ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަރުމުދާ ގަތުމާ ބެހޭ

ހަރުމުދާ ގަތުމާ ބެހޭ

                   މި އިދާރާއަށް ބޭނުންވާ ބައެއް ހަރުމުދާ ގަންނަންބޭނުންވެއެވެ.

                   ވީމާ، މި ތަކެތި ސަޕްލައި ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 09 ޖޫން 2019 ވާ އާދީއްތަ ދުވަހު  10:30 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 16 ޖޫން 2019 ވާ އާދީއްތަ ދުވަހުގެ 10:30 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިކަމަށް އެދި ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވެރިފަރާތުގެ ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވާމީހާގެ އައިޑީ.ކާޑުގެ އަސްލާއެކު ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ޙާޟިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 6820007 ނަންބަރު ފޯނަށެވެ.

                    މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާންކުރީމެވެ.

26 މޭ 2019
ހޯދާ