ދިވެހިރާއްޖެ
އައްޑޫ ސިޓީ، ފުވައްމުލައް އަދި ހުވަދު އަތޮޅުގެ ރަށްރަށް ހިމެނޭ ގޮތަށް ސަރަޙައްދީ "ސްމޯލް ސްކޭލް ވޭސްޓް ޓު އެނަރޖީ ސިސްޓަމް" ޤާއިމުކުރުމުގެ މަޝްރޫޢު
ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު
އެސިސްޓެންޓް ޕްރޮޖެކްޓް ކޯޑިނޭޓަރ
އަބޫޛަބީ ފަންޑު ފޯ ޑިވެލޮޕްމަންޓ (އޭ.އެފް.ޑީ) ގެ ލޯން އެހީ އާއި ދިވެހި ސަރުކާރުން ޚަރަދުކޮށްގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް (އެމް.އީ.އީ)އިން އައްޑޫ ސިޓީގައި "ސްމޯލް ސްކޭލް ވޭސްޓް ޓު އެނަރޖީ ސިސްޓަމް" ޤާއިމުކުރުމުގެ މަޝްރޫޢެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. މިމަޝްރޫޢުގެ ދަށުން ވޭސްޓް ޓު އެނަރޖީ ސިސްޓަމް ގާއިމުކުރުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީގައި ކަމަށްވިއަސް މިމަޝްރޫޢަކީ އައްޑޫ ސިޓީ އާއި ފުވައްމުލައް، ހުވަދު އަތޮޅު ދެކުނުބުރި އަދި އެއަތޮޅު އުތުރުބުރި ހިމެނޭ ގޮތަށް ސަރަހައްދީ ފެންވަރުގައި ކުރިއަށް ގެންދިއުމަށް އެކުލަވާލާފައިވާ މަޝްރޫޢެކެވެ. އެހެންކަމުން "ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް" ޕީ.އައި.ޔޫގެ ދަށުން މަޝްރޫޢުގެ މަސައްކަތްތައް ކޯޑިނޭޓްކޮށް މެނޭޖްކުރުމުގައި އެހީތެރިވެދިނުމަށް 1 (އެކެއް) އެސިސްޓެންޓް ޕްރޮޖެކްޓް ކޯޑިނޭޓަރެއް ހޯދުމަށް ބޭނުންވެއެވެ.
އެސިސްޓެންޓް ޕްރޮޖެކްޓް ކޯޑިނޭޓަރުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޕްރޮޖެކްޓްގެ އެކިއެކި މަސައްކަތްތައް ޕްރޮޖެކްޓް ޑޮކިއުމަންޓް އަދި އިރުޝާދުތަކާ އެއްގޮތްވާގޮތުގެ މަތިން ރާވައި، މެނޭޖްކުރުމާއި އަދި ޕްރޮޖެކްޓް ކޯޑިނޭޓަރަށް އައްޑޫ ސިޓީގައި އަދި ހުވަދު އަތޮޅުގައި ޕްރޮޖެކްޓްގެ ޢަމަލީ ސިފަ ގެނައުމުގައި އެހީތެރިވުމާއި ކަނޑައެޅިފައިވާ ތާވަލާއި އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިޔުން ހިމެނެއެވެ. މިމަޤާމަށް ހޮވޭ ފަރާތް މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މި މިނިސްޓްރީގައެވެ.
އެސިސްޓެންޓް ޕްރޮޖެކްޓް ކޯޑިނޭޓަރުގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުޠުތަކުގެ ތެރޭގައި:
- މެނޭޖްމަންޓް / ފައިނޭންސް ނުވަތަ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދު ހާޞިލް ކޮށްފައިވުމާއެކު، ޢަމަލީ ތަޖުރިބާ ލިބިފައިވުން.
