މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
އެސިސްޓެންޓް އެކައުންޓްސް އޮފިސަރ (1 އަހަރު ދުވަހުގެ މުއްދަތަށް)

އެސިސްޓެންޓް އެކައުންޓްސް އޮފިސަރ (1 އަހަރު ދުވަހުގެ މުއްދަތަށް)

ނަންބަރ: (IUL)13-HR/13/2019/153   

ތާރީޚް : 28  މޭ 2019

އޮފީސް / ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފިނޭންސް،

ކ. މާލެ

ބޭނުންވާ ޢަދަދު:

 

 

01 (އެކެއް)

މުސާރަ

މަހަކު 4,700/- ރުފިޔާ  އަދި ސަރވިސް އެލަވަންސްގެ ގޮތުގައި 2,629/-  ރުފިޔާ އެވެ.

މަޤާމުގެ ޝަރުތު:

  1. 'ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރު 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު ފައިނޭންސް ނުވަތަ އެކައުންޓިންގ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

ނުވަތަ،

  1. 'މަތީ ސާނަވީ' ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ،

ފައިނޭންސް ނުވަތަ އެކައުންޓިންގ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން

މަސްއޫލިއްޔަތު:

 

- ކޮންމެ ދުވަހަކު ލިބޭ ފައިސާ އާއި ޑޮލަރު ބަލައިގަތުން ( ބިޑް ޑޮކިޔުމަންޓް ފައިސާ، ކުންފުނި ތަކުގެ ފައިސާ، ސަރުކާރުން ދޫކޮށްފައިވާ ލޯނުތަކުގެ ފައިސާ، އޮޑިޓް ރިޕޯޓާއި ގުޅިގެން ދައްކާ ފައިސާ)

- ކޮންމެ ދުވަހަކު ދުވަހުފޮތް ލިޔެ ބަލަހައްޓާ ފައިލްކުރުން

- ލިބޭ ފައިސާ ޤަވާއިދުން ޖަމާކުރުމަށްޓަކައި ފޯމުތައް ތައްޔާރު ކުރުން

- ސެކްޝަންތަކަށް ފައިސާ ހޯދަން ލިޔަންޖެހޭ މެމޯ / ސިޓީ ލިޔުން

- ސެކްޝަނަށް ދުވަހުން ދުވަހަށް ލިބޭ ހުރިހާ ލިޔެކިޔުންތައް އެންޓްރީ ކުރުން

-ޕެޓީ ކޭޝްގެ ގޮތުގައި ދޫކުރަންޖެހޭ ފައިސާ ފޮތުގައިލިޔެ ދޫކޮށް ޕެޓީކޭޝް ފޮތް ބާކީކޮށް ބެލެހެއްޓުން

- ސެކްޝަނުގެ ދުވަހުގެ ޔައުމިއްޔާ ލިޔުން

 

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

- މަގާމުގެ މަސައްކަތާއި ގުޅުންހުރި ދާއިރާއެއްގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ

- ޝައުގުވެރިކަން ހުރި މިންވަރު

- ގިނަ ވަގުތު މަސައްކަތުގައި އުޅޭވޭ ފަރާތްތައް

- ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު

ހުށަހަޅަންޖެހޭ ލިޔުންތައް:

- ފުރިހަމަކުރެވިފައިވާ އެޕްލިކޭޝަން ފޯމް (މި ފޯމް މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ).

- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓް) އަދި ޓްރާންސްކްރިޕްޓް. ސެޓިފިކެޓް ލިބިފައިނުވާނަމަ މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ދޫކުރާ ލިޔުން.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- ވަނަވަރު / އައި.ޑީ ކާޑުގެ ކޮޕީ /ސްކޫލް ލީވިންގ ސެޓްފިކެޓް

ސުންގަޑި:

10 ޖޫން 2019 ވާ (ހޯމަ) ދުވަހުގެ 12:30 ގެ ނިޔަލަށް

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ މި މިނިސްޓްރީގެ ކޯލްސެންޓަރ 1617 އަށެވެ.  އީ-މެއިލް ކުރާނީ ([email protected]) އަށެވެ. މި މަޤާމަށް އިންޓަވިއު ކުރެވޭނީ މަޤާމުގެ ޝަރުތު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ މަތީ 10 ފަރާތަކާއެވެ. އަދި ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް އެކަން އެންގޭނެއެވެ. އަދި އިޢުލާންގެ މުއްދަތު ހަމަވާތާ 2 ހަފްތާގެ ތެރޭގައި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު މި މިނިސްޓްރީގައި އޮންނާނެއެވެ.

28 މޭ 2019
ހޯދާ