މަޤާމު
|
ޑިރެކްޓަރ، ޕަބްލިކް ހެލްތް ޕްރޮގްރާމް
|
މަޤާމުގެ ނަންބަރު
|
J-271496
|
ބޭނުންވާ އަދަދު
|
01 (އެކެއް)
|
މަޤާމުގެ ގިންތި
|
ދާއިމީ
|
މަޤާމުގެ ރޭންކް
|
އީ. އެކްސް. 1
|
މަޤާމުގެ ކްލެސިފިކޭޝަން
|
ޑިރެކްޓަރ
|
ޑިވިޝަން / ސެކްޝަން
|
އެން.ސީ.ޑީ، މެންޓަލް ހެލްތު އެންޑް އޯރަލް ހެލްތު
|
ވަޒީފާ އަދާކުރަންޖެހޭ ތަން
|
މިނިސްޓްރީ އޮފް ހެލްތު
|
މުސާރަ
|
-/8835 ރުފިޔާ
|
ސަރވިސް އެލަވަންސް
|
-/2500 ރުފިޔާ
|
އެހެނިހެން އެލަވަންސް
|
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް
- ޓެކްނިކަލް ކޯ އެލަވެންސް: މުސާރައިގެ %28
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
|
- މެންޓަލް ހެލްތު ސެކްޝަންގެ މަސައްކަތްތަކާއި ގުޅޭ ޤައުމީ ސިޔާސަތުތަކުގައި ހިމެނިފައިވާ ލަނޑުދަނޑިތައް ޙާޞިލްކުރުމުގެ ގޮތުން ޞިއްޙީ ދާއިރާއިން ކުރަންޖެހޭ ކަންކަމަށް ސްޓްރެޓެޖިކް ޕްލޭން ތަންފީޒީ ޕްލޭންތައް އެކުލަވާލުމަށް ލަފަޔާއި އިރުޝާދުދީ ތަންފީޒުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން.
- ހެލްތު ޕްރޮޓެކްޝަން އެޖެންސީ ހިންގުމަށްޓަކައި ޤާނޫނުގެ ދަށުން ކަނޑައަޅާފައިވާ މެންޓަލް ހެލްތު ޕްރޮގްރާމުން ކުރަންޖެހޭ މަސައްކަތްތައް އެޖެންސީގެ ޕޮލިސީއާއި ޕްރޮސީޖާސް އާއި އެއްގޮތަށް ރާވާ ހިންގުން.
- މެންޓަލް ހެލްތު ސެކްޝަންގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ މަސައްކަތްތައް ހަރުދަނާ ކުރުމަށާއި ދިވެހިރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަން ހޯދައި ދިނުމަށް އެޑްވޮކޭޓް ކުރުމާއި، އެހެނިހެން ޑިޕާރޓްމަންޓްތަކާއި އަދި ސަރުކާރުގެ އެހެން މުއައްސަސާތަކާއި. އަމިއްލަ ޖަމާޢަތްތަކާ ގުޅިގެން މަސައްކަތްކުރުން
- ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ އެހެން ޑިވިޜަން/ސެކްޝަން ތަކާއި ވިލަރެސްކޮށް މެންޑޭޓް ތަންފީޒްކުރުމުގައި މެންޓަލް ހެލްތު ސެކްޝަންގެ މުވައްޒަފުން ސުޕަވައިޒްކުރުމާއި ޕަރފޯމަންސް އެޕްރައިޒަލް ހެދުމުގެ މަސައްކަތް ހަމަޖެހިފައިވާ އުޞޫލުން ހިންގާ ބެލެހެއްޓުން.
- އޭޖެންސީގެ ރަސްމީ މަސައްކަތްތަކާއި ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.
- މެންޓަލް ހެލްތު ސެކްސެންގެ އެންމެހާ މަސައްކަތްތައް ހިންގާ ބެލެހެއްޓުމާއި މުވައްޒަފުންގެ މަސައްކަތްތައް މޮނިޓަރކޮށް ސްޕަރވައިޒްކުރުން.
- މެންޓަލް ހެލްތު ސެކްޝަނުގެ މަސައްކަތްތައް ރާވާ ހިންގުމާއި ސެކްޝަނުގެ ސްޓްރެޓެޖިކް ޕްލޭން ވިލަރެސްކޮށް މުވައްޒަފުންގެ މަސައްކަތްތައް މޮނިޓަރކޮށް ސްޕަރވައިޒްކުރުމާއި ދިމާވާ ދަތިތައް ޙައްލުކޮށް، އެހީތެރިކަން ފޯރުކޮށްދިނުން.
