ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އަދި ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް އާ ގުޅިގެން ރެފްރިޖެރެންޓް ޑްރައިވިންގ ލައިސަންސްގެ ނަމުގައި ރެފްރިޖެރޭޝަން ސެޓިފިކޭޓް ޕްރޮގްރާމްއެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމްގެ މަޤްސަދަކީ ރެފްރިޖެރޭޝަން އަދި އެއަރ ކަންޑިޝަނިންގ ދާއިރާގައި މަސައްކަތްކުރާ ޓެކްނީޝަނުންނަކީ އެ ދާއިރާގައި ބޭނުންކުރާ އިކުއިޕްމަންޓް އަދި ގޭސް ގެންގުޅުމުގައި ބައިނަލްއަޤްވާމީ ފެންވަރުގައި ކަނޑައެޅިފައިވާ ސްޓޭންޑާޑްތަކުގެ ދަށުން ތަމްރީނު ލިބިފައިވާ ޓެކްނީޝަންތަކަކަށް ހެދުމެވެ.
މި ޕްރޮގްރާމް ހިންގުމަށް ޤަސްދުކުރެވިފައިވަނީ 2019 ވަނަ އަހަރުގެ ޖުލައި މަހުގެ ފުރަތަމަ ހަފްތާ ތެރޭގައި މާލޭގައެވެ. މި ޕްރޮގްރާމް ހިންގާނީ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމްގެ ޓެކްނިކަލް އެކްސްޕާޓްއިންނެވެ. ޕްރޮގްރާމްގައި ބައިވެރިވުމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި ޕްރޮގްރާމްގައި ރަޖިސްޓަރކުރުމަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއި އިތުރު މަޢުލޫމާތު ތިރީގައި އެވަނީއެވެ.
އިތުރުމައުލޫމާތު:
ފޯން: 3018369، 3018361
ފެކްސް: 3018301
އީމެއިލް: [email protected]
ކެންޑިޑޭޓުންގެ ޝަރުތު |
ނުވަތަ
|
އަދަދު |
8 ފުރުސަތު |
ހުށަހަޅަންޖެހޭ ތަކެތި |
|
ސުންގަޑި |
25 ޖޫން 2019 ވާ އަންގާރަ ދުވަހުގެ މެންދުރު 12:30 ގެ ކުރިން |
ލިޔެކިޔުންތައް ހުށަހަޅާނެ ގޮތް |
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ކައުންޓަރަށް، ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައި، " ރެފްރިޖެރެންޓް ޑަރައިވިންގ ލައިސަންސް ޕްރޮގްރާމްގައި ރަޖިސްޓަރވުމަށް އެދި" މިގޮތަށް ސިޓީއުރައިގެ ބޭރުގައި ލިޔެފައި އޮންނަންވާނެއެވެ. ނުވަތަ އީ-މެއިލް މެދުވެރިކޮށްނަމަ، އީ-މެއިލް ކުރާނީ[email protected] އަށެވެ. އީމެއިލްކުރައްވާނަމަ، އެއް އީމެއިލްއެއްގައި ހުރިހާ ޑޮކިއުމަންޓްތައް ޕީޑީއެފް ފޯމެޓްގައި އެޓޭޗްކޮށް ފޮނުއްވަންވާނެއެވެ. ރަޖިސްޓަރކުރުމަށް އެދި ހުށަހަޅަންޖެހޭ އެއްވެސް ލިޔެކިޔުމެއް މަދުވާނަމަ، އެފަދަ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ. |