މި މަގާމަށް މީހަކު ނެގުމުގައި އިސްކަންދެވޭނެ ކަންތައް:
ހ) ކުނި މެނޭޖުކުރުމުގެ ދާއިރާއިން މަޝްރޫޢުތައް ހިންގުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
ށ) ދިވެހި އަދި އިނގިރޭސި ބަހުން ރިޕޯޓް ތައްޔާރު ކުރުމާއި މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވުން.
ނ) ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ގަވާއިދުތަކަށް އަހުލުވެރި ވެފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
ރ) ހަވާލުކުރެވޭ މަސައްކަތް ތަރުތީބުކަމާއެކު ފުރިހަމަ ކުރުމުގެ ޤާބިލުކަން ލިބިފައިވުމާއެކު، ދިމާވާ މައްސަލަތައް ޙައްލުކުރުމަށް މުޢާމަލާތްކުރުމުގެ
ހުނަރުލިބިފައިވުމާއި، މައްސަލަތައް ޙައްލުކުރުމުގެ ޤާބިލުކަން ލިބިފައިވުން އަދި ތަފާތު ހުނަރުތައް އެކުލެވޭ ޓީމެއްގައި މަސައްކަތް ކުރުމުގެ ޤާބިލުކަން
ލިބިފައިވުން.
ބ) ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކަށް ވުމާއެކު، ޕްރޮޖެކްޓްގެ ބޭނުމަށް ރަށްރަށަށް ދަތުރުކުރެވޭނެ މީހަކަށް ވުން.
ޅ) މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ ނަޒާހަތްތެރި އަދި އެހެނިހެން ފަރާތްތަކުގެ ނުފޫޒުން އެއްކިބާވެފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ.
އުޖޫރަ:
މި މަޤާމުގެ މުސާރައަކީ މަހަކު -/17,550ރ އާއި -/20,160ރ ދެމެދުގެ މުސާރައެކެވެ.
މަސައްކަތުގެ މުއްދަތު:
- މި މަސައްކަތުގެ މުއްދަތަކީ 24 (ސައްވީސް) މަސްދުވަހެވެ. އަދި މުއްދަތު އިތުރުކުރަން ޖެހިއްޖެ ހިނދެއްގައި މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރެވިދާނެއެވެ.
ހުށަހަޅައްޖެހޭ ލިޔުންތައް:
- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް)
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު، ވަނަވަރުގައި ކުރީގެ ތަޖުރިބާ ރަނގަޅަށް އެނގޭނެހެން ތަފްޞީލްކޮށް ލިޔެފައި ހުންނަންވާނެއެވެ.
- ކުރީގައި ވަޒީފާ އަދާކޮށްފައިވާ ގޮތާއި ބެހޭގޮތުން ވަޒީފާ އަދާކޮށްފައިވާ ތަންތަނުން ދީފައިވާ ލިއުންތައް.
- ވަޒީފާއަށް އެދި ހުށަހަޅާފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ލިބިފައިވާ ތަޢުލީމީ އަދި ޕްރޮފެޝަނަލް ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި. ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ އެޓެސްޓް ކޮށްފައި ހުންނަންޖެހޭނީ ސެޓްފިކެޓްގެ އެކްރެޑިޓް ކޮށްފައިވާ އަސްލުގެ ކޮޕީ އެއްގައެވެ.
- ސިވިލް ސަރވިސްގައި މަސައްކަތް ކުރާމުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އެ އިދާރާއަކުން އިޢުތިރާޒު ނުކުރާކަމުގެ ލިޔުން އެޕްލިކޭޝަން އާއި އެކު ހުށަހަޅަންވާނެއެވެ.
ސުންގަޑި:
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2019 ޖޫން 13 ވަނަ ދުވަހުގެ 12:00 ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުއްވުން އެދެމެވެ.
އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުވަންޖެހޭ އެޑްރެސް:
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް،
ހަނދުވަރީ ހިނގުން،މާފަންނު، މާލެ، 20392، ދިވެހިރާއްޖެ
ފޯނު ނަންބަރު: 3018329