އަރިއަތޮޅު އުތުރުބުރީ ރަސްދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އއ.އުކުޅަހު މެޖިސްޓްރޭޓް ކޯޓް ޝަރީޢަތުގެ މަޖްލިހުގެ ސްޓޭޖްގެ ފަހަތުގައި ބެކްޕެނަލް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

 

 

                                     

                                                                             ނަންބަރު: U-4-MC/2019/04

                                               

އިޢުލާން

 

މިކޯޓްގެ ޝަރީޢަތުގެ  މަޖްލިހުގެ ސްޓޭޖްގެ ފަހަތުގައި ބެކްޕެނަލް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުން ވެއްޖެ.

 

            މި ކޯޓްގެ ޝަރީޢަތުގެ މަޖިލީހުގެ ބެކްޕެނަލް ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް އެދޭ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވައިލަމެވެ.

                 މިހެންވެ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރި ވެލައްވާ ފަރާތްތަކުން 03 ޖޫން 2019 ވާ އަންގާރަ ދުވަހުގެ 11:00 އަށް އއ.އުކުޅަހު މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، އަންދާސީ ހިސާބުތައް ހުށަހެޅުއްވުމަށްޓަކައ، 23 ޖޫން 2019 ވާ އަންގާރަ ދުވަހުގެ 11:00އަށް އަންދާސީ ހިސާބު ހިއްޕަވައިގެން އއ.އުކުޅަހު މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން ދެއްވުން އެދެމެވެ.

                މި މަސައްކަތަށް ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ކެނޑުން އިސްވެ ދެންނެވި ގަޑީގައި އއ.އުކުޅަހު މެޖިސްޓްރޭޓް ކޯޓްގައި އޮންނާނެއެވެ. އަދި އަންދާސީ ހިސާބު ކެނޑުމުގެ ބައްދަލުވުމަށް ޙާޟިރުވެވަޑައި ނުގަނެވިއްޖެ ނަމަ ސިޓީއަކާއެކު ބަދަލުގައި އެހެން ބޭފުޅަކުވެސް ފޮނުއްވިދާނެއެވެ.

                މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުވެ ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެއެވެ. މީގެ އިތުރުން އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ފަންނީ ގޮތުންނާއި، މާލީގޮތުން މިބާވަތުގެ މަސައްކަތްތައް ކުރެއްވުމުގެ  ޤާބިލުކަން ހުރި މިންވަރު އަންގައިދޭ ލިޔުން ހުރިނަމަ އެލިޔުންތައް ހުށަހެޅުމަކީ މަސައްކަތް ޙަވާލުކުރުމުގައި އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތަށް ލިބިގެންދާނެ އިތުރުބާރެއްކަމުގައި ދެންނެވީމެވެ.

                ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

 

    I 231440

      28  މެއި   2019

 

 

 

 

                                                      އަޙްމަދު މުޢާވިޔަތު ޤާސިމް

                                               އއ.އުކުޅަހު މެޖިސްޓްރޭޓް ކޯޓް އިސް މެޖިސްޓްރޭޓް                     

 

28 މޭ 2019
ހޯދާ