ނޫރާނީ ސްކޫލް، ސ. ހިތަދޫ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ދާއިމީ)

 

 

 

އިޢުލާނު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް:

J-276037

މަޤާމުގެ ނަންބަރު:

އެކެއް (01)

ބޭނުންވާ އަދަދު:

ދާއިމީ

މަޤާމުގެ ގިންތި:

ޖީ.އެސް 3

މަޤާމުގެ ރޭންކް:

އޮފިސަރ ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން:

ނޫރާނީ ސްކޫލް، ސ.ހިތަދޫ

އިދާރީ ސެކްޝަން

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ސެކްޝަން:

-/4465ރ

މުސާރަ:

-/1500ރ

ސަރވިސް އެލެވަންސް:

-/700ރ (ސަޕޯޓިންގ ކޯ އެލަވަންސް)

 

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

އެހެނިހެން އެލަވަންސް:

 

އިތުރު ޢިނާޔަތްތައް:

 

 

 

1) ސްކޫލަށް ދުވަހުން ދުވަހަށް ލިބޭ އެންމެހާ ލިޔެކިޔުންތައް އެންޓްރީ ކުރުމާއި އެންޓްރީ ޕްރިންސިޕަލްގެ ކޮޓަރިއަށް ވެއްދުން. ޖެހިގެން އަންނަ ދުވަހު އެންޓްރީ ޕްރިންސިޕަލް ސޮއިކޮށްފައިވާނަމަ ނެރެ ހަވާލުކުރަންޖެހޭ ސެކްޝަންތަކާއި ހަވާލުކުރުން. މިލިޔެކިޔުންތަކުގައި ދުވަހުން ދުވަހަށް ޖަވާބުދާރީވާންޖެހޭ މުހިއްމު ލިޔެކިޔުމެއްވާނަމަ ސްކޫލްގައި އެވަގުތު ހުންނެވި ވެރިޔަކާ މަޝްވަރާކޮށް އެއަށް އަޅަންޖެހޭ ފިޔަވަޅު އެޅުން.

2) ސްކޫލްގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔެ ، ކޮންމެ ހަފްތާއެއް ނިމުމުން އެހަފްތާއެއްގެ ޔައުމިއްޔާތައް ޕްރިންސިޕަލަށް ހުށަހަޅައި ސޮއިކުރުވައި ފައިލްކުރަމުން ގެންދިއުން.

3) ސްކޫލުގެވެރިން އަންގާގޮތުގެމަތިން ހަވާލުކުރެވޭ ގަޑިތަކުގައި އޮފީސް ހުޅުވައި ލެއްޕުން.

4) އިދާރީ އެންމެހާ ލިޔެކިޔުންތައް (ސިޓީ،މެސެޖް،ސަރކިއުލަރ،ނޯޓް) މައްސަލަ ނިމުމުން ފައިލްކޮށް ބެލެހެއްޓުން

5) މުއައްޒަފުންގެ ރިކޯޑްފައިލްތަށް ބެލެހެއްޓުން.

6) ސްކޫލްގެ ލިޔެކިޔުމާއި އެހެނިހެން ގޮތްގޮތުން ބޭނުންކުރަން ހޯދާތަކެތީގެ ސްޓޮކް ބެލެހެއްޓުން

7) ސްޓާފް ނޯޓިސްތައް ތައްޔާރުކުރުމާއި ނޯޓިސްތައް މުއައްޒަފުންނަށް ހުށަހަޅައި ސޮއިކުރުމާއި ނޯޓިސްތައް ފައިލްކޮށް ބެލެހެއްޓުން

8) ސްކޫލްގެ އިމާރާތާއި ގޯތިތެރެ އާއި ފަރުނީޗަރު ފަދަ ތަކެތީގެ ސާފުތާހިރުކަން ބެލެހެއްޓުމާއި އެތަކެތި ހަޑިވެފައިވާނަމަ ކަމާގުޅެ މުއައްޒަފުން ލައްވައި އެތަކެތި ސާފުކުރުވުން.

9) ސްކޫލުން ބާއްވާ ކުޅިވަރުތަކާއި ފާހަގަކުރާ ދުވަސްތަކާއި ބާއްވާ ޖަލްސާތަކާއި އެކިއެކި ކަންކަމާއި ގުޅިގެން ބާއްވާ އެކިއެކި ޙަރަކާތްތައް ފުރިހަމަކުރުމަށް އެހީތެރިވެ ދިނުން.

10) އެޑްމިނިސްޓްރޭޓިވް އޮފިސަރުންގެ ތެރެއިން ސަލާމުގައި ހުންނަ އެޑްމިނިސްޓްރޭޓިވް އޮފިސަރަކު އަދާ ކުރަންޖެހޭ މަސްއޫލިއްޠަތުގެ ތެރެއިން ހަވާލުކުރެވޭ މަސްއޫލިޔަތެއް އަދާ ކުރުން.

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެއިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރުސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑްލިބިފައިވުން.

 

މަޤާމުގެ ޝަރުޠުތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި ނޫރާނީ ސްކޫލް އޮފީހުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

ތަޢުލީމަށް ލިބުނު މާކްސްގެ އިންސައްތަ   %35

ތަމްރީނަށް ލިބުނު މާކްސްގެ އިންސައްތަ    %5

ސިވިލް ސަރވިސްއަށް ވަނުމަށް ދެވޭ އިމްތިޙާނަށް ލިބުނު މާކްސްގެ އިންސައްތަ  %5

ވަޒީފާއާގުޅޭ މަސައްކަތުގެ ތަޖުރިބާއަށް ލިބުނު މާކްސްގެ އިންސައްތަ     

މަސައްކަތުގެ ހުނަރާއި، ފެންވަރާއި ޤާބިލުކަމާއި ސިފަތައް ބެލުމަށް އިންޓަރވިއު ކޮށްގެން، މަސައްކަތުގެ ހުނަރަށް ލިބުނު އިންސައްތަ %45

މަތީގައިވާ 5 ބަޔަށް ލިބޭ މާކްސް އަށް ބަލައި މެރިޓް އުސޫލުން އެންމެ މަތީ މާކްސް ލިބޭ ފަރާތް.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 17 ޖޫން 2019 ވާ ހޯމަދުވަހުގެ މެންދުރު 13.00 ގެ ކުރިން، ނޫރާނީ ސްކޫލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލް އޮންނާނީ، 19 ޖޫން 2019 އާއި 24 ޖޫން 2019 އާ ދެމެދު، ނޫރާނީ ސްކޫލް ގައެވެ.

 

 

އިންޓަވިއު )ޕްރެކްޓިކަލް) އޮންނާނެ ތަނާއި، މުއްދަތު:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ޢަދަދު 10 އަށް ވުރެ ގިނަނަމަ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

ޝޯޓް ލިސްޓްކުރުން:

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6885917 އަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

 

 

 
 

 

 

 

09 ޖޫން 2019
ހޯދާ