަ ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު 700.00 ރުފިޔާ.

މަޤާމުގެ މައިގަނޑު            - ރަށުގެ މަގުހެދުމާއި މަގުތައް މަރާމާތުކޮށް ބެލެހެއްޓުމާއި، އެކަންކަމާއިބެހޭ އިދާރީ މަސައްކަތާއި

މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:    ރެކޯޑުތައް ބެލެހެއްޓުން.

-    ކުނިއެޅުމަށް ކަނޑައަޅާ ސަރަޙައްދު ބެލެހެއްޓުން.

 

- ކުނިނައްތާލުމާއި ބެހޭގޮތުން ރައްޔިތުން ހޭލުންތެރި ކުރުމާއި ކުނިނައްތާލުމުގެ ލުއިފަސޭހަގޮތްތައް ހޯދާ ތަރައްޤީ ކުރުން.

- ބަނދަރައްލިބޭ ގެއްލުންތައްބަލައި ކައުންސިލުން ނިންމާ ގޮތެއްގެމަތިން އެކަންކަން ކުރުމުގެ އިދާރީ މަސައްކަތް ކުރުން.

- ބަނދަރު ސާފުކޮށް ބެލެހެއްޓުމަށް ޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތް ކުރުން.

- ބަދަރު ބޭނުންކުރުމާއި ބެހޭގޮތުން ހެދިފައިވާ ޤަވާޢިދުގެ ކންތައްތައް ބެލެހެއްޓުން.

- ރަށުގެ ތިމާވެއްޓާއިގުޅޭ ކަންތައްތައް ކައުންސިލްގެ މަޝްވަރާގެމަތިން ބެލެހެއްޓުން.

- ރަށުގައި ލެވިފައިވާ ތޮށިގަނޑުތަކާއި، ގުދުރަތީގޮތުން ލެވިފައިވާ ތޮށިގަނޑުތައް ހަލާކުވަމުންދާނަމަ އެކަން ހައްލުކުރުމަށް ފިޔަވަޅުން.

- ރަށުގައި ޤާއިމު ކުރެވިފައިވާ ކަރަންޓް، ފެން، ނަރުދަމާނިޒާމުފަދަ ޢާއްމު ޚިދުމަތްތަކުގެ ކަންތައްތައްބެލެހެއްޓުން.

- ޤާނޫނާއި އެއްގޮތްވާގޮތުގެމަތިން ރަށުގައި ހެދިފައިހުންނަ އިޖްތިމާޢީ ރައްކާތެރިކަމުގެ މަރުކަޒު ހިންގުމާއި ނުވަތަ އެފަދަ މަރުކަޒަށް މީހުންފޮނުވުމާއިބެހޭ ކަންތައްތަކާއި ގެވެށި އަނިޔާގެ ރެކޯޑު ބެލެހެއްޓުން.

-

 

މަޤާމުގެ ޝަރުޠުތައް:

1. އޮފީސް އެޑްމިނިސްޓްރޭޝަން، ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށަފއިވުން.

----------------------------------------------------------------------------------------------------------------------------------------------------------------------------------------------

ތަޢުލީމީ ރޮނގުތައް (މަޤާމުގެ       - އޮފީސް އެޑްމިނިސްޓްރޭޝަން

މައްކަތާއިގުޅޭ)                               

 

 

ހުށަހަޅަންޖެހޭ ލިޔުންތައް: 

1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ  ކައުންޓަރުން ލިބެންހުންނާނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނުނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތައް)

3. ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ  ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭ ފަދަ ކޮޕީއެއް.

 

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

(ހ) މޯލްޑީވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުންލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ:

(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެކޮޕީ:

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ:

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިހާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެސެޓްފިކެޓްގެ ކޮޕީ:

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށަފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށަފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށަފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް   

ހޮވުމަށް ބެލޭނެ ކަންތައްތައް.          ތަޢުލީމް:    40%

                          އިމްތިޙާން: 5%

                           މަސައްކަތުގެ ތަޖްރިބާ: 15%

                           ލިބިފައިވާ ހުނަރު: 40%

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:        މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 26 ޖޫން 2019 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން، ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ފޮނުވަންޖެހޭ އީމެއިލް އެޑްރެހަކީ: [email protected] އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭފޯމު ބަލައިގަނެވޭނެއެވެ.

 

އިންޓަވިއު (އިމްތިހާނާއި               މިމަޤާމަށް އިންޓަވިއު ކުރުމާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް އިމްތިޙާނުކުރުން

ޕްރެޒެންޓޭޝަން އޮންނަތަނާއި            ބޭއްވޭނީ 01 ޖުލައި 2019 އާއި 04 ޖުލައި 2019 ދެމެދުގެ ދުވަހެއްގައި

މުއްދަތު):                        ދެމެދުގެ ވަގުތެއްގައި ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާގައެވެ.

 

ޝޯޓް ލިސްޓްކުރުން:                 މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖްރިބާއަށްބަލައި، ވަޒީފާއަށް ކުރިމަތި ލާފައިވާ ފަރާތްކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު މާކްސްގެ ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ޖުމުލަ އިންސައްތަ، 45% (ސާޅީސްފަހެއް އިންސައްތަ) އަށްވުރެ މަތިވާން ޖެހޭނެއެވެ.

އިންސައްތަ:

 

މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6520028 ފޯނާއެވެ.        

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

16 ޖޫން 2019
ހޯދާ