|
މަޤާމުގެ ޝަރުތުތައް
|
- މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތު
- މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
ތައުލީމީ ރޮނގުތައް
|
ކޮމިއުނިޓީ ހެލްތު، ކައުންސެލިންގ، ހެލްތު ސައިންސް، ޕްރައިމަރީ ހެލްތުކެއަރ، ސައިކޮލޮޖީ، ޕަބްލިކް ހެލްތު
|
ގުޅޭ ވަޒީފާގެ ދާއިރާ
|
މެންޓަލް ހެލްތު
|
މަޤާމު
|
ޕަބްލިކް ހެލްތް ޕްރޮގްރާމް މެނޭޖަރ
|
މަޤާމުގެ ނަންބަރު
|
J-271495
|
ބޭނުންވާ އަދަދު
|
01 (އެކެއް)
|
މަޤާމުގެ ގިންތި
|
ދާއިމީ
|
މަޤާމުގެ ރޭންކް
|
އެމް. އެސް. 3
|
މަޤާމުގެ ކްލެސިފިކޭޝަން
|
ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
ޑިވިޝަން / ސެކްޝަން
|
އެން.ސީ.ޑީ، މެންޓަލް ހެލްތު އެންޑް އޯރަލް ހެލްތު
|
ވަޒީފާ އަދާކުރަންޖެހޭ ތަން
|
މިނިސްޓްރީ އޮފް ހެލްތު
|
މުސާރަ
|
-/7035 ރުފިޔާ
|
ސަރވިސް އެލަވަންސް
|
-/2500 ރުފިޔާ
|
އެހެނިހެން އެލަވަންސް
|
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް
- ޓެކްނިކަލް ކޯ އެލަވެންސް: މުސާރައިގެ %28
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
|
- ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުމުގެ ގޮތުން ސުކޫލް ކުދިންނަށް، ޒުވާނުންނަށް، ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކާއި އަމިއްލަ ޖަމްޢިއްޔާތަކަށް އަދި އުމުރުން ދުވަސްވީ ބޭފުޅުންނަށް އެކި އެކި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުން.
- ނަފްސާނީ ދުޅަހެޔޮކަމާއި ގުޅޭގޮތުން މީސް މީޑިއާ އަދި ސޯސަލް މީޑިއާގައި އާންމު ހޭލުންތެރިކަން އިތުރުކުރުމަށް ކުރުމަށްޖެހޭ ޕޯސްޓްތައް ތައްޔާރު ކުރުމުގައި ކަމާބެހޭ ޓެކްޏިކަލް ބޭފުޅުންގެ ލަފަޔާ އިރުޝާދާ އެއްގޮތަށް ތައްޔާރު ކުރުން
- މެންޓަލް ހެލްތު ޕްރިވެންޝަން، ޕްރޮމޯޝަން ނެޓްވޯކެއް ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުން.
- މެންޓަލް ހެލްތުގެ އިންފޯބޭސްއެއް ޤާއިމުކޮށް އެއިން އެއްކުރެވޭ މަޢުލޫމާތު މޮނިޓަރކޮށް ބެލެހެއްޓުން.
- މެންޓަލް ހެލްތާއި ގުޅޭގޮތުން ކުރަންޖެހޭ ދިރާސާތަކަށް މަޢުލޫމާތު އެއްކުރުން.
- ޢާންމު ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށް ތަރައްޤީކުރުމަށްޓަކައި ޕްލޭން އެކުލަވާލާ މަސައްކަތްތައް ކުރިއަށްގެންދިއުން.
- ނަފްސާނީ ދުޅަހެޔޮކަމާއި ގުޅޭގޮތުން މީޑިއާ މެދުވެރިކޮށް މަޢުލޫމާތު ފޯރުކޮށްދިނުން.
- މީގެ އިތުރުންވެސް މަސައްކަތުގެ ދާއިރާއިން ސުޕަރވައިޒަރުން ހަވާލުކުރާ މަސައްކަތްތަކާއި އޮފީހުގައި ކުރަންޖެހޭ މުޙިއްމު މަސައްކަތްތަކުގައި އަމަލީ ގޮތުން ބައިވެރިވެ ހަރަކާތްތެރިވުން.
|
މަޤާމުގެ ޝަރުތުތައް
|
- މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތު
- މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުން.
