މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
ތިލަފުށީގައި ހާމަޔަށް ކުނި އެންދުން ހުއްޓާލުމަށްޓަކައި ބޭނުންވާ އިކުއިޕްމަންޓް ސަޕްލައި، ޑެލިވަރީ އަދި އިންސްޓޯލްކޮށްދިނުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

(ރީޓެންޑަރ) 

1. ދިވެހި ސަރުކާރަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) ގެ ހިލޭ އެހީގެ ގޮތުގައި ލިބިފައިވާ ފައިސާއިން ގްރޭޓަރ މާލެ އެންވަޔަރަންމަންޓް މެނޭޖްމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް: ފޭސް1ގެ ދަށުން ތިލަފުށީގައި ހާމަޔަށް ކުނި އެންދުން ހުއްޓާލުމަށްޓަކައި މިހާރުން މިހާރަށް ބޭނުންވާ އިކުއިޕްމަންޓް ގަތުމަށް ވަނީ ހަމަޖެހިފައެވެ.

2. މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ގެ އެދިލެއްވުމުގެ މަތިން ތިލަފުށީގައި ހާމަޔަށް ކުނި އެންދުން ހުއްޓާލުމަށްޓަކައި ބޭނުންވާ އިކުއިޕްމަންޓް ސަޕްލައި، ޑެލިވަރީ އަދި އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ރާއްޖެއާއި ރާއްޖޭންބޭރުގެ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ. އަދި ކޮންޓްރެކްޓްގައި ސޮއި ކުރެވޭ މުއްދަތުން ފެށިގެން 6 މަސް ދުވަސް ތެރޭގައި އިކުއިޕްމަންޓްސް ޑެލިވަރ ކުރަންޖެހޭނެއެވެ.

 

ލޮޓް ނަންބަރު

ތަފްސީލް

އަދަދު

ލޮޓް 1

އިންޑަސްޓްރިއަލް އެންޑް މޮބިލައިޒޭޝަން ވޭސްޓް ޝްރެޑަރ

1

ލޮޓް 2

އިންޑަސްޓްރިއަލް އެންޑް މޮބައިލް ރޮޓޭޓިންގް ސީވިންގް މެޝިން

1

ލޮޓް 3

ބުލްޑޯޒަރ

1

ލޮޓް 4

އެކްސްކަވޭޓަރ

2

 ވީލް ލޯޑަރ

1

 ވޭސްޓް ހެންޑްލަރ (ވީލް ވޭސްޓް ހެންޑްލަރ)

1

ވޭސްޓް ހެންޑްލަރ (ޓެލެސްކޯޕް އާރމް ވީލް ހަންޑްލަރ)

1

ލޮޓް 5

އާރމް ރޯލް ޓްރަކް

2

ކޮންޓެއިނަރ

20

ޓޭންކް ޓްރަކް

1

ލޮޓް 6

މޮބައިލް މުނިސިޕަލް ސޮލިޑްވޭސްޓް ބޭލަރ އައި އޭގައި ހިމެނޭ ބައިތައް (މޮބައިލް ސޮލިޑް ވޭސްޓް ބޭލަރ، މޮބައިލް ކޮމްބިނޭޝަން ކޮންވަޔަރ، މޮބައިލް ބޭލް ކޮންވެޔޮރ، ބޭލް ގްރިޕަރ، ނިއު ސްޕިލޭޖް ކޮންވެޔަރ، އިންޓަރގްރޭޓަޑް ޜެޕިންގް ޔުނިޓް އަދި ޓޫލް ކިޓް)

1 ސެޓް

ބިޑް ޑޮކިއުމަންޓްގައިވާ ގޮތުގެމަތިން އެއް ލޮޓް ނުވަތަ އެއަށްވުރެ ގިނަ ލޮޓަށް ބިޑް ކުރެވޭނެއެވެ.  

3. މި ޕްރޮޖެކްޓަކީ އިންޓަރނޭޝަނަލް ކޮމްޕެޓެޓިވް ބިޑިންގް އުސޫލުން އޭ.ޑީ.ބީގެ ސިންގަލް ސްޓޭޖް ޓޫ އެންވަލޮޕް އުސޫލުން ބީލަންކުރުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެކެވެ.

4. މި ބީލަމުގައި ބައިވެރިވެވޭނީ ތިރީގައިވާ ޝަރުތުތަކާއި، ބިޑް ޑޮކިއުމަންޓްގައި ހިމެނިފައިވާ ޝަރުތުތައް ހަމަވާ ފަރާތްތަކަށް އެކަނިއެވެ.

ޝަރުތު

ލޮޓް 1

ލޮޓް 2

ލޮޓް 3

ލޮޓް 4

ލޮޓް 5

ލޮޓް 6

3 އަހަރު ދުވަހުގެ އެވަރޭޖެ އެނުއަލް ޓާރން އޯވަރ

ޔޫ.އެސް.ޑީ

1،460،000

ޔޫ.އެސް.ޑީ

896،000

ޔޫ.އެސް.ޑީ

1،560،000

ޔޫ.އެސް.ޑީ

4،6161،000

ޔޫ.އެސް.ޑީ

2،260،000

ޔޫ.އެސް.ޑީ

3،520،000

3 އަހަރު ދުވަހުގެ ތެރޭގައި މެއިން ސަޕްލަޔަރުގެ ގޮތުގައި މަދުވެގެން މިބާވަތުގެ 1 މަސައްކަތްކޮށްފައިވުން

ޔޫ.އެސް.ޑީ

292،000

ޔޫ.އެސް.ޑީ

179،200

ޔޫ.އެސް.ޑީ

312،000

ޔޫ.އެސް.ޑީ

923،200

ޔޫ.އެސް.ޑީ

452،000

 

ޔޫ.އެސް.ޑީ

704،000

5. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

       އަޙުމަދު މުޖުތަބާ

       ޗީފް ޕްރޮކިއުމަންޓް އެގްޒެކެޓިވް

       ނެޝަނަލް ޓެންޑަރ

       މިނިސްޓްރީ އޮފް ފިނޭންސް،

       އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

       ފޯން: 1617(960)

       އީ-މެއިލް: [email protected]

       ކޮޕީ: [email protected]

6. މި މަސައްކަތްތަކާއި ބެހޭ އެންމެހައި ލިޔެކިޔުންތައް 16 ޖޫން 2019އިން ފެށިގެން ސޮފްޓްކޮޕީ ފޯރމެޓުގައި މިމިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv  އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.

7. ބީލަމުގައި ބައިވެރިވުމަށް -/1500 (އެއްހާސްފަސްސަތޭކަ) ރުފިޔާ ނުވަތަ 100.00 (ސަތޭކަ) ޔޫ.އެސް.ޑޮލަރުގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ އެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 16 ޖޫން 2019 އިން 30 ޖުލައި 2019އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 12:00  އަށް މި މިނިސްޓްރީއިންނެވެ.

8. މި ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 03 ޖުލައި 2019 ވާ ބުދަ ދުވަހުގެ 11:00ގައެވެ. ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 18 ޖުލައި 2019ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން މަތީގައިވާ އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.

9. ބީލަން ހުޅުވުން އޮންނާނީ 31 ޖުލައި 2019 ވާ ބުދަ ދުވަހުގެ ދުވަހުގެ 11:00 ގައި މި މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

10. މި އިއުލާނު މިނިސްޓްރީ އޮފް ފިނޭންސްގެ ވެބްސައިޓް www.finance.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ.

13 ޖޫން 2019
ހޯދާ