ދިވެހިރާއްޖެ
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި މިކުންފުނިން ދޫކުރާ އިމާރާތުގައި ސްޓާފް މިނީ މާރޓް އެއް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީއިން ހުޅުވާލަމެވެ.
-
ސްޓާފް މިނީ މާރޓް ހިންގުމަށް ދޫކުރެވޭ ތަން
ސްޓާފް މިނީ މާރޓް ހިންގުމަށް ދޫކުރެވޭ ތަނަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ހުޅަނގުފަރާތުގައި މިކުންފުނީގެ އިދާރީ ޑިޕާޓްމަންޓްތައްހުރި އިމާރާތުގެ ފުރަތަމަ ފަންގިފިލާގައި ހުރި ގާތްގަނޑަކަށް 40 އަކަ މީޓަރުގެ ޖާގައެވެ.
-
ބީލަމުގައި ބައިވެރިވެވޭނެ އަދި މަސައްކަތް ހަވާލު ކުރެވޭނެ ފަރާތްތައް
ބީލަން ހުށަހެޅުމަށް ފުރުސަތު ދެވޭނީ ދިވެހި ރާއްޖޭގެ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓަރީ ކުރެވިފައިވާ 0 ދިވެހިން ހިއްސާވާ ލިމިޓެޑް ލަޔަބިލިޓީ ކުންފުނި, އެސް.އެމް.އީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ.
-
ބީލަން ފޮތް ލިބޭނެ ގޮތް
ބީލަމުގައި ބައިވެރިވެލައްވަން ބޭނުންވާ ފަރާތްތަކުން އެކަމަށް ޝައުގުވެރިކަން ފާޅުކޮށް އެމް.އޭ.ސީ.އެލް ގެ ކޮމަރޝަލް ޑިޕާރޓްމަންޓް އަށް ކުންފުނީގެ ރަޖިސްޓްރީ ކޮޕީ އާއިއެކު އީމެއިލް ([email protected] އަށް) ނުވަތަ ސިޓީ ފޮނުއްވުން އެދެމެވެ. މިކަމަށް އެދި ހުށަހަޅާ ފަރާތްތަކަށް މިކުންފުނިން ސީރިއަލް ނަންބަރު ދީފައިވާ ބީލަން ފޮތެއް ހަވާލުކުރެވޭނެއެވެ. ބީލަންފޮތް ހަވާލުކުރެވޭނީ 26 މެއި 2019 ން 02 ޖޫން 2019 ގެ ނިޔަލަށް، ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 09:30 އިން 12:30 އާއި ދެމެދެވެ.
-
ޕްރީބިޑް ބައްދަލުވުން (މަޢުލޫމާތު ދިނުމުގެ ބައްދަލުވުން)
މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ދިނުމަށް 02 ޖޫން 2019 ވަނަ ދުވަހުގެ 11:00 ގައި ޕްރީބިޑް މީޓިންގ އެއް މި ކުންފުނީގެ ކޮމަރޝަލް ބިލްޑިންގްގެ ދެވަނަ ފަންގިފިލާގެ މީޓިންގ ރޫމްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ބީލަންފޮތް ދޫކުރެވިފައިވާ ފަރާތްތަކުން މި ބައްދަލުވުމުގައި ބައިވެރިވުމަކީ އެދެވިގެންވާކަމެކެވެ.
-
ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން
ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ 19 ޖޫން 2019 ވަނަ ދުވަހުގެ 11:00 ގައެވެ. އަދި ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 19 ޖޫން 2019 ވަނަ ދުވަހުގެ 11:15 ގައި، ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކުގެ ހާޟިރުގައެވެ.
-
އިތުރު މައުލޫމާތު ހޯއްދެވުމަށް:
ކޮމަރޝަލް ޑިޕާޓްމަންޓް
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ހުޅުލެ 22000
ދިވެހިރާއްޖެ
ފޯން: 960 3325511, +960 3337215++960 3337377
އީ-މެއިލް: [email protected]
-----------------------------------