ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަނިމާދޫ ކައުންސިލް އިދާރާއަށް އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރެއް ބޭނުންވެއްޖެ

މިކައުންސިލްގެ ނަންބަރު: 258/2019/14(IUL) (07 މާރޗް 2019) އިޢުލާން ބާޠިލު ކުރުމަށްފަހު އެމަޤާމުތަކަށް އިޢުލާން ކުރަމެވެ.

               

މަޤާމް:                   އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ

މަޤާމުގެ ނަންބަރު:             J-232123

ބޭނުންވާ ޢަދަދު:              01 (އެކެއް)

މަޤާމުގެ ގިންތި:               ދާއިމީ

މަޤާމުގެ ރޭންކް:               އެމް.އެސް 2

މަޤާމުގެ ކްލެސިފިކޭޝަން:         ސީނިއަރ އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަންޖެހޭތަން:         ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ

މުސާރަ:                   6295.00 ރުފިޔާ

ސަރވިސް އެލަވަންސް:          2000.00 ރުފިޔާ

އެހެނިހެން އެލަވަންސް:           1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެޚިދުމަތް.

                         2. ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

                         3. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

4. މަޤާމަށް ކަނޑައަޅާފައިވާ ތައުލީމީ ރޮނގުތަކުގެ ތެރެއިން ކޯ ޑިސިޕްލިންގެ ތަޢުލީމީ ރޮނގުގެ ސެޓްފިކެޓް ހުށަހަޅާފައިވާނަމަ ޓެކުނިކަލް ކޯގެ ގޮތުގައި މުސާރައިގެ 28%

5. ޓެކްނިކަލް ކޯއަށް ޝަރުތު ހަމަނުވާ ފަރާތެއްނަމަ ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު 700.00 ރުފިޔާ.

މަޤާމުގެ މައިގަނޑު           - އިކޮނޮމިކް  ޑިވެލޮޕްމަންޓް ޝެކްޝަނަށް ހުށަހެޅޭ މައްސަލަތަކުގެ ރެކޯޑް ބެލެހެއްޓުމާއި ހުށަހެޅޭ

މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:    މަސައްކަތުގެ ރިޕޯޓް ކަމާގުޅޭ ދާއިރާތަކަށް ފޮނުވުން.

-    ޝެކްޝަނަށް ހުށަހެޅޭ ސިޓީއާއި މެސެޖުތަކަށް ޖަވާބުދިނުމާއި ހުށަހެޅޭ ބިލްތައް ފުރިހަމަކުރުމަށްފަހު ފައިސާއާއިބެހޭ ޝެކްޝަނަށް ފޮނުވުން.

- ކައުންސިލްއިދާރަގެ ބެލުމުގެ ދަށުގައިހުންނަ ޢިމާރާތްތަކާއި ތަކެތީގެ އިންވެންޓްރީ ފުރިހަމަކުރުމާއި ބެލެހެއްޓުން.

- ހަނިމާދޫ ކައުންސިލްގެ އިދާރާއަށް ބޭނުންވާ އެންމެހާތަކެތި ދައުލަތުގެ މާލިއްޔަތުގެ ޤަވާޢިދާ އެއްގޮތަށް ހޯދާ ބެލެހެއްޓުން.

- ރަށު ފެންވަރުގައި އިޤްތިޞާދު ކުރިއެރުވުމަށާއި އިޤްތިޞާދަށް އަންނަބަދަލުތައް ދެނެގަތުމަށް ކުރަންޖެހޭ ދިރާސާތައް ކުރުން.

- ރަށުގައި އިޤްތިޞާދީގޮތުން ކުރެވެންހުރި މަސައްކަތްތަކަށާއި ބޭނުންވާ ވަޞީލަތްތައް ހޯދައި ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖެއްސުން.

- ރަށުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހިނގާ ލުއިލޯނު ޕްރޮގްރާމުތަކުގެ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުން.

- ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ޤަވާޢިދާ އެއްގޮތަށް ނީލަމާއިބެހޭ އެންމެހައި މަސައްކަތްތައް ކުރުން.

- ބިޑް ޑޮކިއުމަންޓްތައް ބަލާ ޗެކުކުރުމާއި ބިޑް އިވެލުއޭޝަން ކޮމިޓީގެ އެހީގައި ބިޑްތައް އިވެލުއޭޓް ކުރުމާއި ކަމާބެހޭ ސަރުކާރުގެ އިދާރާތަކަށް ފޮނުވާ ބެލެހެއްޓުން.

