ދިވެހިރާއްޖެ
މިކުންފުނީގެ ނަންބަރ: 116-J3/IL/2019/34 (26 މެއި 2019) ގެ އިޢުލާނާއި ގުޅިގެން ސްޓާފް މިނީ މާރޓް ހިންގުމަށް ޝައުގުވެރިކަން ފާޅުކުރައްވާ އެއިޢުލާނުގައިވާ ގޮތުގެ މަތީން ބީލަމުގައި ބައިވެރިވެފައިވާ ފަރާތްތައް،މިއިޢުލާން އާއި ގުޅިގެން އަލުން ރަޖިސްޓްރީ ކުރާކަށް ނުޖެހޭނެއެވެ.
އެނޫންފަރާތްތަކުން މިއިޢުލާންގައިވާ މުއްދަތު ހަމަވުމުގެ ކުރިން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. އަދި އެހެން ހުރިހާފަރާތްތަކުންވެސް މިއިޢުލާނުގައިވާ ގޮތުގެމަތިން އަމަލު ކުރުމަށް ދަންނަވަމެވެ.
-
ބީލަމުގައި ބައިވެރި ވެވޭ ފަރާތްތައް
-
ފިހާރައެއް ހިންގާ އަމިއްލަ ދިވެހި ފަރުދަކަށްވުން ނުވަތަ ފިހާރައެއް ހިންގާ 0 ދިވެހި ކުންފުންޏަކަށް ވުން ނުވަތަ ފިހާރައެއް ހިންގާ 0 ދިވެހި ކޯޕަރޭޓިވްއަކަށްވުން
-
މިކުންފުންޏަށް ދަރަންޏެއް ދައްކަން ޖެހިފައިވާ ފަރާތަކަށް ނުވުން
-
ބިޑް ސެކިއުރިޓީ ދެއްކޭނެ ޤާބިލް ފަރާތަކަށްވުން ( -/25،000 ރުފިޔާ)
-
ބީލަމުގެ ޝަރުތުތަކަށް އެއްބަސްވެވޭ ފަރާތަކަށްވުން
-
ބީލަން ފޮތް ލިބޭނެ ގޮތް
ބީލަމުގައި ބައިވެރިވެލައްވަން ބޭނުންވާ ފަރާތްތަކުން އެކަމަށް ޝައުގުވެރިކަން ފާޅުކޮށް އެމް.އޭ.ސީ.އެލް ގެ ކޮމަރޝަލް ޑިޕާރޓްމަންޓް އަށް މިހާރު ހިންގަމުން ގެންދާ ފިހާރައިގެ ހުއްދައިގެ ކޮޕީ އަކާއި ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީ ކޮޕީ އާއިއެކު ކޯޕަރޭޓިވްއެއް ނަމަ ކޯޕަރޭޓިވްގެ ރަޖިސްޓްރީ ކޮޕީ އަކާއިއެކު އަދި އަމިއްލަ ފަރުދެއްނަމަ އައިޑީ ކާޑް ކޮޕީއަކާއެކު އީމެއިލް ([email protected] އަށް) ނުވަތަ ސިޓީ ފޮނުއްވުން އެދެމެވެ. މިކަމަށް އެދި ހުށަހަޅާ ފަރާތްތަކަށް މިކުންފުނިން ސީރިއަލް ނަންބަރު ދީފައިވާ ބީލަން ފޮތެއް ހަވާލު ނުވަތަ އީމެއިލް ކުރެވޭނެއެވެ. ބީލަންފޮތް ހަވާލު ނުވަތަ އީމެއިލް ކުރެވޭނީ 13 ޖޫން 2019 ން 18 ޖޫން 2019 ގެ 08:30 އިން 15:30 އާއި ދެމެދެވެ.
-
ޕްރީބިޑް ބައްދަލުވުން (މަޢުލޫމާތު ދިނުމުގެ ބައްދަލުވުން)
މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ދިނުމަށް 19 ޖޫން 2019 ވަނަ ދުވަހުގެ 11:00 ގައި ޕްރީބިޑް މީޓިންގ އެއް މި ކުންފުނީގެ ކޯޕަރޭޓް ބިލްޑިންގްގެ ދެވަނަ ފަންގިފިލާގެ މީޓިންގ ރޫމްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ބީލަންފޮތް ދޫކުރެވިފައިވާ ފަރާތްތަކުން މި ބައްދަލުވުމުގައި ބައިވެރިވުމަކީ އެދެވިގެންވާކަމެކެވެ.
-
ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން
ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ 26 ޖޫން 2019 ވަނަ ދުވަހުގެ 11:00 ގައެވެ. އަދި ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 26 ޖޫން 2019 ވަނަ ދުވަހުގެ 11:15 ގައި، ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކުގެ ހާޟިރުގައެވެ.
-
އިތުރު މައުލޫމާތު ހޯއްދެވުމަށް:
ކޮމަރޝަލް ޑިޕާޓްމަންޓް
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ހުޅުލެ 22000
ދިވެހިރާއްޖެ
ފޯން: 960 3325511, +960 3337215++960 3337377
އީ-މެއިލް: [email protected]
-----------------------------------