މަގާމް:
|
މެޑިކަލް އޮފިސަރ
|
މަޤާމުގެ ނަންބަރު:
|
J-269389, J-289246, J-266078, J-285567
|
ބޭނުންވާ އަދަދު:
|
04 (ހަތަރެއް)
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކް:
|
CS12- 1
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ޖެނެރަލިސްޓް މެޑިކަލް ޕްރެކްޓިޝަނަރސް
|
ވަޒީފާ އަދާކުރަންޖެހޭ ތަން
|
މިއެޖެންސީއާއި މިއެޖެންސީގެ ދަށުން ހިނގަމުންދާ ސެންޓަރުތަކުގައި (އެޓޭޗް ކުރެވިފައިވާ ލިސްޓް ގައިވާ މަރުކަޒުތަކުގެ ތެރެއިން އެދިލައްވާ ތަނަކަށް)
|
މުސާރަ
|
މަހަކު -/15,090ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/8250ރުފިޔާ (ރަށެއްގައި މަސައްކަތްކުރައްވާނަމަ) މަހަކު -/6150ރުފިޔާ (މާލޭގައި މަސައްކަތްކުރައްވާނަމަ)
|
އެހެނިހެން އެލަވެންސް
|
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- އެން.ޑީ.އޭގެ ދަށުން ކ.ހިންމަފުށީގައި ހިނގަމުންދާ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުގެ ކްލައިންޓުންނަށް ބޭނުންވާ ފަރުވާ ދިނުމުގެ އެންމެހައި މަސައްކަތްކުރުން.
- ކްލައިންޓުންނަށް ދެވޭ ފަރުވާއާއި ގުޅޭގޮތުން ދޭންޖެހޭ ކައުންސެލިންގ ދިނުމުގެ މަސައްކަތްކުރުން.
- ކްލައިންޓުންނަށް ދެވޭ ފަރުވާ (ސިއްހީ ފަރުވާއާއި ނަރުހުންގެ ފަރުވާ) އަކީ އެންމެ އެކަށީގެންވާ މިންގަނޑެއްގައި ދެވޭ ފަރުވާތަކެއްތޯއާއި ފަރުވާގެ ނިޒާމު ރަނގަޅަށް ދެމެހެއްޓުމަށް މަސައްކަތްކުރުން.
- ފަރުވާ ދެވޭ ކްލައިންޓުންގެ ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބެލުމާއި ކްލައިންޓުންގެ ޑާޓާ ތައްޔާރުކޮށް ބެލެހެއްޓުން.
- ރިހެބިލިޓޭޝަނާއި ފަރުވާގެ ޕްރޮގްރާމްތައް ހިންގުމުގައި އެންމެހައި މަސައްކަތްތައް ހިނގާ ނުހިނގާގޮތް ކޯރޑިނޭޓްކުރުމުގެ މަސައްކަތްކުރުން.
- ޒުވާނުންނާއި މުޖުތަމަޢު، މަސްތުވާތަކެއްޗަށް ފަރުވާ ހޯދަމުންދާ ކްލައިންޓުން، ސްކޫލް ޓީޗަރުން، ދަރިވަރުން، ސަރުކާރުގެ އޮފީސްތައް އަދި އެން.ޖީ.އޯސްތަކަށް މަސްތުވާތަކެއްޗަށް ހޭލުންތެރިކުރުވުމުގެ ގޮތުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުން.
- ޑްރަގް އެޑިއުކޭޝަން، ސުއިސައިޑް ޕްރިވެންޝަން، ސައިކޭޓްރިކް ފަރުވާއާއިބެހޭގޮތުން ކަމާގުޅޭ އިދާރާތަކަށް ވޯކް ޝޮޕް ހިންގުން.
- ޑްރަގް އެޑިއުކޭޝަން ސެމިނަރސްތަކާއި ކްލާސްތައް، ހެލްތު އެޑިއުކޭޝަންސ ސެޝަންތައް ކައުންސެލަރުންނާއި ކްލައިންޓުންނަށް ނަގާދިނުމުގެ އެންމެހައި މަސައްކަތްކުރުން.
|
|
މަޤާމުގެ ޝަރުތުތައް:
|
މޯލްޑިވްސް މެޑިކަލް ކައުންސިލް ގަބޫލުކުރާ ބޭސިކް މެޑިކަލް ޑިގްރީއެއް ހާސިލްކޮށްފައި ވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލް ގަބޫލުކުރާ ޓީޗިންގ ހޮސްޕިޓަލެއްގައި 1 އަހަރުދުވަހުގެ އިންޓަރންޝިޕް ފުރިހަމަކޮށްފައި ވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ރަޖިސްޓްރީކޮށް ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިފައިވުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- މޯލްޑިވްސް މެޑިކަލް ކައުންސިލްގެ ރެޖިސްޓްރޭޝަން (މުއްދަތު ހަމަނުވާ)
- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލުކޮށް ކޯސް ފުރިހަމަ ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ.
(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއު ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
7. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓުތަކުގެ ކޮޕީ.
8. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ އެ ސެޓްފިކެޓްގެ ކޮޕީ
9. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން:
1. ލިބިފައިވާ ތަޢުލީމު.
2. މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީން.
3. މަގާމުގެ މަސައްކަތުގެ ދާއިރާއ ގުޅޭ ތަޖުރިބާ.
4. އިންޓަވިއުގެ މާކްސް.
5. ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 11 ޖޫން 2019 ވާ އަންގާރަދުވަހުގެ 13:00ގެ ކުރިން، ނޭޝަނަލް ޑްރަގް އޭޖެންސީގެ ހެޑް އޮފީސް (ގ. ގްރީންގެ، ކ. މާލެ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]މެދުވެރިކޮށްވެސް އަދި ފެކްސް 3328184 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު
|
މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2019 ޖޫން 12 އާއި 2019 ޖޫން 16އާ ދެމެދު ނޭޝަނަލް ޑްރަގް އޭޖެންސީ، ކ. މާލެ ގައެވެ.
|
ޝޯޓް ލިސްޓްކުރުން
|
މި ވަޒީފާއަށް އެދި ހުށަހަޅާ، ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3343061 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3328184 އެވެ.
އީ-މެއިލް ކުރާނީ [email protected] އަށެވެ.
|