އަލިފުށީ ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ ހޯދުމަށް

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު

J-128551

ބޭނުންވާ އަދަދު

01 

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ޖީ.އެސް 3

މަޤާމުގެ ކުލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ސެކްޝަން

އިދާރީ

މަޤާމު އޮތް އޮފީސް

އަލިފުށި ސްކޫލް

ވަޒީފާ އަދާ ކުރަންޖެހޭ ތަން

އަލިފުށި ސްކޫލް

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ސަޕޯޓިންގ ކޯ އެލެވެންސް

މަހަކު -/700

އިތުރު އިނާޔަތް ތައް

-           ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

-           ސިވިލް ސާރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތް.

-           ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

 

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބްތައް  

  1. ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގެ ފޯރމުތައް ފުރުމާއި މަޢުލޫމާތު ޝީޓްތައް ތައްޔާރުކުރުމާއި އެއާއިގުޅޭ އެންމެހާ މަސައްކަތް ކުރުން
  2. ސްކޫލުގެ އެންމެހާ ލިޔެކިޔުންތައް (ފައިސާއާއި ބެހޭ ލިޔުންތައް ފިޔަވައި) ފައިލްކޮށް ބެލެހެއްޓުން.
  3. ސްޓާފުންގެ ޖެނެރަލް މީޓިންގއާއި އެސް.އެމް.ޓީ ބައްދަލުވުމަށް ނޯޓިސްލިޔެ އެންގުމާއި (އެސް.އެމް.ޓީ. މީޓިންގ ޔައުމިއްޔާ ފިޔަވައި ) ޔައުމިއްޔާ ލިޔެ ބެލެހެއްޓުން. 
  4. އިދާރީ މުވައްޒަފުންގެ ބައްދަލުވުމުގެ ޔައުމިއްޔާ ނޯޓްކޮށް ލިޔެ ތައްޔާރުކުރުން.
  5. ދަސްވާރު ޕްރޮގުރާމާގުޅޭ އެންމެހާ މަސައްކަތްކުރުން
  6. ކޮންމެ ޓާރމެއް ނިމުމުން ޓެސްޓާއި ބެހޭ އެންމެހާ ލިޔުންތައް ސުޕަރވައިޒަރުންގެ ކިބައިން ހޯދާ ރައްކައުތެރިކަމާއެކު ފައިލްކޮށް ބެލެހެއްޓުން.
  7. ހެލްތް ސްކްރީނިންގެ މަސައްކަތް ކުރުން.
  8. އަހަރު ފެށުމުގެ ކުރިން ސްޓޫޑެންޓް ޕްރޮފައިލްތައް އަޕްޑޭޓް ކޮށް އަލަށް ވަންނަ ކުދިންނަށް އެތަކެތި ތައްޔާރުކުރުން.
  9. އޭލަވެލް އިމްތިޙާނުގެ ފޯމުތައް ޗެކްކުރުން
  10. އެޕިޕްގެ ޝީޓްގެ މަސައްކަތް ކުރުން.
  11. ދަރިވަރުންނަށް ދެވޭ ސެޓްފިކެޓްފަދަ ތަކެއްޗާއި ކިޔަވައިދިނުމާއިގުޅޭ ލިޔުންތައް ތައްޔާރުކުރުން.
  12. އަހަރު ނިމުމުން އެ އަހަރު ބޭނުންކުރި ކުލާސް ރަޖިސްޓްރީއާއި ރެކޯޑް ނަގައި ރައްކައުތެރިކަމާއެކު ފޮރުވުން.
  13. ކުލާސްފައިލަށް ބޭނުންވާ ފޯމުތައް ތައްޔާރުކޮށް ކުލާސްޓީޗަރުންނަށް ލިބެނޭ އިންތިޒާމް ހަމަޖެއްސުން
  14. އަހަރު ފެށޭއިރަށް ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ޙަވާލުކުރުމުގެ މަސައްކަތްކުރުން.
  15. ޖަލްސާ ތަކަށާއި އެކިއެކި މުނާސަބާތަކަށް ތައްޔާރުކުރުމުގެ މަސައްކަތް ކުރުން.
  16. ސިޓީ،މެސެޖު،އިޢުލާން ފަދަތަކެތި ލިޔެ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  17. ބެލެނިވެރިންގެ ބައްދަލުވުން ތަކަށާއި، ޖަލްސާތަކަށް ދަޢުވަތު ދިނުމުގެ އިންތިޒާމް ހަމަޖެހިފައިވާ އުސޫލުން ކުރިއަށް ގެންދިއުން.
  18. ސްކޫލަށް ދިމާވާ ބޮޑެތިކަންތަކުގައި އެހީތެރިވެދިނުން.
  19. ސްކޫލާއި ސްކޫލުން ބޭރުގައި ދަރިވަރުންގެ އަޚްލާޤާއި ސްލޫކު ރަނގަޅުކުރުމަށް ސަމާލުކަން ދެއްވުން.
  20. ދަރިވަރުންގެ ކިޔަވުމާއި އެހެނިހެން ޙަރަކާތްތަކުގެ ތެރެއިންވިއަސް ސްކޫލުގެ އެއްވެސް ސިއްރެއް ހާމަނުކުރުމަށާއި ސްކޫލުގެ ކަރާމާތް ރައްކައުތެރިކުރުމަށް މަސައްކަތް ކުރުން.
  21. މީގެ އިތުރުން ވަޒީފާގެ ޙައިޘިއްޔަތުން ޙަވާލުކުރެވޭ އެންމެހާ ޒިންމާތައް ފުރިހަމައަށް އަދާކުރުން.

މަޤާމުގެ ޝަރުޠުތައް

1-      'ސާނަވީ' ނުވަތަ އެއާއި އެއްފެނަވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކެންޑްރީ ސުކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސުކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

 

ދާއިރާ: އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ހިއުމަން ރިސޯސް މެނޭޖްމަންޓް

 

ހުށަހަޅަންޖެހޭ ލިޔުންތައް: 

1-  ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ( މި ފޯމް ސިވިލް ސާރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3-   ވަޒީފާ އަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި  

    ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4-  ސިވިލް ސަރވިސް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއްނެތް ކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސްފުރިހަމަ ކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

 (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ   ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިއުމުގެ ކޮޕީ.

6-   ވަޒީފާގެ މަސައްކަތުގެ ދައިރާއާގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

7-  ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ  ކޮޕީ.

8-   މަސައްކަތު ތަޖުރިބާގެ ލިއުންތަކުގެ ކޮޕީ.

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު
  • މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު
  • ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 ޖޫން 16 ވާ އާދިއްތަ ދުވަހުގެ (މެންދުރުފަހު 13:00 ) ގެ ކުރިން، (އަލިފުށީ    ސުކޫލް ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 

 އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަނަމަ އެބައިވެސް ހިމެނުން) އޮންނާނެތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 2019 ޖޫން 17 ން ޖޫން 23 އާއި ދެމެދު ގެ ތާރީޚެއްގައި އަލިފުށި ސުކޫލްގައެވެ.

ޝޯޓްލިސްޓް ކުރުން:

   މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

   މަޤާމަށް މީހުން ހޮވުމަށް ކަނޑައެޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ: %45

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580137 ނަންބަރު އަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

 

    

02 ޖޫން 2019
ހޯދާ