ދިވެހިރާއްޖެ
އަންދާސީހިސާބު ހޯދުން
އަމިއްލަ ތަކެތީގައި އެއަރކޯން ހަރުކޮށްދޭނެ ފަރާތެއް ހޯދުން
ދިވެހިރާއްޖޭގެ ހައިކޯޓަށް 24000 ބީ.ޓީ.ޔޫގެ ސީލިން ކެސެޓް 2 އެއަރކޯނާއި 24000 ބީ.ޓީ.ޔޫގެ ވޯލް މައުންޓް އެއަރކޯނެއް ސަޕްލައިކޮށް އިންސްޓޯލް ކޮންދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން 19 ޖޫން 2019 ވާ ބުދަ ދުވަހުގެ މެންދުރު 13:30 އަށް ހައިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 24 ޖޫން 2019 ވާ ހޯމަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު (މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާ މަޢުލޫމާތުތަކާއެކު) ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މަތީގައި ދެންނެވިފައިވާ ގަޑިތަކުގައި މިކޯޓުގެ މީޓިންގ ރޫމް 01 ގައެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުއްވުމުގެ ފުރުސަތު ނޯންނާނެ ވާހަކަވެސް ދަންނަވަމެވެ .
13ޝައްވާލް 1440
16 ޖޫން 2019