- ރަށާއިގުޅޭ ޑިވެލޮޕްމަންޓް ޕްރޮގްރާމުތައް ރާވާހިންގުން.

- ދައުލަތުގެ އިޤްތިޞާދީ ތަރައްޤީއާއިގުޅޭ ޕްރޮގްރާމްތައް ބަލައި ދިރާސާކުރުމާއި އެފަދަ ޕްރޮގްރާމުތައް ރަށުގެ ރައްޔިތުންނަށް ލިބޭނެމަގު ތަނަވަސްކުރުމަށް މަސައްކަތްކުރުން.

- ރަށުގެ ފަތުރުވެރިކަމާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި އެހެނިހެން ޝިނާއަތްތައް ކުރިއެވުމަށް އެހީތެރިވުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.

- ކައުންސިލްގެ ބެލުމުގެ ދަށުގައިހުރި ކައުންސިލަށް އާމުދަނީލިބޭ ޢިމާރާތްތައް ވިޔަފާރި އުޞޫލުން ހިންގުމާއި ބެލެހެއްޓުން.

- ރަށުގައި އިމްޕޯޓުމުދާ ވިއްކުމުގެ ހުއްދަތައް ދޫކުރުމާއިބެހޭ އެންމެހައިމަސައްކަތް ކުރުން.

- އިސްވެ ދެންނެވި ހުރިހާ ކަންކަމާއި ގުޅޭގޮތުން ލިޔެ ތައްޔާރުކުރަންޖެހޭ ސިޓީ، މެސެޖު،  ބިޑް ޑޮކިއުމަންޓް އަދި ރިޕޯޓްތައް ޒިންމާދާރުވެރިޔާގެ ލަފަޔާއި މަޝްވަރާގެމަތިން ތައްޔާރުކޮށް  ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ފޮނުވުން.

- ކައުންސިލް އިދާރާގެ ރަސްމީ މަސައްކަތާއި ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހާ މަސައްކަތްކުރުން.

މަޤާމުގެ ޝަރުޠުތައް:

1. ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، އިކޮނޮމިކް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށަފއިވުން.

ތަޢުލީމީ ރޮނގުތައް (މަޤާމުގެ      - ބިޒްނަސް އެޑްމިނިސްޓްރޭޝަން

މައްކަތާއިގުޅޭ)                - އިކޮނޮމިކް

                      -  ފައިނޭންސް

ހުށަހަޅަންޖެހޭ ލިޔުންތައް: 

1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ  ކައުންޓަރުން ލިބެންހުންނާނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނުނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތައް)

3. ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ  ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭ ފަދަ ކޮޕީއެއް.

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

(ހ) މޯލްޑީވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުންލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ:

(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެކޮޕީ:

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ:

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިހާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެސެޓްފިކެޓްގެ ކޮޕީ:

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށަފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް   

ހޮވުމަށް ބެލޭނެ ކަންތައްތައް.        ތަޢުލީމް:    40%

                         އިމްތިޙާން: 5%

                         މަސައްކަތުގެ ތަޖްރިބާ: 15%

                         ލިބިފައިވާ ހުނަރު: 40%

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:      މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 26 ޖޫން 2019 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން، ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ފޮނުވަންޖެހޭ އީމެއިލް އެޑްރެހަކީ: [email protected] އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު (އިމްތިހާނާއި             މިމަޤާމަށް އިންޓަވިއު ކުރުމާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް އިމްތިޙާނުކުރުން

ޕްރެޒެންޓޭޝަން އޮންނަތަނާއި           ބޭއްވޭނީ 01 ޖުލައި 2019 އާއި 04 ޖުލައި 2019 އާއި ދެމެދުގެ ވަގުތެއްގައި

މުއްދަތު):                       ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާގައެވެ.

 

ޝޯޓް ލިސްޓްކުރުން:                މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖްރިބާއަށްބަލައި، ވަޒީފާއަށް ކުރިމަތި ލާފައިވާ ފަރާތްކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް މަޤާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު މާކްސްގެ ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ޖުމުލަ އިންސައްތަ، 45% (ސާޅީސްފަހެއް އިންސައްތަ) އަށްވުރެ މަތިވާން ޖެހޭނެއެވެ.

އިންސައްތަ:

 

މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6520028 ފޯނާއެވެ.        

                        މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

16 ޖޫން 2019
ހޯދާ