ށ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު ( މަސައްކަތު )

ށ.އަތޮޅު ތަޢުލީމީ މަރުކަޒު

ށ.ކޮމަންޑޫ، ދިވެހިރާއްޖެ

                                                           ނަންބަރު: GS09/2019/19

އިޢުލާން                                          

 

މަޤާމް:                   މަސައްކަތު

 

މަޤާމުގެ ނަންބަރ:            J-129822

 

ބޭނުންވާ އަދަދު:              01                        

 

މަޤާމުގެ ގިންތި:              ދާއިމީ

 

މަޤާމުގެ ރޭންކް:              އެސް.އެސް 1     

 

މަޤާމުގެ ކްލެސިފިކޭޝަން:        ސަޕޯޓްސް ސްޓާފް ގްރޭޑް 1 

 

ވަޒީފާ އަދާކުރަން ޖެހޭ ތަން:      ށ.އަތޮޅު ތައުލީމީ މަރުކަޒު/ށ.ކޮމަންޑޫ  

 

މުސާރަ:                   -/3100 ރުފިޔާ

 

ސަރވިސް އެލެވަންސް:         -/1000 ރުފިޔާ

 

ސަޕޯރޓިންގ ކޯ އެލެވަންސް 2 :    -/1200 ރުފިޔާ

 

އިތުރު ޢިނާޔާތްތައް:

 

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:   

 

  1. ސްކޫލުން ހަވާލުކުރާ ތަންތަން ކުނިކަހާ، ފޮޅާސާފުކޮށް ބެލެހެއްޓުން
  2. ސްކޫލްގެ އެންމެހާ އިމްތިޙާނުތަކަށް ބޭނުންވާގޮތަށް ގޮނޑި، މޭޒު އުފުލައި އެތުރުން.
  3. އެކިއެކި އޮފީސްތަކަށާއި ކްލާސްތަކަށް ގެންދަންޖެހޭ ތަކެތި ވަގުތުން ގެންގޮސް ހަވާލުކުރަންޖެހޭ ފަރާތްތަކާ ހަވާލުކުރުން.
  4. ސްކޫލުގައި ބާއްވާ އެކިއެކި ރަސްމިއްޔާތުތަކަށް ތަންތަން ތައްޔާރުކުރުން.
  5. ސްކޫލުން ހަމަޖައްސާ ޑިއުުޓީތަކަށް ނުކުމެ އެޑިއުޓީއެއްގައި ކުރަން ހަވާލުކުރާ މަސައްކަތް ކުރުން.      

 

މަޤާމުގެ ޝަރުތުތައް:       ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1-      ފުރިހަމަކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމް ( މިފޯމް ސިވިލްސާރވިސް ކޮމިސަންގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.

 

2-      ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް )

 

3-      ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

 

4-      ސިވިލްސާވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް ،  ވަޒީފާއަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

 

5-      ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

 

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވަލް ކަޑައަޅައިފައިވާ ، ރާއްޖޭންބޭރުގެ މަތީތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކުރިޕްޓްގެ ކޮޕީ:

ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭސަރޓިފިކެޓް ވަކިފެންފަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސްގެ އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

 

(ށ) މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީސެޓްފިކެޓް ތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ:

 

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާއިގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

 

7. ސިވިލްސާވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓްލިބިފައިވާނަމަ ، އެސެޓްފިކެޓްގެ ކޮޕީ.

 

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

 

(ހ) ދަޢުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާއަދާކޮށްފާވާނަމަ ، އަދާކޮށްފާވައިވާ ވަޒީފާ ، އަދި ވަޒީފާގެ މުއްދަތާއި، ފަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

(ށ.) އަމިއްލަކުންފުންޔެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ ، ވަޒީފާ އަދާކުރި މުއްދަތާއި ، ވަޒީފާގެ މަސްއޫލިއްޔަތު

އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން: ނުވަތަ ވަޒީފާއަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކްފޯމް.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

  1. ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު
  2. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު
  3. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމުގެ މިންވަރު 

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

 

ވަޒީފާއަށް އެދޭ ފޯމް މިމަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށަހަޅާނީ 11 ޖޫން 2019 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ،

ށ. އަތޮޅު ތަޢުލީމީ މަރުކަޒަށެވެ. ވަޒީފާއަށް އެދޭފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. މިމަރުކަޒުގެ އީމެއިލް އެޑްރެހަކީ [email protected] އެވެ.

ފޯން ނަންބަރ އަކީ 6540062 އެވެ. އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލްކުރެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި, މުއްދަތު:

 

 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 13 ޖޫން 2019 އާއި 16 ޖޫން 2019 އާ ދެމެދު، ށ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

 

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށްއެދި ހުށައަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސްލިބޭ  ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

އިތުރުމަޢުލޫމާތު ހޯދުން:  

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6540062 ނަންބަރ ފޯނާއެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.

 

28 މޭ 2019
ހޯދާ