ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހޯރަފުށީ ދެކުނު ފުޓްބޯޅަ ދަނޑުގައި ޓާފް އަޅައިދިނުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމާއިގުޅޭ

އިޢުލާން

ހޯރަފުށީ ދެކުނު ފުޓްބޯޅަ ދަނޑުގައި ޓާފް އަޅައިދިނުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމާއިގުޅޭ

                  ހއ. ހޯރަފުށީގެ ދެކުނު ފުޓްބޯޅަ ދަނޑުގައި އަމިއްލަ ތަކެތީގައި ޓާފް އަޅައިދިނުމުގެ މަސައްކަތްކުރާނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ. އެހެންކަމުން އެ މަސައްކަތްކޮށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިވާ ގޮތުގެމަތިން ރަށުކައުންސިލްގެ އިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

03 ޖޫން 2019

ހޯމަ

11:00

ޕްރޮޕޯޒަލް ހުށަހެޅުމަށް ހަމަޖެހިފައިވާ ސުންގަޑި

13 ޖޫން 2019

ބުރާސްފަތި

11:00

                މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންފުޅުވާ ފަރާތުގެ ސިޓީއެއް ބަދަލުގައި ޙާޟިރުވެލައްވާ ފަރާތުން ހުށަހަޅުއްވަން ޖެހޭނެއެވެ. މި ސިޓީގައި ބަދަލުގައި ޙާޟިރުވެލައްވާ މީހާގެ ނަމާއި، އެޑްރެސް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ލިޔުއްވާފައި އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ޙާޟިރުވެލައްވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ.

                މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                23 ރަމަޟާން 1440

28 މޭ 2019
ހޯދާ