މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

                                                    ނަންބަރ: MTCC  -HRAD/IU/2019/82   

އިޢުލާން

މުވައްޒަފުން ބޭނުންވެއްޖެ:

                މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.

ޓްރާސްޕޯޓް ސާވިސަސް ޑިޕާރޓްމަންޓް

މަޤާމް:

މެނޭޖަރ (ޔުނިޓް)

ބޭނުންވާ އަދަދު:           

01

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)

މުސާރަ:        

  • 14,480/-ރ (މަހަކު)

އެހެނިހެން އެލަވަންސް/އިނާޔަތް : 

  • ހަމަޖެހިފައިވާ އުޞޫލުގެ މަތީން އިތުރުގަޑީގެ ފައިސާ / ރިޓަޔަރމަންޓް ޕެންޝަން ސްކީމް އަދި ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.

ވަޒިފާ އަދާކުރަންޖެހޭ ތަން:

  • އެމްޓީސީސީ ޓްރާންސްޕޯޓް ސަާވިސަސް ޑިޕާރޓްމަންޓް

ޝަރުޠު                 

  • ބިޒްނަސް މެނޭޖްމަންޓް ނުވަތަ މި މަޤާމުގެ މަސްޢޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން ޑިގްރީއެއް ހާސިލްކޮށްފައިވުން
  • މަދުވެގެން 03 އަހަރުގެ މެނޭޖްމަންޓް ދާއިރާގެ މަސައްކަތްކުރުމުގެ ތަޖުރިބާ ހާސިލްކޮށްފައިވުން.
  • ބިޒްނަސް މެނޭޖްމަންޓް ގެ އުސޫލުތައް އެނގުމާއި އެކު ލީޑަރޝިޕް ހުނަރާއި މީހުންނާއި ތަކެތި ބޭނުންކޮށްގެން ކޯރޑިނޭޓް ކުރުމުގެ ހުނަރު ލިބިފައިވުން.
  • އިގިރޭސީ އަދި ދިވެހި ބަހުން ފުރިހަމައަށް މުއާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.
  • މަލްޓި ޓާސްކިންގ ކުރުމުގެ ހުނަރު އަދި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.  

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

  • ޑިޕާރޓްމަންޓްގެ ލަޑުދަޑިތައް ހާސިލްކުރުމަށް ބޭނުންވާ ބިޒްނަސް ސްޓްރެޓެޖީސް ތަރައްޤީކޮށް ފުޅާކޮށް ކުރިއަށް ގެންދިޔުން؛ ޔުނިޓުގެ އެންމެހާ އިދާރީ މަސައްކަތް ރާވައި ހިންގުމާއި ބެލެހެއްޓުން. އަދި ފެރީގެ ނިޒާމް އެންމެ އެކަށޭނެކޮށް ކުރިޔަށް ގެންދިޔުމަށް މަސައްކަތްކޮށް ރާވާ ހިންގާ ބެލެލެއްޓުން.

 

ވީމާ, މިމަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 02 ޖޫން 2019 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެމް.ޓީ.ސީ.ސީ ހެޑް އޮފީހަށް "ޖޮބް އެޕްލިކޭޝަން ފޯރމް" ފުރިހަމަކުރެއްވުމަށްފަހު، ފޯރމާއިއެކު ލިބިވަޑައިގެންފައިވާ ތަޢުލީމީ ސަނަދުތަކުގެ އަސްލާއި އެއްގޮތް ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ޕާސްޕޯރޓް ސައިޒްގެ ފޮޓޯއެއް ހުށައެޅުއްވުން އެދެމެވެ. މިތަކެތި އީމެއިލް އިންވެސް ޤަބޫލު ކުރެވޭނެއެވެ. މި ފޯރމް ކުންފުނީގެ ހިއުމަން ރިސޯރސަސް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާރޓްމަންޓުން ލިބެން ހުންނާނެއެވެ. އަދި ކުންފުނީގެ ވެބްސައިޓްއިން މި ފޯރމް ޑައުންލޯޑް ކުރެވޭނެއެވެ.

ވެބްސައިޓް:  http://mtcc.com.mv/job-opening

ފޯން: 3001100/ 3001149 / 3001139 

އީމެއިލް: [email protected]         

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޟިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.)
  • މި މަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ.
  • އިންޓަވިއު އަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  •  އަދި މައުލޫމާތު ފުރިހަމަ ނުވާ ފޯމުތައް ބަލައި ނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.
  •  ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރިކޯޑަށް ބަލާނެއެވެ.

27 މެއި 2019

27 މޭ 2019
ހޯދާ