ދިވެހިރާއްޖެ
ވޭވަށު ކައުންސިލް އިދާރާގެ އެއަރކޯންތައް މަރާމާތު ކުރުމާއި ހަރުކުރުން
ވޭވަށު ކައުންސިލް އިދާރާގަ ބަހައްޓާފައިވާ އެއަރކޯންތައް މަރާމާތު ކުރުމާއި، އެއް އެއަރކޯން ބަދަލުކޮށް ހަރުކުރުމަށް ބޭނުންވެއެވެ.
ވުމާއިއެކު ދެންނެވިގޮތަށް ވޭވަށު ކައުންސިލް އިދާރާއިން އަންގާގޮތެއްގެމަތީން އެއަރކޯންގެ މަސައްކަތް ކުރުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާގޮތުގެމަތީން ވޭވަށު ކައުންސިލް އިދާރާގެ ޖަލްސާކުރާމާލަމަށް ހާޒިރުވެދެއްވާ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ތަފްޞީލް |
ތާރީޚު |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކްރުމާއި ލިޔެކިޔުން ހަވާލުކުރުން |
30 މެއި 2019 |
ބުރާސްފަތި |
11:30 |
އަންދާސީ ހިސާބު ބަލައިގަތުން |
03 ޖޫން 2019 |
ހޯމަ |
11:30 |
އަންދާސީ ހިސާބު ހުށަހަޅާ ފޯމާއި ހަވާލުވެލެއްވުމަށާއި، މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވަވާނަމަ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންފުޅުވާ ފަރާތުގެ ސިޓީއެއް ބަދަލުގައި ހާޒިރުވެލައްވާ ފަރާތުން ހުށަހަޅުއްވަން ވާނެއެވެ. މިސިޓީގައި ބަދަލުގައި ހާޒިރުވެލައްވާ ފަރާތުގެނަމާއި އެޑްރެސް އަދި އައިޑީކާޑު ނަމްބަރު އެނގެން އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ކޮންމެ ބޭފުޅެއްގެވެސް އައިޑީކާޑުގެ އަސްލު ހިއްޕަވައިގެން ވަޑައިގަތުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރައްވަން ހާޒިރުވެލައްވާ ފަރާތްތަކަށް އެކަނި ކަމުގައި މަޢުލޫމާތަށްޓަކާ ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހު، ސިޓީއުރައިގެ ބޭރުގައި އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުގެ ނަމާއި "އެއަރކޯން މަރާމާތު ކުރުމަށްއެދި" ލިޔެފަ އޮންނަންވާނެއެވެ. އަދި މިފަދައިން ޢަމަލުނުކުރާ ފަރާތްތަކުގެ އަންދާސީ ހިސާބު ބާތިލްކުރުމުގެ އިހުތިޔާރު މިއިދާރާއަށް ލިބިފައިވާކަމުގައި މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.
27 މެއި 2019