މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.ވެލިދޫ ގަބުރުސްތާނު ނޮޅާ ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެ

ނަމްބަރު:IUL)297/INDIV/2019/29)

 

އިޢުލާން

މަސައްކަތްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

މިރަށު ގަބުރުސްތާނު ނޮޅާ ސާފު ކުރުމަށްވަނީ ބޭނުންވެފައެވެ.

ވީމާ، މިމަސައްކަތް 2 އަހަރު ދުވަހަށް މަހަކު -/1200 (ބާރަ ސަތޭކަ ރުފިޔާ) އަށް ވުރެ ބޮޑުނޫން އަގަކަށް ނޮޅާ ސާފުކުރާގޮތަށް ކޮންޓްރެކްޓް އުސޫލުން ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 18 ޖޫން 2019 ވާ އަންގާރަ ދުވަހުގެ  11.00އަށް އަގު ފޯމް ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅާފޯމް މިއިދާރާގެ ކައުންޓަރުންނާއި ވެލިދޫ ކައުންސިލްގެ ވެބްސައިޓް www.velidhoo.gov.mv އިން ލިބެން ހުންނާނެއެވެ.

މިމަސައްކަތަށް އެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

އަގުފޯމް ހުށަހަޅުއްވާއިރު ކުރީގައި މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން އަގުފޯމާއެކު ހުށަހަޅަންވާނެއެވެ. އަގު ފޯމް ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް މިއިދާރާއަށް ސިޓީ ހުށަހަޅަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ އަގު ފޯމް ބަލައެއްނުގަނެވޭނެއެވެ.

 ކުރަންޖެހޭ މަސައްކަތުގެ ތަފްސީލް

 

  • ގަބުރުސްތާނުތެރެ ތަނބުރު ވެލާއެކު ނޮޅާ ސާފުކޮށް ބެލެހެއްޓުން.
  • ގަބުރުސްތާނު ގޯތި ތެރޭގައި ހުރި ހިޔާހެދޭ ގަސްތަކުގެ ތިރިވެފައިވާ އަފިތައް ކޮށާސާފުކޮށް ބެލެހެއްޓުން.
  • ގަބުރުސްތާނުތެރޭގައި ހެދެމުންދާ  އިޕިލް އިޕިލްގަސްތައް ބުޑާއެކުނަގާ ސާފުކޮށް ބެލެހެއްޓުން.
  • ގަބުރުސްތާނުތެރޭގައި ގާޖަހާފައޮތް މަގު ރަނގަޅަށް ވިނަނޮޅާ ސާފްކޮށް ބެލެހެއްޓުން.
  • ގަސްތަކުން އެޅިފައިއޮތް ފަތްތައް ނަގާ ސާފްކޮށްބެލެހެއްޓުން.
  • އަބަދުވެސް ޤަބުރުސްތާން ނޮޅާސާފްކުރެވިފައިއޮތުން.
  • ސާފްކޮށްބެލެހެއްޓުމުގައި ނެގޭހުރިހާކުންޏެއް އުކާލަންވާނީ ކުނިކޮށްޓަށެވެ.

މާކްސްދެވޭ ކްރައިޓީރިއާ

މާކްސް ދެވޭ ގޮތް

ތަފުސީލު

ފޯމިއުލާ

އަގު

90%

  • ހިދުމަތުގެ އަގަށްދޭ މާރކްސް
  • މާރކްސްދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކް އެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ.

(Benchmark Price / Submitted Price) x Allocated Percentage

ތަޖުރިބާ

10%

  • މަސައްކަތުގެ ދާއިރާގައި  ޚިދުމަތް ދިން މުއްދަތު (އަހަރު)
  • މާރކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން މަސައްކަތުގެ ދާއިރާގައި  އެންމެ ގިނަ އަހަރުވެފައިވާ ފަރާތް ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެއް
  • މި ގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ މަސައްކަތުގެ ދާއިރާގައި  އެންމެ ގިނަ އަހަރު ޚިދުމަތް ދީފައިވާ ފަރާތަށެވެ.

( Submitted years of experience / Benchmark  years  ) x Allocated Percentage

13 ޖޫން 2019
ހޯދާ