މުލަކަތޮޅު ވޭވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށް 2019 ވަނަ އަހަރު ދޫކުރި 21 ގޯތީގައިވާ ރުއްގަހުގައި ނަމްބަރު ޖެހުމާއިބެހޭ

ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް 2018 ވަނަ އަހަރު އިޢުލާން ކުރެވި ކުރިމަތިލީ ފަރާތްތަކުގެތެރެއިން 21 ފަރާތަކަށް 2019 ވަނަ އަހަރު ދޫކުރުމަށް ހަމަޖެހިފައިވާ 21 ގޯތީގައި ނަމްބަރު ނުޖަހާ / ނަމްބަރު ޖެހިކަމުގައި ވީނަމަވެސް ނަމްބަރު ފުހެވިފައިވާ ގިނަ ޢަދަދެއްގެ ރުއްގަސް ހުރުމާއިއެކު، އެރުއްގަހުގައި ނަމްބަރުޖެހުމަށް ބޭނުން ވެއެވެ.

ވީމާ މަތީގައި ދެންނެވިފައިވާ ފަދައިން ދޫކުރުމަށް ހަމަޖެހިފައިވާ 21 ގޯތީގައިވާ ރުއްގަހުގައި 17 ޖޫން 2019 ވަނަ ދުވަހުގެ 14:00 ގެ ކުރިން ނަމްބަރުޖަހައި ނިންމުމަށް އަންގަމެވެ. މިތާރީޚުގެފަހުން ނަމްބަރު ނުޖަހާ ނުވަތަ ނަމްބަރު ކިޔަންނޭނގޭވަރަށް ފަނޑުވެފައިވާ ރުއްގަސް އެއީ ރައްޔިތުންގެ މާލިއްޔަތުގެތެރޭގައި ހިމެނޭ މުދާގޮތުގައި ނިންމާ އެރުއްގަހަށް ޢަމަލުކުރުމަށް ހަމަޖައްސާފައިވާ ގޮތުގެ މަތީން ޢަމަލު ކުރަމުން ގެންދާނެކަމުގައި ދަންނަވަމެވެ. ދޫކުރުމަށް ހަމަޖެހިފައިވާ 21 ގޯތި އޮތްތަން ނޭނގޭ ފަރާތްތަކުން ވޭވަށު ކައުންސިލް އިދާރާއަށް ދުރުވުމުން އެފަރާތަކަށް، ދޫކުރުމަށް ހަމަޖެހިފައިވާ 21 ގޯތި އޮތްތަން ދައްކާނެކަމުގައި ދަންނަވަމެވެ.

ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

02 ޖޫން 2019
ހޯދާ