މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
އެކައުންޓްސް އޮފިސަރ

ތިރީގައި  މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

އެކައުންޓްސް އޮފިސަރ  

މަގާމުގެ ނަންބަރު:

J233564

ބޭނުންވާ އަދަދު:

1

މަގާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް. އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާވް އޮފީސް

މުސާރަ:

-/5610 ރުފިޔާ

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:

1963/50 ރުފިޔާ

ސަޕޯޓިންގް ކޯ އެލަވަންސް

700 ރުފިޔާ

މަގާމުގެ ޝަރުތު

  1. އެކައުންޓިންގ ނުވަތަ  ފައިނޭންސް  މަސައްކަތާ ގުޅޭ  ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން

 

  

މަގާމުގެ މައިގަޑު މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:

  1. އޮފީހުގެ ބަޖެޓަށް ލިބޭފައިސާއި، އެހެނިހެން ފައިސާގެ އެންމެހައި މުޢާމަލާތްތައް، ދައުލަތުގެމާލިއްޔަތުގެ ޤާނޫނާއި،ޤަވާޢިދުގައިވާގޮތުގެމަތިން ޒިންމާދާރު ކަމާއެކުހިންގާ ބެލެހެއްޓުން    

  2. އޮފީހުގެ ތިޖޫރި ބެލެހެއްޓުމާއި، ތިޖޫރީގައި ހުންނަ ފައިސާގެ ހިސާބު ލިޔެ ބެލެހެއްޓުމާއި، އޮފީހަށް ލިބޭ ފައިސާ ދުވަހުން ދުވަހަށް ބޭންކު އެކައުންޓަށް ޖަމާކޮށް އެއާގުޅިގެން ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ތައްޔާރުކުރުމާއި ބޭރުގެ އެހީލިބިގެން ޚަރަދުކުރާ އެކައުންޓްދަކުގެ ޙަރަދު ރިޕޯޓް ހެދުމުގެ މަސައްކަތްތައްކުރުން.   
  3. އޮފީހުގެ ކޮންމެ މީލާދީ އަހަރަކަށް ތައްޔާރުކުރަންޖެހޭ ލަފާކުރާ ބަޖެޓް ސެކްޝަންތަކުގެ މަޝްވަރާއާއިއެކު ތައްޔާރުކޮށް، ހަމަޖެހިފައިވާ މުއްދަތުގައި މިނިސްޓްރީއޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ފޮނުވުން.   
  4. އޮފީހަށް ބޭނުންވާ މުދަލާއި، ޚިދުމަތްތައް ހޯދުމަށް ކުރަންޖެހޭ އެންމަހާ ކަންކަން ކުރުމާއި ، ބަޖެޓް އައިޓަމުތަކުން ޚަރަދުކޮށްގެން ހޯދަންޖެހޭ ތަކެތި (ލިޔެކިޔުމާއި،ފޮޅާސާފްކުރުމާ،އެހެނިހެންގޮތްގޮތުން ހޯދާތަކެތި) ހޯދުމާއި، އެތަކެތި ސްޓޮކަށް ޖަމާކޮށް ސްޓޮކް ބެލެހެއްޓުން.   
  5. އޮފީހުން ކުރަންޖެހޭ އެންމެހާ ޚަރަދުތައް މާލިއްޔަތާއި ބެހޭ ޤަވާއިދާއި އެއްގޮތަށް ޚަރަދުކޮށް ބެލެހެއްޓުމާއި އެކަމާބެހޭ އެންމެހާ ލިޔުންތައް ޤަވާއިދުން ފައިލްކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުން.    
  6. ކޮންމެމަހަކުމުވައްޒަފުންގެ މުސާރަ އާއި އުޖޫރަ ދިނުމާއިބެހޭ އެންމެހައި ކަންތައްތައް (މުވައްޒަފުންގެ ޙާޟިރީ ރިޕޯޓް އިތުގަޑިގެ ރިޕޯޓްފަދަ މުހިއްމު ލިޔުންތައް ބަލާ ، ޗެކް ކުރުމާއިއެކު ކަމާއިބެހޭ ޤާނޫނާއި ޤަވާޢިދު ތަކާއި ، އުޞޫލުތަކާއި އެއްގޮތަށް) ހަދައި މިނިސްޓްރީއަށް ފޮނުވުން  
  7. އޮފީހުގެ އިންވެންޓްރީގައިވާ (ހަރުމުދަލާއިބެހޭ) ހުރިހާތަކެއްޗެއް ދައުލަތު ގެމާލިއްޔަތު ޤާނޫނާއި، ޤަވާޢިދުގައިވާ ގޮތުގެމަތިން ބެލެހެއްޓުމާއި އިންވެންޓްރީ އަޕްޑޭޓް ކޮށް ބެލެހެއްޓުން.  
  8. މަހުންމަހަށް މިނިސްޓްރީއަށާއި، ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކަށް ފޮނުވަންޖެހޭފައިސާގެ އެންމެހައި ރިޕޯޓްތައް ކަޑައެޅިފައިވާ މުއްދަތުގެތެރޭގައި ފޮނުވުމަށް ބާރު އަޅާ އެމަސައްކަތް ކުރިޔަށް ގެންދިޔުން.  
  9. އައުޓް ސްޓޭންޑިންގ ސްޓޭޓްމަންޓް ތަކުގެ ބިލްތަކަށް ފައިސާ ދެއްކިފައިވޭތޯ ޗެކްކުރުން.  
  10. ކައުންސިލްގެއިދާރާގެ ހުރިހާ މުވައްޒަފުން ޝާމިލުވެގެން ކުރަންޖެހޭ ކަންތައްތަކާއި، އަދި ދިމާވާ މުހިންމު / ޚާޢްޞަ ޙާލަތްތަކުގައި ކަންތަކުގައި ޙަވާލުކުރެވޭމަސައްކަތްތައް ކުރުން.

 

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

 

  1. ފައިނޭންސް އެންޑް އެކައުންޓިންގ މަސައްކަތާގުޅޭ ދާއިރާގައި ތަޖުރިބާ ލިބިފައިވުން.
  2. ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާ ބެހޭ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ) މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ. )
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް )
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ 
    (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. 
    (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒުކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.  
  6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓުތަކުގެ ކޮޕީ.
  7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.
  8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ. 
    (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުއްޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 
    (ށ) އަމިއްލަ ކުންފުއްޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

 

 

 

މަގާމަށް އެދެންވީގޮތާއި ސުންގަޑި:  

މަޤާމަށް އެދި ހުށަހަޅަށްޖެހޭ ތަކެތި ހުށަހަޅާނީ 19 ޖޫން 2019 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން  މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާރވް އޮފީސް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]  މެދުވެރިކޮށްވެސް ބަލައި ގަނެވޭނެވެ.  އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަން ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު ( އިމްޠިޙާނާއި ޕްރެޒެންޓޭޝަން ) އޮންނާނެ ތަނާއި މުއްތަދު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއުއާއި އިމްތިޙާން ކުރުން 20 ޖޫން 2019 އާއި 04  ޖުލައި 2019 އާ ދޭތެރޭގެ ތާރީޚެއްގައި މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާރވް  އޮފީހުގައި އޮންނާނެއެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ (10 ) ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް މި މިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.

                    23 ރަމަޝާން  1440  

                     28 މޭ      2019       

28 މޭ 2019
ހޯދާ