|
ތައުލީމީ ރޮނގުތައް
|
ކޮމިއުނިޓީ ހެލްތު، ކައުންސެލިންގ، ހެލްތު ސައިންސް، ޕްރައިމަރީ ހެލްތުކެއަރ، ސައިކޮލޮޖީ، ޕަބްލިކް ހެލްތު
|
ގުޅޭ ވަޒީފާގެ ދާއިރާ
|
މެންޓަލް ހެލްތު
|
މަޤާމު
|
ޕަބްލިކް ހެލްތް ޕްރޮގްރާމް އޮފިސަރ
|
މަޤާމުގެ ނަންބަރު
|
J-271493 ، J-271494
|
ބޭނުންވާ އަދަދު
|
02 (ދޭއް)
|
މަޤާމުގެ ގިންތި
|
ދާއިމީ
|
މަޤާމުގެ ރޭންކް
|
އެމް. އެސް. 1
|
މަޤާމުގެ ކްލެސިފިކޭޝަން
|
ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
ޑިވިޝަން / ސެކްޝަން
|
އެން.ސީ.ޑީ، މެންޓަލް ހެލްތު އެންޑް އޯރަލް ހެލްތު
|
ވަޒީފާ އަދާކުރަންޖެހޭ ތަން
|
މިނިސްޓްރީ އޮފް ހެލްތު
|
މުސާރަ
|
-/5610 ރުފިޔާ
|
ސަރވިސް އެލަވަންސް
|
-/2500 ރުފިޔާ
|
އެހެނިހެން އެލަވަންސް
|
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް
- ސަޕޯޓިންގ ކޯ އެލަވެންސް: މަހަކު -/700 ރުފިޔާ
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
|
- ޑަބްލިއު.އެޗް.އޯ މެންޓަލް ހެލްތް ޕްރޮގްރާމްގެ ބައެނިއަމްގައި ހިމެނޭ ޙަރަކާތްތަކުގެ ލިއުންތައް ބަލަހައްޓާ ރިޕޯރޓް ޕްރޮޕޯސަލް ތައްޔާރުކުރުން. އަދި މިފަދަ ރިޕޯޓް ތައް ފައިލްކޮށް ބެލެހެއްޓުން
- ނަފްސާނީ ބަލިމީހުންގެ ދަފްތަރު ބެލެހެއްޓުން.
- އަތޮޅު ތަކުގައި ތިބި ނަފްސާނީ ބަލިމީހުންނަށް ބޭނުންވާ ބޭސް މެދުކެނޑުމެއްނެތި ފޯރުކޮށްދެމުންދާގޮތް ބަލާ މޮނިޓަރ ކުރުން.
- ތަފާތު އެކި އުމުރުތަކަށް ބޭނުންވާ ނަފްސާނީ ދުޅަހެޔޮކަމުގައި ތިބުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމަށް ބޭނުންވާ އައި.އީ.ސީ. މެޓީރިއަލްސް ތައްޔާރުކޮށް، ތަޢާރަފް ކުރުމާއި މައުލޫމާތު ފެތުރުމުގައި އެހީތެރިވުން.
- މީގެ އިތުރުންވެސް މަސައްކަތުގެ ދާއިރާއިން ސުޕަރވައިޒަރުން ހަވާލުކުރާ މަސައްކަތްތަކާއި އޮފީހުގައި ކުރަންޖެހޭ މުޙިއްމު މަސައްކަތްތަކުގައި އަމަލީ ގޮތުން ބައިވެރިވެ ހަރަކާތްތެރިވުން.
- އަތޮޅު ތެރޭގައި ދިރިއުޅޭ ނަފްސާނީ ބަލި މީހުންގެ ކޭސްތައް އައި.ޖީ،އެމް.އެޗް އަދި ރީޖަނަލް އެޓޯލް އެންޑް ހެލްތު ސާރވިސަސްއާއި ގުޅުވައި މޮނިޓަރ ކުރުން.
- ނޭޝަނަލް މެންޓަލް ހެލްތު ސެންޓަރާއި ރީޖަނަލް މެންޓަލް ހެލްތު ސަރވިސަސްއާއެކުގައި މަސައްކަތްކޮށް ރަށްރަށުގައި ތިބޭ މީހުންގެ ފަރުވާ ކަށަވަރުކުރުމާއި އެމީހުންގެ އިޖުތިމާއީ ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތްކުރުން
- މީގެ އިތުރުންވެސް މަސައްކަތުގެ ދާއިރާއިން ސުޕަރވައިޒަރުން ހަވާލުކުރާ މަސައްކަތްތަކާއި އޮފީހުގައި ކުރަންޖެހޭ މުޙިއްމު މަސައްކަތްތަކުގައި އަމަލީ ގޮތުން ބައިވެރިވެ ހަރަކާތްތެރިވުން.
|
މަޤާމުގެ ޝަރުތުތައް
|
- މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
|
ތައުލީމީ ރޮނގުތައް
|
ކޮމިއުނިޓީ ހެލްތު، ކައުންސެލިންގ، ހެލްތު ސައިންސް، ޕްރައިމަރީ ހެލްތުކެއަރ، ސައިކޮލޮޖީ، ޕަބްލިކް ހެލްތު
|
ގުޅޭ ވަޒީފާގެ ދާއިރާ
|
މެންޓަލް ހެލްތު
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ www.health.gov.mv ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
މި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 18 ޖޫން 2019 ވަނަ ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް ހެލްތު ކައުންޓަރ އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
އިންޓަރވިއު، ޕްރެކްޓިކަލް އޮންނާނެ ތަނާއި، މުއްދަތު
|
މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އަދި ޕްރެކްޓިކަލް އޮންނާނީ، 2019 ވަނަ އަހަރުގެ ޖޫން ނުވަތަ ޖުލައި މަހު މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
|
ޝޯޓް ލިސްޓް ކުރުން
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތްތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިތުރު މަޢުލޫމާތު
|
މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ 3014325 ނަންބަރު ފޯނަށެވެ.
|