ދިވެހިރާއްޖެ
މަރާމާތު ކުރުމަށް ގެނެސް ނުގެންގޮސް ހުރި ތަކެތި
ތިރީގައި މިވާ ލިސްޓަކީ އެސްޓީއޯ ސަރވިސް ސެންޓަރަށް ޖެނުއަރީ 2018 އިން މާރޗް 2019 ގެ ނިޔަލަށް ކަސްޓަމަރުން މަރާމާތު ކުރުމަށް ގެނެސް، އަނބުރާ ނުގެންގޮސް މިތަނުގައި ބެހެއްޓިފައިވާ ތަކެތީގެ ލިސްޓެވެ.
ވީމާ، މިލިސްޓުގައިވާ ތަކެތި އޭގެ ވެރިފަރާތުން 24 ޖޫން 2019 ވާ ހޯމަ ދުވަހުގެ ކުރިން އެސް.ޓީ.އޯ ސަރވިސް ސެންޓަރަށް ދުރުވެ ތަކެއްޗާ ޙަވާލުވެވަޑައިގަތުމަށް އެދެމެވެ. މިތާރީހުގެ ފަހުން ނުގެންދަވާ ހުންނަ ތަކެތި ހަމަޖެހިފައިވާ އުސޫލުގެ މަތިން ނައްތައިލެވޭނެ ވާހަކަ ހިތާމަޔާ އެކު ދެންނެވީމެވެ.
މިތަކެއްޗާއި ޙަވާލުވެލެއްވުމަށް ދުރުވާއިރު އެސްޓީއޯ ސަރވިސް ސެންޓަރއިން ދޫކޮށްފައިވާ ސަރވިސް ސާރވިސް މެމޯ / ސްލިޕްކޮޅު ގެންނެވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3012494 ނުވަތަ 3012495 އާ ގުޅުއްވުން އެދެމެވެ.
12 ޖޫން 2019