ތިލަދުންމަތީ އުތުރުބުރީ ދިއްދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ޝަރުޢީ އަގުކޮމެޓީއެއް ޢައްޔަންކުރުން

ތިލަދުއްމަތީ އުތުރުބުރީ ދިއްދޫ މެޖިސްޓްރެޓް ކޯޓު

          ހއ.ދިއްދޫ،

          ދިވެހިރާއްޖެ.

                                                              ނަންބަރު: A-10-MC/2019/04

އިޢުލާން

ޝަރުޢީ އަގުކޮމެޓީއެއް ޢައްޔަންކުރުން

              މިކޯޓަށާއި މިއަތޮޅުގެ ކޯޓްތަކަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން އަގުކުރަންޖެހޭ ތަންތަނާއި ތަކެތި އަގުކުރުމަށްޓަކައި ޝަރުޢީ އަގުކޮމެޓީއެއް ޢައްޔަންކުރަން ބޭނުންވެއްޖެއެވެ.

ބޭނުންވާ އަދަދު: 05 (ފަހެއް) މެންބަރުން

އަގުކޮމެޓީ ދެމިއޮންނާނެ މުއްދަތު: 03 (ތިނެއް) އަހަރު

އުޖޫރަ: ޝަރުއީ އަގުކޮމެޓީގައި މަސައްކަތްކުރާ  ކޮންމެ މެމްބަރަކަށް  މަސައްކަތްކުރާ  ކޮންމެ  ދުވަހަކަށް -/300ރ (ތިންސަތޭކަ ރުފިޔާ)، އަދި ރަށުން ބޭރުގައި މަސައްކަތްކުރަން ޖެހިވަޑައިގެންފިނަމަ ދަތުރު ޚަރަދާއި، ފަރިއްކޮޅު އަދި ހުރުމުގެ ޚަރަދު ކޯޓުން ހަމަޖައްސައި ދެވޭނެ.

ޝަރުތު: އިމާރާތާއި، މުދަލާއި އަދި ތަކެތި އަގުމަގު ކުރަންއެނގުމާއިއެކު ރަނގަޅަށް ލިޔަންކިޔަށް އެނގޭ ރަށުގައި ޤާއިމްވެހުންނަ މީހެއްކަމުގައިވުން.

ޝަރުޢީ އަގުކޮމެޓީގެ މެމްބަރަކަށްވުމުގެ ފުރުސަތު ވަޒިފާތަކުގައި އުޅޭ ފަރާތްތަކަށްވެސް އޮތްވާހަކަ ދަންނަވަމެވެ.

            ވީމާ، މިކަމަށް އެދިލައްވާ ފަރާތްތަކުން މިކޯޓުން ދޫކުރާ "އަގު ކޮމެޓީގެ މެންބަރުކަމަށް އެދޭ ފޯމް" ފުރުއްވުމަށްފަހު، 19 ޖޫން 2019ވާ އަންގާރަދުވަހުގެ 12:00ގެ ކުރިން މިކޯޓަށް ހުށަހެޅުއްވުމަށް އަންގައި އިޢުލާންކުރަމެވެ.

            މި އިޢުލާނު ނެރުމާގުޅިގެން މިކޯޓްގެ ނަންބަރ A-10-MC/2019/03 އިޢުލާން ބާޠިލްވީއެވެ.

            10    ޖޫން   2019 

            

10 ޖޫން 2019
ހޯދާ